Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލަރުންގެ އަދަދު

ފުލްޓައިމްކޮށް ކައުންސިލް ރައީސާއި ނައިބްރައީސް ތިބޭގޮތަށް ކައުންސިލަރުންނަށް އެލަވަންސެއް ލިބޭގޮތަށް ރައީސްގެ ހިޔާލުފުޅެއް

8 ޖެނުއަރީ 2025 | ބުދަ 06:41

ރައީސާއި ނައިބްރައީސް އެއްކޮށް އިންތިހާބުކޮށް ބާކީ ކައުންސިލަރުންނަށް ކޮންމެ ސިޓިންގ އަކަށް އެލަވަންސެއް ދޭން ހިޔާލު ހުށަހެޅުއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖެނުއަރީ 2025 | ބުދަ 06:41
ރައީސް ޑރ މުއިއްޒު ބ އަތޮޅު ކައުންސިލްއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފައިލް

ރައީސް ޑރ މުއިއްޒު ބ އަތޮޅު ކައުންސިލްއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފައިލް

ފުލްޓައިމްކޮށް ޤާއިމުވެ، އޮފީހުގައި، އޮފީސް ހިންގަން ތިބޭނީ ރައީސާއި ނައިބު ރައީސް ކަމަށާއި، އެހެން ކައުންސިލް މެންބަރުންނަށް އެލަވަންސެއް ލިބޭގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިޔާލުފުޅު ހުށަހަޅުއްވައިފިއެވެ.

ކަންއުންސިލްތަކުގެ ސައިޒު ނުވަތަ ކޮމްޕޮޒިޝަން ކުޑަކުރުމާއި ގުޅޭގޮތުން ގދ. ފިޔޯރީގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. މިގޮތުން ބަލާއިރު އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިއްބަވާ ގޮތަށް ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިޚާބުގައި ފުލްޓައިމް މަޤާމުތަކުގެ ގޮތުގައި އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކުރާ ދެމެންބަރުން ކަމަށް ކަނޑައަޅައި، އަދި މިހާރުވެސް ތިބޭ ޢަދަދަށް ކައުންސިލަރުން އިންތިޚާބުކުރި ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް އެލަވެންސެއް ލިބޭގޮތަށް ތިބޭ މެބަރުން ކަމުގައި ހެދުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީވެސް ބަދަލުކުރެވިދާނެކަމުގައެވެ. އެ ކޮމިޓީގެވެސް ރައީސާއާއި ނައިބު ރައީސާ އެއީ ފުލްޓައިމްގެ ދެމީހުންނަށް ހަދައި ދެންތިބި މެންބަރުންނަކީ "ޕަރ ސިޓިންގ" ނުވަތަ ބައްދަލުވުމުގައި ބައިވެރިވާ ދުވަސްތަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް އެލަވެންސް ލިބޭ ބަޔަކަށް ކައުންސިލަރުން ބަދަލުވާއިރު، މިހާރު އ.ތ.މ ކޮމިޓީގެ މެންބަރުންގެ އޮތް ކަންބޮޑުވުންތަކާ ފުށުނާރާ ގޮތަށް ޤާނޫނަށް އެގެންނަ އިޞްލާޙުގެ ތެރެއިން ޕާޓްޓައިމް ކައުންސިލަރުންނަށް އެލިބޭ އެލަވެންސަކީ ވެސް ހަމަ މުސާރައިގެ ހައިސިއްޔަތު އޮންނަ އެލަވެންސަކަށް ޤާނޫނުގައި ހެދުމުން އެ ލިބެންޖެހޭ އިނާޔަތްތައް ލިބޭނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ކައުންސިލްތަކަށް އިންތިހާބުކުރެވޭ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ނިންމާފައެވެ. އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހު ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ލާ މަރުކަޒީ ނިޒާމުގެ ދަށުން އެކުލެވިފައިވާ ކައުންސިލްތައް މިހާރު އޮތީ ދައުލަތަށް ނުކަތާ ވަރަށް ބޮޑުކޮށް ކަމަށެވެ. އެގޮތުން، ގައުމެއް ހިންގުމަށް އެންމެ ރައީސަކު ހޮވާއިރު، 300 އެއްހާ މީހުން އުޅޭ ރަށެއް ތަމްސީލު ކުރުމަށް ހަތް ކައުންސިލަރުން ތިބުމަކީ ބަޖެޓުން ބޮޑު ހަރަދެއް ކައުންސިލްތައް ހިންގުމަށް ހިނގާނެ ކަމެއް ކަމަށާއި އެހެންވެ، ކައުންސިލްތައް އޮތް ގޮތް ބަދަލު ކުރަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް