Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކުންފުނިތަކަށް ފައިސާ ނުލިބުން

ސަރުކާރުން ގިނަ ކުންފުނިތަކަށް އެއް ގޮތަކަށްވެސް ލާރި ނުދޭ، ކުންފުނިތައް ހުރީ ބަނގުރޫޓުވާ ހާލަތުގައި: ކުރީގެ މިނިސްޓަރ އަމީރު

7 ޖެނުއަރީ 2025 | އަންގާރަ 11:00

ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދެއްވާނެ ކަމަށް މުއިއްޒު އެތައް ފަހަރަކު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުސްވި އަހަރުގެ އޮގަސްޓު މަހު ނިމެމުން ދަނިކޮށް ސަންގު ޓީވީ އަށް ދެއްވި ބަސްދީގަތުމެއް ގައިވެސް ކުންފުނިތަކަށް ނުދީ ހުރި ފައިސާ ކުރިއަށް ގޮސް ދެ މަސްތެރޭ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 11:00
ކުރީގެ ދިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ކުރީގެ ދިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މި ސަރުކާރު އައިސް މި ވީ ދުވަސްތަކުގައި ގިނަ ކުންފުނިތަކަށް އެއްވެސް ގޮތަކަށް 'ޕޭ' ނުކުރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ "ގިނަ ކުންފުނިތައް މިހާރު ހުރީ ބަނގުރޫޓުވާ ހާލާތުގައި؛" ކަމަށެވެ.

ސަރުކާރުން ކުންފުނިތަކަށް ދައްކަން ހުރި 500 މިލިއަނަށް ވުރެ ގިނަ ފައިސާ މި ހަފްތާ ތެރޭގައި ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯނޑެއްދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ސަރުކާރުން އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން އައި ކަމުގައި ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މި ހިނގާ ހަފްތާ ތެރޭގައި ވެސް ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް 500 ށް ވުރެ ގިނަ މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދިވެހި އެކިއެކި ކުންފުނިތަކަށް ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒުގެ ސަރުކާރުން ދޫކުރާ ގިނަ ފައިސާ އަކީ ކުރީ ސަރުކާރުގައި ނުދެވި ހުރި ފައިސާ ކަމަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެފައިސާ ނުދެވި ހުރީ "ކުންފުނިތައް ހިންގަން ނޭގުމުގެ ސަބަބުން ކަމަށްވެސް ވެދާނެ؛" ކަމަށެވެ.

ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ރައީސް މުއިއްޒުގެ މި ވާހަކަފުޅަށް ރައްދު ދެއްވާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ދިމާނުވާ ފަދަ ދަތި އުނދަގޫ، ކޮވިޑް-19 ގެ ހާލަތުގައި އަދި ޔޫކްރެއިން ހަނގުރާމަ ފެށިގެން އައި ދުވަސްވަރު ވެސް ކުރީ ސަރުކާރުން އައީ ބިލްތަކަށް ފައިސާ ދައްކަމުން ކަމަށެވެ.

ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދެއްވާނެ ކަމަށް މުއިއްޒު އެތައް ފަހަރަކު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުސްވި އަހަރުގެ އޮގަސްޓު މަހު ނިމެމުން ދަނިކޮށް ސަންގު ޓީވީ އަށް ދެއްވި ބަސްދީގަތުމެއް ގައިވެސް ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތެރިންނަށް، ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދޭން ހުރި ފައިސާ، އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި ދެ މަސްތެރޭގައި ހަމަ ދެމުން ދެމުން އަޅުގަނޑުމެން ދާނީ،" ރައީސް ވިދާޅުވިއެވެ.

ސަންގުޓީވީ ގައި ރައީސް މުއިއްޒު ދެއްކެވި މި ވާހަކަފުޅަށް އިޝާރާތް ކުރައްވާ އަމީރު ފާހަގަ ކުރެއްވީ ކުންފުނިތަކަށް ދައްކަން ހުރި ފައިސާ މި ދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ދައްކާނެ ކަމަށް ވިދާޅުވެ އިއުލާނު ކުރެއްވި ކަމަށާއި، "އޭގެ ފަހުންވެސް 3 މަސް" ވެގެން ދިޔައިރު އެކަން އެގޮތައް ކުރައްވާފައި ނުވާ ކަމަށެވެ.

"އިއްޒަތްތެރި ރައީސް މުއިއްޒު، އެއް ދޮގެއް މާ ގިނައިން ތަކުރާރު ކުރީމަ މީހުންނަށް އޮޅުވާލެވޭނެ ކަމަށް ހީކުރިޔަސް ހަގީގަތް އޮޅުވާ ނުލެވޭނެ." އަމީރު އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
18 ޖުލައި 2017

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ
04 ޖުލައި 2017

ކަރަންޓު ޔުނިޓަކުން 38 ލާރި ހެޔޮކޮށްފި

04 ޖުލައި 2017
ކަރަންޓު ޔުނިޓަކުން 38 ލާރި ހެޔޮކޮށްފި
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް