Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

މޮޑްރިޗް އަކީ ފުޓުބޯޅަ އަށް ލިބުނު ހަދިޔާއެއް: އަންޗެލޮޓީ

މޮޑްރިޗް އަކީ ރެއާލްގެ ތާރީޚުގައި ވެސް އެ ޓީމުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. ރެއާލާ އެކު މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔަކީ ވެސް މޮޑްރިޗް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2025 | ބުދަ 05:06
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ލޫކާ މޮޑްރިޗް

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ލޫކާ މޮޑްރިޗް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަކީ، ފުޓުބޯޅަ އަށް ލިބުނު ހަދިޔާއެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ސްޕެނިޝް ކޮޕާ ޑެލް ރޭ މުބާރާތުގައި ރެއާލް އިން ޑިޕޯޓިވާ މިނޭރާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ރެއާލުން ފަސް ލަނޑުގެ މޮޅެއް ހޯދި އެ މެޗުގައި މޮޑްރިޗް ވަނީ ލަނޑެއް ޖަހައިފަ އެވެ.

އަންޗެލޮޓީ ބުނީ މޮޑްރިޗް އަކީ ފުޓުބޯޅަ އަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއް ކަމަށާއި، ޓީމުގެ ސަޕޯޓަރުންނާއި، ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިންނަށް ވެސް އެކަމުގެ އުފާ އިޙުސާސް ކުރެވޭނެ ކަމަށެވެ. އޭނާ އަށް މޮޑްރިޗް އަކީ ވަރަށް ޚާއްސަ ކުޅުންތެރިޔެއްކަން ފާހަގަ ކުރަމުން އަންޗެލޮޓީ ބުނީ، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މުހިންމު މެޗުތަކަށް މޮޑްރިޗް ވަމުން އަންނަ ތައްޔާރީތައް ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ކޮންމެ މެޗަކަށް ވެސް މޮޑްރިޗް ތައްޔާރުވަމުން އަންނަނީ އެ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި އެ ހުރިހާ ކަންކަމާ އެކު މޮޑްރިޗް އަކީ ޒުވާން ކުޅުންތެރިންނަށް ހުރި މިސާލެއް ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. ހަމައެހެންމެ މޮޑްރިޗް އަކީ ރެއާލަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، ޓީމަށް އެންމެ ބޭނުންވާ ވަގުތުގައި މޮޑްރިޗްގެ އެހީތެރިކަން އަބަދު ވެސް ލިބެމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓޮޓެންހަމް ދޫކޮށްލުމަށްފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 562 މެޗުގައި 41 ލަނޑު ޖަހައިފަ އެވެ. ރެއާލާ އެކު މޮޑްރިޗް ވަނީ 28 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. މޮޑްރިޗް އަކީ ރެއާލްގެ ތާރީޚުގައި ވެސް އެ ޓީމުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. ރެއާލާ އެކު މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔަކީ ވެސް މޮޑްރިޗް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު