Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްލިމް ފިޓިން

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ

ހޮޅި ތައްޔާރު ކުރެވިފައިވަނީ ފަސޭހަކަމާއެކު އަވަހަށް ހަރުކޮށްލެވޭ ގޮތަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖެނުއަރީ 2018 | އަންގާރަ 14:11
ސްލިމް ފިޓިންގް ޝޯރޫމް އިން ވިއްކާ ބައެއް ސާމާނުތައް

ސްލިމް ފިޓިންގް ޝޯރޫމް އިން ވިއްކާ ބައެއް ސާމާނުތައް

މަޝްހޫރު ޗާންދަލިޔާ ބުކްސޮޕް ހިންގަމުން އަންނަ ކުންފުނީގެ ފަރާތުން ހާޑްވެއަރ އެއްޗެހި ވިއްކާ ޝޯރޫމެއް "ސްލިމް ފިޓިންގް" ގެ ނަމުގައި ޗާންދަނީ މަގުގައި ހުޅުވާފައިވާއިރު މި ޝޯރޫމް އިން ފެންވައިރު ކުރުމަށް ބޭނުންވާ ކޮލެޓީ ރަނގަޅު ބައެއް ސާމާނުތައް ވިއްކަމުންދެއެވެ.

ޗާންދަލިޔާގެ މާރކެޓިންގ މެނޭޖަރު ނަލަކަ ވިދާޅުވީ ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅި ތައްޔާރު ކުރެވިފައިވަނީ ފަސޭހަކަމާއެކު އަވަހަށް ހަރުކޮށްލެވޭ ގޮތަށް ކަމަށާއި މި ހޮޅިތައް ހައި ޕްރެޝަރުގައިވެސް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި ހޮޅިތަކުގެ ވޮރެންޓީއަކީ 50 އަހަރު ކަމަށް ނަލަކަ ބުންޏެވެ.

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ބައެއް ފައިދާތަކަކީ ސްލިމް ފިޓިންގް ގުޅުމުގައި އެއްވެސް ތެރަހެއް ބޭނުން ކުރަން ނުޖެހުމާއި ފެންލީކު ނުވުމާއި، ފާރުތެރޭގައި ވައިރުކުރަން ފަސޭހަވުމާއި ފެހި ނުޖެހުމާއި ޖަރާސީމު އުފެދުމުގެ ފުރުސަތު ނެތުމާއި ހަރަދު ކުޑަވުން ކަމަށް އެ ޝޯރޫމް އިން މައުލޫމާތުދެއެވެ.

މި ޝޯރޫމް އިން ވިއްކާ ސާމާނުތަކާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް 3317894 ނަންބަރަށް ގުޅުމަށް ޗާންދަލިޔާގެ މާކެޓިންގް މެނޭޖަރު އެދިވަޑައިގެންނެވިއެވެ.

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ އިތުރުން ފެންވައިރު ކުރުމަށް ބޭނުންވާ ފެހި ހޮޅީގެ އޮރިޖިނަލް ފިޓިންގްސް ވެސް އެ ޝޯރޫމް އިން ލިބެން ހުރެއެވެ.

މި ޝޯރޫމް އިން ވިއްކާ ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2022

ބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފި

23 ޖޫން 2022
ބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފި
06 ޖޫން 2022

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލު ވަރަށް ފެހި: މިނިސްޓަރު

06 ޖޫން 2022
ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލު ވަރަށް ފެހި: މިނިސްޓަރު
30 ސެޕްޓެމްބަރު 2021

ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި

30 ސެޕްޓެމްބަރު 2021
ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި
21 އޯގަސްޓު 2018

މުސްލިމް ކިޑްސް ޓީވީ ރާއްޖޭގައި އުރީދޫ އިން ތައާރަފުކޮށްފި

21 އޯގަސްޓު 2018
މުސްލިމް ކިޑްސް ޓީވީ ރާއްޖޭގައި އުރީދޫ އިން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު