Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއާއި ތުރުކީއާއި ދެމެދު އެއްބަސްވުންތަކެއް

ދިވެހިންނަށް ވިސާ ނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރަނީ

30 ޖެނުއަރީ 2022 | އާދީއްތަ 08:59

ތުރުކީގެ ކުންފުނިތަކުން ފަތުރުވެރިކަމަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން އެބަހުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 30 ޖެނުއަރީ 2022 | އާދީއްތަ 08:59
ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ މެވްލޫތް ޝަވްޝަގްލޫ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ މެވްލޫތް ޝަވްޝަގްލޫ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ދިވެހިންނަށް ވިސާ ނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރަން ދެޤައުމުން ނިންމައިފިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫ އާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ހުށަހެޅުއްވިކަމަށެވެ. އަދި އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެއާއި ތުރުކީއާއި ދެމެދުގައި އިތުރު 5 އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. އެއީ އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން، އެގްރިކަލްޗަރަލް ކޯޕަރޭޝަން އެމްއޯޔޫ، ތިމާވެށްޓާއި ބެހޭ އެމްއޯޔޫ އަކާއި، ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމެންޓޭޝަން އެއްބަސްވުމާއި، ކަލްޗަރަލް ކޯޕަރޭޝަން އެއްބަސްވުމެވެ.

މި އެއްބަސްވުމުގެ ސަބަބުން އިތުރަށް ގުޅުން ބަދަހި ވެގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތައުލީމާއި ސިއްޙީ ދާއިރާ އަދިވެސް ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހި ކުުރުމަށް މަޝްވަރާ ކުރެވުނު ކަމަށާއި، އެކަމުގައި ތުރުކީން ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، އިކޮނޮމިކް ކޮމިޝަނެއް އުފެދި އެ ކޮމިޝަންގެ ބެލުމުގެ ދަށުން ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ތުރުކީގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުން ރާއްޖެއާއި ތުރުކީއާއި އޮތް ގުޅުން ވަރުގަދަކަން ދޭހަވެގެންދާ ކަމަށާއި، ހުޅުމާލޭގައި އިސްލާމިކް ސެންޓަރެއް އެޅުމަށް ތުރުކީގެ އެހީ ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫ ވަނީ ޔޫއެންޖީއޭގެ ކާމީޔާބީއަށް މިނިސްޓަރު ޝާހިދަށް މަރުޚަބާ ދަންނަވާފައެވެ. އަދި ތުރުކީއިން ރާއްޖެއަށް އެހީ ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އާދީއްތަ ދުވަހު ވެވުނު އެއްބަސްވުމުގެ އިތުރުންވެސް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތައް އެބަހުރިކަމަށާއި، ކުރިއަށް އޮތްތަނުގައި އެ ދާއިރާތަކުންވެސް އެބަސްވުންތަކެއް ޤާއިމް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ތުރުކީގެ ކުންފުނިތަކުން ފަތުރުވެރިކަމަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން އެބަހުރިކަމަށާއި، ހުރި ފުރުސަތުތައް ދެނެގަތުމަށް ބިޒިނަސް ފޯރަމެއް ބޭއްވުމަށް ވެސް މިނިސްޓަރު ޝަވްޝަގްލޫ ވިދާޅުވިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޚާރިޖީ ވުޒާރާތުރުކީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
21 އޯގަސްޓު 2025

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
15 މެއި 2025

ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ

15 މެއި 2025
ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ
18 އެޕްރީލު 2025

މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަނީ

18 އެޕްރީލު 2025
މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަނީ
13 އެޕްރީލު 2025

މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި

13 އެޕްރީލު 2025
މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް