Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކީރިތި ޤުރުއާން

ކީރިތި ޤުރްއާނަކީ މާތް الله އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނު

3 ޖެނުއަރީ 2025 | ހުކުރު 08:06

ޤުރްއާނުން ޒީނަތްތެރިވުމުގައި ތިންވަނަ ޒީނަތަކީ އެފޮތުގައިވާ އެންމެހައި ކަމެއް ތެދުކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖެނުއަރީ 2025 | ހުކުރު 08:06
ތުއްތު ކުއްޖަކު ޤުރުޢާން ކިޔަވަނީ

ތުއްތު ކުއްޖަކު ޤުރުޢާން ކިޔަވަނީ

ކީރިތި ޤުރްއާނަކީ މާތް ﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ކީރިތި ޤުރްއާނަކީ މާތް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އަށް ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅު ކަމަށެވެ. ކީރިތި ޤުރްއާނަކީ މާތް ﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނު ކަމަށާއި، މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖު ކަމަށެވެ. އެހެންކަމުން އަހުރެމެން މުސްލިމުން ކީރިތި ޤުރްއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ހުތުބާގައި ބުނެފައިވަނީ އަހުރެމެންގެ ދަރީންނަށް ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހޭ ކަމަށެވެ. އަދި އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ. ހުތުބާގައި ބުނެފައިވަނީ ކީރިތި ޤުރްއާނަށް އިޙްތިރާމްކުރަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ މިއަދު އަހުރެމެންނަށް ވަނީ ކީރިތި ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި، އެ ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން އަހުރެމެން ވަނީ ދީނާ ދުރުވެފައެވެ. އަދި ޣައިރު މުސްލިމުންގެ ކުރިމަތީގައި އަހުރެމެން ވަނީ ނިކަމެތިވެފައި ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ "އަދި ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ." ކަމަށް ﷲ تَعَالَى ވަޙީކުރައްވާފައިވާ ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތިޤުރްއާނަކީ އަހުރެމެން މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާއެވެ. އަދި ޤުރްއާނަކީ ބަލިތަކަށް އޮތް ޝިފާއެކެވެ.

ކީރިތި ޤުރްއާން ކިޔެވުމަކީ ﷲ ހަނދުމަކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ މާތް އެއްކަމެވެ. ﷲ تَعَالَى ވަޙީކުރައްވައިފައިވަނީ "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" ކީރިތި ޤުރްއާން ކިޔެވުމަކީ ﷲ ހަނދުމަކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ މާތް އެއްކަމެވެ.

ޤުރްއާނުން ޒީނަތްތެރިވުމުގައި ތިންވަނަ ޒީނަތަކީ އެފޮތުގައިވާ އެންމެހައި ކަމެއް ތެދުކުރުމެވެ. ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް އީމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ޤަބޫލުކުރާނަމަ، ތިމާގެ ޢަމަލާއި ބަސް ދިމާވާން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެކަމެކެވެ. އަދި އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ކީރިތި ރަސޫލާގެ ޚުލްޤުފުޅާ ބެހޭގޮތުން أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللهُ عَنْهَاއާ ސުވާލުދެންނެވުނު ހިނދު އެކަމަނާ ވިދާޅުވެފައިވަނީ "އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާނެވެ." ހުތުބާގައި ބުނެފައިވަނީ މިއީ މުސްލިމުންގެ ދުސްތޫރެވެ. އަހުރެމެން ޢަމަލު ކުރަންޖެހޭ މަންހަޖެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާގެ މައްޗަށް صَلَوَاتއާއި سَلَامْލެއްވުން އެދި  دُعَاءކުރުމަށް މާތް ﷲ ގަދައަމުރަކުން އަމުރުކުރައްވައިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް

16 ނޮވެމްބަރު 2017
ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް
13 ނޮވެމްބަރު 2017

އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން

13 ނޮވެމްބަރު 2017
އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން
17 ސެޕްޓެމްބަރު 2017

ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!

17 ސެޕްޓެމްބަރު 2017
ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!
14 ސެޕްޓެމްބަރު 2017

ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް

14 ސެޕްޓެމްބަރު 2017
ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް
14 ސެޕްޓެމްބަރު 2017

އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން

14 ސެޕްޓެމްބަރު 2017
އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން
15 ޖުލައި 2017

ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ

15 ޖުލައި 2017
ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ
13 ޖުލައި 2017

ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު

13 ޖުލައި 2017
ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
23 މާރިޗު 2017

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

23 މާރިޗު 2017
ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް