Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ކަލަންޑަރ

އުރީދޫ ކަލަންޑަރު 2025: އޭ.އައި މެދުވެރިކޮށް ފޫޅުދިގު ހަންޑި އާ މިހާރު ޗެޓުކޮށްލެވޭނެ

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ.

އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޖެނުއަރީ 2025 | ހުކުރު 11:38
އުރީދޫ ކަލަންޑަރު ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ ކަލަންޑަރު ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ މޯލްޑިވްސް އިން 2025ގެ ކަލަންޑަރ އިފްތިތާހުކޮށްފިއެވެ.

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓަރތަށް ޓެކްނޮލޮޖީގެ ޒަރީއާއިން އާއްމުންނާއި ހަމައަށް ގެނެސްދޭ މި ކަލަންޑަރުން އިފްތިތާހު ކޮށްދެއްވީ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ހަފްލާގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ.  މިއީ ރާއްޖޭގެ ފުރަތަމަ އެން.އެފް.ސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ. މިއީ ހަމައެކްނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށާއި، މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށް އުރީދޫއިން ބުނެއެވެ.

އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2025 ރަމްޒުކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ. ފޯކްލޯރގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓައެކްޓިވިޓީއާއި އެއްކޮށްލައިގެން، މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެ ކަން މިއަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރު ވެގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި  ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.

އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫއާއި ގުޅިވަޑައިގެން، ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އުރީދޫއިން ވަނީ ދައުވަތު އަރުވާފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު