Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުމްރާވެރިން

މައްކާގައި ތާށިވި އުމްރާވެރިން ހޮނިހިރު ދުވަހު މާލެ ގެންނަނީ

10 ޖެނުއަރީ 2025 | ހުކުރު 03:34

އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިން އަދި އޭގެ ތެރޭގައި، 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ހިމެނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 10 ޖެނުއަރީ 2025 | ހުކުރު 03:34
ހޫނުމިން 49 ޑިގުރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައި ވަނިކޮށް މައްކާ އަށް ވާރޭ ވެހި މާހައުލަށް ފިނިކަން (ފައިލް)

ހޫނުމިން 49 ޑިގުރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައި ވަނިކޮށް މައްކާ އަށް ވާރޭ ވެހި މާހައުލަށް ފިނިކަން (ފައިލް)

އަލްހިޖުރަ ޓްރެވަލް އެންޑް ޓުއާސްގެ ހަވާލުގައި މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގެންގޮސް، ހާލުގައި ޖެއްސި އުމްރާވެރިން ހޮނިހިރު ދުވަހު މާލެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިންނެވެ. އޭގެ ތެރޭގައި، 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ތިއްބެވެ.

އުމްރާވެރިން ހާލުގައި ޖެހެން މެދުވެރިވީ، އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް އެ ކުންފުނިން ވަނީ އިއުތިރާފުވެފައެވެ.

އެކަމާ ގުޅުވައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ހާލުގައި ޖެހުނު މީހުން، އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ އުމްރާވެރިން އަންނަ ހޮނިހިރު ދުވަހު ހެނދުނު ގަތަރު އެއާވޭސް އިން މާލެއަށް އަންނާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއިރު، މި މައްސަލައާ ގުޅިގެން އެކުންފުނި ވަނީ 100,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ މައްޗަށް ވަނީ ފިޔަޅުތަކެއްވެސް އަޅާފައެވެ.

އަލް ހިޖްރަ ޢުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 23 މީހުންގެ އެ ގްރޫޕު މައްކާއަށް ގެންދިޔައީ ވެސް ތިންބައި ކޮށް، ތިން ފްލައިޓެއްގައި ކަމަށާއި، ހުރުމުގެ އިންތިޒާމުތަކެއް ވެސް ހަމަޖެހިފައި ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ދަތުރުގެ ތެރެއިން އެއް ރެއަކު، ހޮޓަލުން ވެސް ނިކުންނަށް ޖެހުނު ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް