Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު "އަވަސް އެޕް" ލޯންޗްކުރުން

"އަވަސް އެޕް" ލޯންޗްކުރުން ހުކުރު ދުވަހުގެ ރޭ - "ހަވާ އެރުވުން އޮންނާނެ، ޕީއެސް ފައިވް އެއް ހޯދުމުގެ ފުރުސަތު އެބައޮތް"

އަވަސް ރައިޑްގެ ހިދުމަތް ފެށީ 2019 ގައި މާލެ ސިޓީގައި، އޭގެ ފަހުން އެ ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި މިހާރު އެ ޚިދުމަތް ދަނީ ދެމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ޖެނުއަރީ 2025 | ހުކުރު 14:16
އަވަސްގެ ފަރާތުން ބޭއްވި ކުޑަކުދިންގެ ހަވީރު

އަވަސްގެ ފަރާތުން ބޭއްވި ކުޑަކުދިންގެ ހަވީރު

ރާއްޖޭގެ އެންމެ ކާމިޔާބުކަމާއި އެކު ޓެކްސީގެ ޚިދުމަތް ދެމުން އަންނަ އަވަސްގެ ފަރާތުން، "އަވަސް އެޕް" ލޯންޗްކުރުން ކުލަ ގަދަ ހަރަކާތްތަކާއި، ހަވާ އެރުވުމާއި އެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އަވަސްގެ ފަރާތުން ބުނެފިއެވެ.

ހުކުރު ދުވަހު ހަވީރު އަވަސްގެ ފަރާތުން ވަނީ ޚާއްސަ ހަވީރެއް ބާއްވާފައެވެ. ކުޑަކުދިންނަށް ކަމުދާ ގިނަ ހަރަކާތްތަކާއި އެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރޮބޯމެންގެ ނެށުމާއި، ހަރަކާތްތައް ވަނީ ދައްކާލާފައެވެ.

އަވަސްގެ ފަރާތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން، އަވަސް ރައިޑްގެ ސީއޯއޯގެ މާތިއު ނަޖީބު ވިދާޅުވީ ހުކުރު ދުވަހު އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތުގެ ތެރެއިން ހުކުރު ދުވަހު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރަށް ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ އަވަސް އެޕް ލޯންޗުކުރުމުގެ ހަރަކާތުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އަވަސް ރައިޑްގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ އިތުރު ބައެއް ޚާއްސަ ކަންކަން ހުކުރު ދުވަހުގެ ރޭ އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ހަރަކާތުގެ ތެރެއިން އިނާމްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އާއްމުންނަށް ޝައުގުވެރިކަންތައްތަކެއް އެ ހަރަކާތުގެ ތެރޭގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ އަވަސް އެޕް ޑައުންލޯޑްކުރުމަށް ފަހު އެ ހަރަކާތް ކުރިއަށްދާ ސަރަހައްދުގައި ހުރި ކިއުއާރް ކޯޑް ސްލޭންކޮށްލައިގެން ޕީއެސްފައިވް އެއް ހޯދުމުގެ ފުރުސަތު އަވަސްގެ ފަރާތުން ވަނީ ހުޅުވާލާފައެވެ.

އަވަސް އެޕް ހުކުރު ދުވަހު ރަސްމީކޮށް ލޯންޗު ކުރުމުގެ ހަރަކާތް ކުރިއަށް ދާނީ ރޭގަނޑު 8:00ން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތްތައް އިންތިޒާމްކުރި ތިންކްގެ އެޖެންސީ ޑައިރެކްޓަރ އިސްމާއިލް މާއިޒް މުހައްމަދު ވެސް ވަނީ މި ހަރަކާތުގެ ޚާއްސަކަމަށް އަލިއަޅުވާލައްވާފައެވެ. އަވަސް ރައިޑް އާއި ތިންކް އާއި ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމާއި ކުޑަކުދިންގެ ޚާއްސަ ގޭމްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ފޮތް ކިޔާދިނުމުގެ ހަރަކާތްތައް ފެނިގެން ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަވަސް ރައިޑްގެ ހިދުމަތް ފެށީ 2019 ގައި މާލެ ސިޓީގައެވެ. އޭގެ ފަހުން އެ ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި މިހާރު އެ ޚިދުމަތް ދަނީ ދެމުންނެވެ.

އިތުރަށް ކިޔާލަން

23 މެއި 2018

އިސްލާމިކް ބޭންކުގެ އެޕް، "ފައިސާ މޮބައިލު"ން ޒަކާތް ދައްކާލެވޭ

23 މެއި 2018
އިސްލާމިކް ބޭންކުގެ އެޕް، "ފައިސާ މޮބައިލު"ން ޒަކާތް ދައްކާލެވޭ
08 މެއި 2018

މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި

08 މެއި 2018
މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި
06 އެޕްރީލު 2018

މެރީބްރައުންގެ އެޕްރިސިއޭޝަން ޑޭ ފާހަގަކޮށްފި

06 އެޕްރީލު 2018
މެރީބްރައުންގެ އެޕްރިސިއޭޝަން ޑޭ ފާހަގަކޮށްފި
06 އެޕްރީލު 2018

ލެކިއުޓުން ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފި

06 އެޕްރީލު 2018
ލެކިއުޓުން ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފި
29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
13 ޖެނުއަރީ 2018

އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2018
އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2018

އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ހުކުރު ދުވަހު ހިދުމަތް ދޭން ފަށަނީ

11 ޖެނުއަރީ 2018
އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ހުކުރު ދުވަހު ހިދުމަތް ދޭން ފަށަނީ
15 އޯގަސްޓު 2017

ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި

15 އޯގަސްޓު 2017
ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި
16 ޖޫން 2017

ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް

16 ޖޫން 2017
ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް
09 އެޕްރީލު 2017

ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

09 އެޕްރީލު 2017
ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު