Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ބިޒްނަސް އެވޯޑްސް

ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބިޒްނަސް އެވޯޑްސް އަކީ ރާއްޖޭގައި އަލަށް ބާއްވާ އެވޯޑްސްއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 މެއި 2018 | އާދީއްތަ 11:42
ބްލޭޒަން އިންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބްލޭޒަން އިންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބްލޭޒަން އިންކްގެ ފަރާތުން ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއޭ)ގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ބްލޭޒަން އޮފީހުގެ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ އަރުޝަދު ޒުހައިރު ވިދާޅުވީ އެމްބީއޭގެ އެވޯޑް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލީ ދިވެހިންގެ ހުނަރުވެރިކަން ނުވަތަ ފަންނު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށާއި އެމްބީއޭ އެވޯޑްސްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ޖޫން 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ވެބްސައިޓްwww.maldivesbusinessawards.mv މެދުވެރިކޮށް އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލީޓް އެވޯޑްސްއެވެ.

ބްލޭޒަނުން އިތުރަށް ބުނީ އެވޯޑް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ކުންފުންޏަކަށް ވެސް އަދި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެވޯޑަށް ކުރިމަތިލާ ފަރާތްތަކަށް ފޯމް ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބްލޭޒަނުން ބުންޏެވެ.

އެވޯޑް ޑިޒައިން ކުރުމަށް ބޭނުންވާ ފަރާތްތަކުން 7969666 އަދި 9993500 ނަންބަރަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ބްލޭޒަން އިންކް އަކީ ޕަބްލިކް ރިލޭޝަންސް، މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައިވަނީ 2016 ވަނަ އަހަރުގައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު