Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިމާރާތް ކުރުމުގެ ދާއިރާ

މަޝްރޫއުތައް ހުއްޓި، އިމާރާތް ކުރުމުގެ ދާއިރާގެ އިމްޕޯޓު ދަށަށް

އެމްއެމްއޭ އިން ނެރުނު 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ އިގްތިޞާދީ ބުލެޓިންގައި 2023 ވަނަ އަހަރާ އަޅާބަލާއިރު އިމާރާތްކުރުމާ ގުޅުންހުރި މުދާ އިމްޕޯޓްކުރި މިންވަރު 2024 ވަނަ އަހަރުގެ ތިންވަނަ ކުއަރޓަރުގައި 4 އިންސައްތަ ދަށްވެފައިވާ ކަމަށް ވަނީ ބުނެފައި.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 7 ޖެނުއަރީ 2025 | އަންގާރަ 12:26
މާލޭގައި އިމާރާތެއް ހެދުމުގެ މަސައްކަތް ކުރަނީ

މާލޭގައި އިމާރާތެއް ހެދުމުގެ މަސައްކަތް ކުރަނީ

ކޮންސްޓްރަކްޝަން ދާއިރާގެ އިމްޕޯޓު މިދިޔަ އަހަރުގެ ތިންވަނަ ކުއަރޓަރުގައި ދަށަށް ގޮސްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފިއެވެ.

އެމްއެމްއޭ އިން ނެރުނު 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ އިގްތިޞާދީ ބުލެޓިންގައި 2023 ވަނަ އަހަރާ އަޅާބަލާއިރު އިމާރާތްކުރުމާ ގުޅުންހުރި މުދާ އިމްޕޯޓްކުރި މިންވަރު 2024 ވަނަ އަހަރުގެ ތިންވަނަ ކުއަރޓަރުގައި 4 އިންސައްތަ ދަށްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަނެއްކޮޅުން އެމްއެމްއޭ ގެ ރިޕޯޓުން ފާހަގަވާ ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާ ހިންގުމަށް ކޮމާޝަލް ބޭންކުތަކުން ކުންފުނިތަކުން ދަރަނި ނެގުން ވަނީ މައްޗަށް ގޮސްފައެވެ. މިގޮތުން ހުސްވި އަހަރުގެ ތިން ވަނަ ކުއަރޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް ދޫކުރި ލޯނު 15 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ބައެއް ކުންފުނިތައް ބަނގުރޫޓުވުމާ ހަމައިގައިވާ ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންގާރަ ދުވަހު ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ބައެއް ކުންފުނިތަކަށް އެއްގޮތަކަށް ވެސް މި ސަރުކާރުން ފައިސާ ދީފައި ނުވާ ކަމަށެވެ.

އެމްއެމްއޭގެ ރެކޯޑުތަކުން ފާހަގަވާ ގޮތުގައި އިމާރާތްކުރުމުގެ ދާއިރާއަށް ފައިނޭންސް ކުރުމަށް ލޯނަށް ވަނީ ވަރަށް ބޮޑަށް ބަރޯސާ ވެފައެވެ. ޕްރޮޕަޓީ ޑިވެލޮޕްމަންޓް މަޝްރޫޢުތަކާއި، ރިސޯޓުތައް ރިނޮވޭޓް ކުރުމާއި، ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫޢުތަކަށް ލޯނު ނެގުން ވަނީ އިތުރުވެފައިވެއެވެ. ނަމަވެސް، އައު ރިސޯޓުތަކާއި ގެސްޓްހައުސްތައް އިމާރާތްކުރުމަށް ދޫކުރި ލޯނުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

އިމްޕޯޓް ދަށްވެފައިވާއިރު ލޯނުގެ ނެގުން އިތުރުވެފައި ވުމުން، މި ދާއިރާގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިދާނެތޯ ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ. ލޯނަށް ބަރޯސާވުން އިތުރުވަމުންދާނަމަ، އިންޓްރެސްޓް ރޭޓް މަތިވެ ނުވަތަ ލޯނު ދޫކުރުމުގެ ޝަރުތުތައް ހަރުކަށިވެއްޖެނަމަ މި ދާއިރާއަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އިމާރާތް ކުރުމުގެ ދާއިރާގެ އިމްޕޯޓު އިމާރާތްކުރުމުގެ ދަށަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް މަޑުޖެހި ނުވަތަ ހުއްޓިފައި ހުރުމާއި ބޮޑެތި އައު މަޝްރޫއުތައް ފަށާފައި ނުވުން ހިމެނެއެވެ. އެނެއްކޮޅުން ލޯނަށް ބަރޯސާވެގެން މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުމަކީ ވެސް ކޮންސްޓްރަކްޝަން ދާއިރާ އަށް ރިސްކު އިތުރުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މާލީ ގޮތުން ބޮޑެތި ދަތިތަކެއްގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ކުންފުނިތައް މަސައްކަތް ކުރަން ޖެހިފައިވާއިރު މިދިޔަ ޑިސެމްބަރު 7، ގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، 124 ބިލިއަން ރުފިޔާގެ ދަރަންޏެއް ދައުލަތުގެ އޮތް ކަމަށެވެ.

ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުގައި ގދ. ހޯނޑެއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި މި ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީން ދިވެހި ވިޔަފާރިތަކަށް 500 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވަނީ ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިހެން ރައީސް ވިދާޅުވި ނަމަވެސް ސާރުކާރުން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާނެ ކަމަށް އެކި ފަހަރު މަތިން އެކި ތާރީޚް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2018

ހުޅުމީދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

27 ޖޫން 2018
ހުޅުމީދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި
27 މެއި 2018

ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

27 މެއި 2018
ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި
17 މެއި 2018

ސައުދީ އާއި ޔޫއޭއީ ގުޅިގެން ޑިޖިޓަލް ފައިސާ ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި

17 މެއި 2018
ސައުދީ އާއި ޔޫއޭއީ ގުޅިގެން ޑިޖިޓަލް ފައިސާ ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި
27 މާރިޗު 2018

ކުރިން ސިނގިރޭޓް ގިނަ އަދަދަކަށް އެތެރެ ކުރުމުގެ ސަބަބުން ފެބްރުއަރީ މަހުގެ އާމްދަނީ ދަށަށް !

27 މާރިޗު 2018
ކުރިން ސިނގިރޭޓް ގިނަ އަދަދަކަށް އެތެރެ ކުރުމުގެ ސަބަބުން ފެބްރުއަރީ މަހުގެ އާމްދަނީ ދަށަށް !
06 މާރިޗު 2018

މޯލްޑިވްސް ޝޯކޭސް ސްޕޮންސަރކުރުމުގެ ފުރުސަތު ހުޅުވާލައިފި

06 މާރިޗު 2018
މޯލްޑިވްސް ޝޯކޭސް ސްޕޮންސަރކުރުމުގެ ފުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2018

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ

09 ޖެނުއަރީ 2018
ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ
18 ނޮވެމްބަރު 2017

ރެއިންބޯ ރީ-ކްރިއޭޝަން ކްލަބުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި

18 ނޮވެމްބަރު 2017
ރެއިންބޯ ރީ-ކްރިއޭޝަން ކްލަބުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި
30 އޮކްޓޯބަރު 2017

އިންޝިއުރެންސް ދާއިރާގެ އެސެޓް އެއް ބިލިއަން ރުފިޔާއަށް އަރައިފި

30 އޮކްޓޯބަރު 2017
އިންޝިއުރެންސް ދާއިރާގެ އެސެޓް އެއް ބިލިއަން ރުފިޔާއަށް އަރައިފި
03 އޮކްޓޯބަރު 2017

ބަރެސްދޫގެ ޕްރޮޖެކްޓްގެ ބައެއް އިމާރާތްތަކުގެ ކުރެހުންތައް ފާސްކޮށްފި

03 އޮކްޓޯބަރު 2017
ބަރެސްދޫގެ ޕްރޮޖެކްޓްގެ ބައެއް އިމާރާތްތަކުގެ ކުރެހުންތައް ފާސްކޮށްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު