Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިޔޯރީގައި މަސްކިރާ ކާރުހާނާއެއް

ފިޔޯރީގައި މަސްކިރާ ކާރުހާނާއެއް ޤާއިމްކުރަނީ

ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުހާނާގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކޮށް، 2 މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 18:43
ރައީސް ފިޔޯރީގައި. ފޮޓޯ: ރައީސް އޮފީސް

ރައީސް ފިޔޯރީގައި. ފޮޓޯ: ރައީސް އޮފީސް

ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުހާނާގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކޮށް، 2 މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފިޔޯރީގައި މަސްކިރާ ކާރުހާނާއެއް ޤާއިމްކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.

Advertisement - newsAdvertisement

ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ.ފިޔޯރީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ އެ ރަށުގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ ކަންކަތައްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ ފިޔޯރީ ސްކޫލަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގެ އިތުރުން އޭޓީއެމްގެ ޚިދުމަތް ވެސް ތައާރަފްކޮށްދެއްވާނޭ ކަމަށެވެ. އަދި އެ ރަށުގެ ކުނި މެނޭޖްކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފިޔޯރީ އަކީ މަސްވެރިކަމަށް އެ ސަރަހައްދަށްވެސް އެންމެ މުހިންމު ސިނާއަތްކަމަށާއި އަދި ރިޔާސީ އިންތިޚާބުގައި ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ފިޔޯރީގައި މަސްކިރާ ކާރުހާނާގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

ރައީސް ވިދާޅުވީ ފިޔޯރީގައި ގާއިމްކުރައްވާ މަސްކިރާ ކާރުހާނާގައިި 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖް ހުންނާނެކަމަށެވެ. އަދި 100 ޓަނުގެ ފިޝް މީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ކާރުހާނާގައި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާގެ ކުންފުންޏަކާއި ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން އެންމެ ލަސްވެގެން އަންނަ ފެބްރުއަރީމަހު އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް ސިނާޢަތްކަމަށާއި، އެއީ ދިވެހި އެތައް ޢާއިލާއަކާއި ގުޅިފައިވާ ސިނާއަތެއްކަމަށެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެކި ސަރުކާރުތަކުން އެތައް ވަޢުދެއްވި ނަމަވެސް، އެކަންކަން ފުރިހަމަނުވެ އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މަސްވެރިިކަމުގެ ސިނާޢަތް ކުރިއަރުވަން ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ޚަލާސްކުރުމަށްފަހު، ރިޔާސީ ވަޢުދާއި އެއްގޮތަށް މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މިހާރު މަސްވެރިންނަށް ފައިސާ ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެވެށި އަނިޔާ ލިބޭ މީހުންނަށް ޚާއްޞަ ތިން މަރުކަޒެއް ޤާއިމްކުރަނީ

ގެވެށި އަނިޔާ ލިބޭ މީހުންނަށް ޚާއްޞަ ތިން މަރުކަޒެއް ޤާއިމްކުރަނީ

03 ފެބުރުއަރީ 2022
ދިވެހިންނަށް ވިސާ ނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރަނީ

ދިވެހިންނަށް ވިސާ ނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރަނީ

30 ޖެނުއަރީ 2022
މަސްކިރާވަރު ލިމިޓްކުރީ ހުރިހާ މަސްވެރިންނަށް ފުރުސަތު ދިނުމަށް

މަސްކިރާވަރު ލިމިޓްކުރީ ހުރިހާ މަސްވެރިންނަށް ފުރުސަތު ދިނުމަށް

26 އެޕްރީލު 2021
ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ޤާއިމްކުރަނީ

ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ޤާއިމްކުރަނީ

26 ނޮވެމްބަރު 2020
ކޫއްޑޫއަށް މަސްކިރާންދާ މަސްވެރިންނަށް އެސްޓިއޯ އިން 20 ފީފާ ތެޔޮ ހިލޭ ދެނީ

ކޫއްޑޫއަށް މަސްކިރާންދާ މަސްވެރިންނަށް އެސްޓިއޯ އިން 20 ފީފާ ތެޔޮ ހިލޭ ދެނީ

24 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު