Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ.ފިޔޯރީ

ފިޔޯރީގައި ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮށި ބަހައްޓައިފި

ތިން ދުވަސް ވަންދެން މިފޮށި ބަހައްޓާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 އޯގަސްޓު 2018 | ހޯމަ 05:39
ގދ. ފިޔޯރީގައި ބެހެއްޓި ފަންޑު ފޮށި

ގދ. ފިޔޯރީގައި ބެހެއްޓި ފަންޑު ފޮށި

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމާނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާ ގުޅިގެން ހުޅުވި "ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް" އެހީވުމުގެ ގޮތުން ގދ ފިޔޯރީގައި ވެސް "އަބުރުފުޅު ފަންޑު" ފޮއްޓެއް ބަހައްޓައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނީ އެރަށު އެމްޑީޕީ ހަރުގޭގައި ފަންޑުފޮށި ބެހެއްޓީ އާދީއްތަ ދުވަހު ހަވީރު ކަމަށާއި 3 ދުވަސްވަރު ވަންދެން އެފޮށި ބަހައްޓަން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ލިބެމުންދާ ތަރުހީބާ އެކު އެރަށަށް އަންނަ އެހެން ރަށްރަށުގެ މީހުންނަށް ވެސް އެފޮށްޓަށް އެހީތެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިތުރު ދުވަސްކޮޅަކު ފަންޑުފޮށި ބެހެއްޓުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އޭނާ ބުނީ އެރަށުގެ ގިނަ ބަޔަކު ބަލަނީ ރާއްޖެ ޓީވީ ކަމަށާއި އެމީހުން ދެކޭ ގޮތުގައި ރާއްޖެ ޓީވީން ކުރަނީ ޤައުމީ މަސައްކަތެއް އަދި ޤައުމީ ޖިހާދެއް ކަމަށެވެ. އެގޮތުން ރާއްޖެ ޓީވީ ޖުރިމާނާ ކުރުމަކީ އެރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ކުރި ޖެއްސުމެއް އަދި މަލާމާތެއް ކަމަށް އެމީހުން ދެކޭ ކަމަށެވެ. އަދި ޖާނާއި މާލު ދީގެން ވެސް ރާއްޖެ ޓީވީ ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށް ވެސް އެމީހާ ބުންޏެވެ.

ރާއްޖެ ޓީވީ ޖުރިމާނާ ކުރުމުން އަބުރުފުޅު ފަންޑު ހުޅުވައިދެއްވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ރާއްޖެޓީވީއަށް އެހީތެރިވުމަށްޓަކައި އަބުރުފުޅު ފަންޑު އިބޫ ހުޅުއްވައިދެއްވުމާ އެކު، ރާއްޖެޓީވީއަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ވަނީ ރާއްޖެޓީވީއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މީގެ އިތުރުން ރާއްޖެ ޓީވީއަށް އެހީވުމަށް އެކި ރަށްރަށުގައި ފަންޑުފޮށި ބަހައްޓަމުންދާއިރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފޅުތަކުގައި ވެސް ދަނީ ރާއްޖެ ޓީވީގެ ފަންޑު ފޮށި ބަހައްޓަމުންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު