Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޤައުމީ ކެރަމް ޓީމުގެ ސެލެކްޝަން ފަށައިފި

8 ޖެނުއަރީ 2025 | ބުދަ 05:09

ސެލެކްޝަންގައި ސީނިއަރ ޤައުމީ ޓީމަށް ނަގާނީ ޖުމުލަ 10 ކުޅުންތެރިންނެވެ. އެއީ ފަސް ފިރިހެން ކުޅުންތެރިންނާއި، ފަސް އަންހެން ކުޅުންތެރިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2025 | ބުދަ 05:09
މީގެ ކުރިން އަޒްމީން އަދި ހުޖާން ކުޅުނު މެޗެއްގެ ތެރެއިން

މީގެ ކުރިން އަޒްމީން އަދި ހުޖާން ކުޅުނު މެޗެއްގެ ތެރެއިން

ސީނިއަރ ޤައުމީ ކެރަމް ޓީމުގެ ސެލެކްޝަން ފަށައިފި އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ސެލެކްޝަންގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ޕްރީ ސެލެކްޝަން އެވެ. އޭގެ ތެރެއިން 24 ކުޅުންތެރިޔަކު ވަނީ ސީނިއަރ ޤައުމީ ޓީމުގެ ސެލެކްޝަން އަށް ހޮވިފަ އެވެ. އެއީ 12 ފިރިހެން ކުޅުންތެރިން އަދި 12 އަންހެން ކުޅުންތެރިންނެވެ.

ސީނިއަރ ޤައުމީ ޓީމުގެ ސެލެކްޝަން ކުރިއަށް ދާނީ ހޯމަ ދުވަހުން ފެށިގެން، އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. ސެލެކްޝަންގައި ސީނިއަރ ޤައުމީ ޓީމަށް ނަގާނީ ޖުމުލަ 10 ކުޅުންތެރިންނެވެ. އެއީ ފަސް ފިރިހެން ކުޅުންތެރިންނާއި، ފަސް އަންހެން ކުޅުންތެރިންނެވެ.

ކޮންމެ ހަތަރު މަހުން އެއް ފަހަރު ސީނިއަރ ޤައުމީ ޓީމުގެ ސެލެކްޝަން ކުރިއަށް ގެންދެ އެވެ. އެހެންކަމުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސީނިއަރ ޤައުމީ ޓީމުގެ ދެ ވަނަ ސެލެކްޝަނެއް ވެސް އޮންނާނެ އެވެ. އެ ސެލެކްޝަނުން ސީނިއަރ ޤައުމީ ޓީމަށް ހޮވޭ ކުޅުންތެރިން، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ސިންގަޕޫރުގައި އޮންނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގައި ވާދަކުރާނެ އެވެ.

ރާއްޖޭގެ ޤައުމީ ކެރަމް ޓީމުން އަންނަނީ މުބާރާތްތަކުގައި ވަދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގައި ކުރިއަށް ދިޔަ ކެރަމް ވާރލްޑް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ރާއްޖޭގެ ކެރަމް ޓީމުން ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދައިފަ އެވެ. އެ މުބާރާތުގެ ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ހަމަ އެ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއިން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ. އެގޮތުން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އަދި ޙަސަން ނާޒިމް ރިހި މެޑަލް ހޯދި އެވެ. ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް