Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވާދޫގެ ތަރައްގީ

ވާދޫ ޖަމާލުއްދީން ސްކޫލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ކަންކަން މިއަހަރުގެ ވީހާވެސް ކުރީކޮޅު ފައްޓައިދޭނަން: ރައީސް

7 ޖެނުއަރީ 2025 | އަންގާރަ 18:40

ސްކޫލަށް ބޭނުންޖެހިފައިވާ އެހެންކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖެނުއަރީ 2025 | އަންގާރަ 18:40
ގދ. ވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ

ގދ. ވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ

ވާދޫ ޖަމާލުއްދީން ސްކޫލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ކަންކަން މިއަހަރުގެ ވީހާވެސް ކުރީކޮޅު، ޢަމަލީ ގޮތުން ފަށްޓަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވަ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ ރަށުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި، ރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވާ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، އެ ރައްޔިތުންނަށް ދެއްވާފައެވެ.

Advertisement - newsAdvertisement

ވާދޫގެ ޖަމާލުއްދީން ސްކޫލަކީ ގދ. ވާދޫއަށް ޚާއްޞަ ތަނެއް ކަމަށް ވިދާޅުވެ، ހަމަ އެފަދައިން ގދ. ވާދޫއަކީ ތަޢުލީމީ ރަށެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަޚުރުވެރި މާޒީއެއް އޮތް "ވާދޫ ދަންނަކަލޭފާނު"ގެ ރަށަށް، ސަރުކާރުތަކުން އަހައްމިއްޔަތުކަން ދެއްވަންޖެހޭކަން ފާހަކުރައްވާފައެވެ.

ވަކިން ޚާއްޞަކޮށް، ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަހައްމިއްޔަތުކަން ދެއްވަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ވާދޫ ޖަމާލުއްދީން ސްކޫލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ކަންކަން މިއަހަރުގެ ވީހާވެސް ކުރީކޮޅު، ޢަމަލީ ގޮތުން ފަށްޓަވައި ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ޢުމްރާނީ ތަރައްޤީގެ އިތުރުންވެސް، ސްކޫލަށް ބޭނުންޖެހިފައިވާ އެހެންކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އިޤްތިޞާދީ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމުގެ ތެރެއިން، ވާދޫގައި ހިންގަން ފަށައި، ހުއްޓިފައިވާ މަޝްރޫޢު ނިންމަވައި، ޢަމަލީ ގޮތުން އޮޕަރޭޝަންތައް ފެށޭވަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހިނގާ 2025 ވަނަ އަހަރާއި، 2026 ވަނަ އަހަރަކީ ރިޔާސީ ކެމްޕޭނާއި މެނިފެސްޓޯގައި ވެވަޑައިގެންފައިވާ ވަޢުދުތައް ޢަމަލީ ގޮތުން ފުއްދަވަން ފައްޓަވާ، އަދި ގިނަ މަޝްރޫޢުތަކެއްގެ ނަތީޖާ ނެރެދެއްވާނެ 2 އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް