Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫތީންގެ ހަމަލާ

ހޫތީން ހަމަލާދިން ތެޔޮ ޓޭންކަރުން ތެޔޮ ލީކު ވުމުން ސަލާމަތްވެއްޖެ

10 ޖެނުއަރީ 2025 | ހުކުރު 11:18

މި އުޅަނދު ކަފުޖަހައިގެން ގެންދިއުމަށާއި، އަލިފާން ނިއްވުމަށާއި، އަދި ބާކީ ހުރި ތެޔޮ ބޭލުމަށް އެތައް މަސްތަކެއް ހޭދަވެފައިވެއެވެ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 11:18
2024 ސެޕްޓެމްބަރު 14 - ގްރީކް ދިދައިގެ ދަށުން ދަތުރުކުރި ސައުނިއަން ޓޭންކަރަށް ހޫތީން ހަމަލާ ދީފައި

2024 ސެޕްޓެމްބަރު 14 - ގްރީކް ދިދައިގެ ދަށުން ދަތުރުކުރި ސައުނިއަން ޓޭންކަރަށް ހޫތީން ހަމަލާ ދީފައި

ރަތް ކަނޑުގައި ހަފުތާތަކެއް ވަންދެން އަނދަމުން ދިޔަ އަދި ތެޔޮ ލީކުވުމުގެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ތެޔޮ ޓޭންކަރެއް "ކާމިޔާބުކަމާއެކު" ސަލާމަތްކުރެވިއްޖެ ކަމަށް ސެކިއުރިޓީ ކުންފުންޏަކުން ހުކުރު ދުވަހު ބުނެފިއެވެ.

ސައުނިއަން ނަމަކަށް ކިޔާ މި އުޅަނދު ސަލާމަތް ކުރި އިރު އެއުޅަނދުގެ ސަބަބުން ނުރައްކާތެރި ހާދިސާ އެއް ހިނގާފާނެ ކަމަށް އޮތީ ބެލެވިފައެވެ. މި އުޅަނދުގައި އެއް މިލިއަން ފީފާ ތެޔޮ ހުރިއިރު، ޔަމަނުގެ ހޫތީން ދުރުން ހަމަލާ ދިނުމަށްފަހު ބޯޓަށް އަރާ ގޮވާތަކެތި ބޭނުންކޮށްގެން ބޯޓު ވަނީ ގޮއްވާލާފައެވެ.

Advertisement - worldAdvertisement

މި އުޅަނދު ކަފުޖަހައިގެން ގެންދިއުމަށާއި، އަލިފާން ނިއްވުމަށާއި، އަދި ބާކީ ހުރި ތެޔޮ ބޭލުމަށް އެތައް މަސްތަކެއް ހޭދަވެފައިވެއެވެ.

ކުދި ހަތިޔާރުތަކާއި، ޕްރޮޖެކްޓައިލްތަކާއި، އަދި ޑްރޯން ބޯޓެއް ބޭނުންކޮށްގެން ހޫތީން ގްރީކް ދިދަ ނަގާފައިވާ ސައުނިއަން ޓޭންކަރަށް ފުރަތަމަ ހަމަލާދިނީ އޯގަސްޓް 21 ވަނަ ދުވަހުއެވެ.

އޮޕަރޭޝަން އެސްޕީޑެސް ނަމުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފްރާންސްގެ ޑިސްޓްރޯޔަރަކުން، އުޅަނދު ދޫކޮށްލުމަށްފަހު އޭގައި ތިބި ފިލިޕީންސް އަދި ރަޝިޔާގެ 25 ފަޅުވެރިންނާއި އަދި 4 ސެކިއުރިޓީ މުވައްޒަފުން ސަލާމަތްކޮށް، ކައިރީގައިވާ ޖިބޫތީ އަށް ވަނީ ގެންގޮސްފައެވެ.

ހޫތީން ފަހުން ދައްކާލި މަންޒަރުތަކުގައި، އެމީހުން ސައުނިއަން އަށް އަރާ ގޮވާތަކެތި ބޭނުން ކޮށްގެން ބޯޓުގެ ތަންތަން ގޮއްވާލާފައި ވެއެވެ.

އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާ ގައި ފެށި ހަނގުރާމައާ ގުޅިގެން، ހޫތީން 100 އަށްވުރެ ގިނަ ވިޔަފާރި އުޅަނދަށް މިސައިލްތަކާއި ޑްރޯންތަކުން ހަމަލާދީފައިވެއެވެ. އެމީހުން އެއް އުޅަނދު ހިފައި، ދެ އުޅަނދު ފައްތާލާފައިވެއެވެ. ހޫތީންގެ ހަމަލާތަކުގައި ބޯޓުދަތުރުކުރާ 4 މީހުން މަރުވެފައިވެއެވެ.                 

ހޫތީން ބުނާ ގޮތުގައި އެމީހުން އަމާޒުކުރަނީ އިސްރާއީލާއި، އެމެރިކާ އާއި އިނގިރޭސިވިލާތާ ގުޅުން ހުރި އުޅަނދުތަކަށެވެ. އޭގެ މަގްސަދަކީ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް މަޖުބޫރުކުރުވުމަށް ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
30 މެއި 2017

މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި

30 މެއި 2017
މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް