Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމޫސުން

މާލެ އަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހި ފެނު އަޑީގައި އޮތް އިރު ރައީސް ވީތަނެއް ނޭނގޭ!

3 ޖެނުއަރީ 2025 | ހުކުރު 18:12

މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީ ހުކުރު ދުވަހު މާލެ އަށް ލައްކަ ވާރޭ ވެހުނު ކަމަށެވެ. އާންމުކޮށް 30 މިލިމީޓަރުގެ ވާރޭ ގަޑިއެއްހާ އިރުތެރޭ މާލެ އަށް ވެހިއްޖެ ނަމަ މާލޭގައި ފެންބޮޑުވާއިރު، ހުކުރު ދުވަހު ގަޑިއެއްގެ އިރު ތެރޭ އޭގެ ދެގުނަ ވާރޭ މާލެ އަށް ވަނީ ވެހިފައެވެ. ނަތީޖާ އެއްގެ ގޮތުން މާލޭގެ ބޮޑު ބައި އޮތީ ފެނު އަޑީގައެވެ.

ރާއްޖެ އެމްވީ | 3 ޖެނުއަރީ 2025 | ހުކުރު 18:12
3 ޖެނުއަރީ 2025- މާލެ އަށް ރެކޯޑް މިންވަރަކަށް ވާރޭވެހި މަގުތަކުގައި ކަކޫތާ ފެނަށް ފެން ބޮޑު ވެފައި

3 ޖެނުއަރީ 2025- މާލެ އަށް ރެކޯޑް މިންވަރަކަށް ވާރޭވެހި މަގުތަކުގައި ކަކޫތާ ފެނަށް ފެން ބޮޑު ވެފައި

ހުކުރު ދުވަސް ވެގެން ދިޔައީ މި ފަހުގެ ތާރީޚުގައި މާލެ އަށް ރެކޯޑް އަދަދަކަށް ވާރޭ ވެހުނު ދުވަހަކަށް ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ. މެންދުރު ފަހުން ފެށިގެން މާލެ ހިމެނޭ ސަރަހައްދަށް އޮތީ އޮރެންޖު އިންޒާރު ނެރެފައެވެ.

މޫސުމާ ބެހޭ އޮފީހުން ފާހަގަ ކުރާ ގޮތުގައި މާލެ އަށް އެއް ގަޑި އިރުގެ ތެރޭގައި 30 މިލި މީޓަރުގެ ވާރޭ ވެހިއްޖެނަމަ މާލޭގައި ފެން ބޮޑުވެއެވެ. ހުކުރު ދުވަހުގެ ރެކޯޑަށް ބަލާއިރު އެއް ގަޑިއިރުތެރޭގައި 62 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ސައުވީސް ގަޑިއިރު ތެރޭގައި 140 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ވެހުނީ މާލެ އަށް ވަރަށް ގިނަ ވާރޭ ކަމުގައެވެ.

ހުއްޓުމެއް ނެތި ބޯކޮށް މާލެ އަށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ ސަރަހައްދުތަކުގައި ކަކުލާ ހަމަ އަށް ވަނީ ފެން ހެދިފައެވެ.

ވެހިކަލްތައް މަގުމެދަށް ހުއްޓި ވަރަށް އުނދަގުލުގައި ދުއްވާ އެއްޗެހި މަގުތަކުގެ މަތީގައި އުޅެމުން ދިޔައިރު ފުލުހުން އޮތީ ހަތަރު ފުރޮޅުލީ ދުއްވާ އެއްޗެއްސާއި ބަރު އުޅަނދުތައް މަގުތަކަށް ނުނެރުމަށް އިރުޝާދުވެސް ދީފައެވެ.

މަގުތަކުގެ ހާލަތު އޮތް ގޮތުން ޓެކްސީ ލިބުން ދަތިކަމަކަށް ވެފައި އޮތް ހުކުރު ދުވަސް ދިމާވީ އުމުރާ އަށް ދިޔަ ގިނަ ބަޔަކުވެސް އެނބުރި އައި ދުވަހަށެވެ. އެމީހުންނަށް ވެސް އެއަރޕޯޓުން ދިމާވި ދަތިތަކާއެކު މާލެ އައުމަށާއި ގެއަށް ދިއުމަށް އިންތިހާގެ ދަތިތައް ކުރިމަތިވި ކަމަށްވިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ނަތީޖާ އެއްގެ ގޮތުން ބައެއް ހޮޓާ ތަކަށާއި އާންމު ގެދޮރަށް ފެން ވަދެ، ބައެއް ރައްޔިތުން އުޅެން ޖެހުނީ ވަރަށް އުނދަގޫ ދަތި ހާލުގައެވެ. އެހީތެރިކަމަށް އެދި ގުޅިޔަސް އެހީ ނުލިބޭ ކަމުގެ ޝަކުވާ ވެސް ބައެއް ފަރާތްތަކުން ދިޔައީ ކުރަމުންނެވެ.

މާލެ އަށް ކުރި ވިއްސާރައިގައި އިމާރާތްތަކަށް ފެންވަނުން ކޮންޓްރޯލް ވޭތޯ މާލޭ ސިޓީ ކައުންސިލާއި ފުލުހުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ ވެލި ބަސްތާ ޖެހުމަށާއި އެހީތެރިކަން ބޭނުންވެގެން 400 ށް ވުރެ ގިނަ ފޯނު ކޯލު ލިބުނު ކަމަށެވެ.

ސިފައިން ގެންދިޔައީ މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދޭތޯ ޕަމްޕް ޖަހައިގެން މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި 6 ސަރަހައްދަކުން 16 ޕަމްޕް ޖަހައިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ބޭނުން ކުރާ ޕަމްޕް ތައް ނިސްބަތުން ކުދި ވުމާއެކު ފެންގަނޑު ހިނދެމުން ދިޔައީ ވަރަށް ލަސް ރޭޓެއްގައި ކަން ވަނީ ފާހަގަ ކުރެވިފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެތައް ރަށެއްގައި މި ވިއްސާރައިގައި ވަނީ ފެންބޮޑުވުމާ ކުރިމަތިލާން ޖެހިފައެވެ. ބައެއް ރަށްރަށުން ކޯރު ކަނޑައިގެން މޫދަށް ފެން ހިންދަމުން ދިޔައެވެ. ބާލިދީ ބޭނުން ކޮށްގެން ގޭތެރެއިން ފެން ހިއްކޭތޯ މަސައްކަތް ކުރަމުން ދިޔަ މަންޒަރުވެސް ފެނުނެވެ. ބައެއް ރަށްރަށަށް އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ވިއްސާރައިގައި އާންމު ރައްޔިތުންނަށް ލިބުނު ގެއްލުން އަންދާޒާ ކުރަން ދުވަސް ކޮޅެއް ނަގާނެ އެވެ. އެހެން ނަމަވެސް ޔަގީނުންވެސް ގެއްލުން ކުޑައެއް ނުވާނެއެވެ.

ހުކުރު ދުވަސް ވެގެން ދިޔައީ ފެނުއަޑީގައި ގިނަ ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ދުވަހަކަށެވެ.

މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ އެއް ފޮޓޯ ގަނޑަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހު މާލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާ އެއްގައި ރައީސް މުއިއްޒު ވިއްސާރަ ކޯޓު ތުރުކުރައްވައިގެން ގޭގެއަށް ޒިޔާރަތް ކުރެއްވި މަންޒަރު ފެންނަ ފޮޓޯއެކެވެ. ވަރަށް ގިނަ މީހުން ސުވާލު ކުރަމުން ދިޔައެވެ. މިއަދު ރައީސް އާއި ދައުލަތުގެ ވެރިން ކޮބައިހެއްޔެވެ؟ ގައުމުގައި ބޮޑު ކަމެއް ހިނގައިގެން ރައްޔިތުން އުޅޭ އިރު ވެރިމީހާ ވީތަނެއް ނޭނގެއެވެ. އެއްބަޔަކު ރައީސް ރަށުގައި ނެތީތޯވެސް އަހަމުން ދިޔައެވެ. ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކަށް ބަލާއިރު މާލެ ފެނުއަޑީގައި އޮތް އިރު ރައީސް ހުންނެވީ ޗުއްޓީ ހޭދަ ކުރައްވަން އާރަށުގައެވެ. ބައެއް މީހުން ބުނަނީ އިންތިޚާބެއް ބޯމަތިވެފައި ނެތި ފޮޓޯ ގަނޑެއް މިވަގުތު ބޭނުންފުޅު ނުވާނެ ކަމަށެވެ. ކޮންމެއަކަސް ކުރީފަހަރާ މިފަހަރު ވަރަށް ތަފާތެވެ. ރައީސް އާއި މަޖިލިސް ރައީސް ފަދަ ބޭފުޅުން ކުރިން އުޅުއްވި ގޮތަކަށް އުޅުއްވާތީ މިފަހަރަކު ނުފެނުނެވެ.

ވީ ގޮތެއް ނޭގެއެވެ. ކަންވީ ގޮތެއް އެނގޭނީ މޫސުން ރަނގަޅުވެ އަލިވީމައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
02 ފެބުރުއަރީ 2017

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް