Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަދަލުދިނުމުގެ މައްސަލަ

ބަދަލު ދިނީ ކުރީ ސަރުކާރުތަކުން ކަންކަން ކޮށްފައި ހުރިގޮތުން، މައްސަލަތައް ބަލަން އުޅެނީ ސިޔާސީ ހިޔާލު ތަފާތުވާތީ - އަމީރު

3 ޖެނުއަރީ 2025 | ހުކުރު 07:47

މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ވަނީ އަންގާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖެނުއަރީ 2025 | ހުކުރު 07:47
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި އެކި ފަރާތްތަކަށް ބަދަލުދޭން ޖެހުނީ ކުރީ ސަރުކާރުން ކަންކަންކޮށްފައި ހުރިގޮތުން ކަމަށާއި، ނޫމަޑިއާއި ނެކްސްބިޒްގެ މައްސަލަތަކަކީ އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ބަދަލުދޭންޖެހި ނުދީ ހުރި މައްސަލަތައް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ކުރީ ސަރުކާރުން އަމަލުކޮށްފައި ހުރި ގޮތުންނާއި، އާބިޓްރޭޝަނުން ރާއްޖެއާއި ދެކޮޅަށް ނިންމާފައި ހުރި މައްސަލަތަކަށް ބަދަލުދޭން އެމްޑީޕީން ސަރުކާރާއި ހަވާލުވެ އުފެއްދީ ސެޓެލްމަންޓް ކޮމިޓީއެއް ކަމަށެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ ސަރުކާރަށް އައިއިރު ވެސް އަދި އޭރު ކެމްޕެއިން ތެރޭގައި ވެސް ވާހަކަ ދައްކަމުން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް ގިނައިން ވަރަށް ގިނަ މީހުންނަށް އެކިއެކި ސިޔާސީ ވިސްނުމުގެ ތެރޭގައި ވަރަށް ބޮޑަށް ގެއްލުންތަކެއް ލިބެމުން ދިޔަ ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު އިންސާފުވެރި ބަދަލެއް ލިބޭނެ ކަމަށް އޭރު އެމްޑީޕީން ވަކާލާތު ކުރަމުން އައި ކަމަށާއި، ސަރުކާރާ ހަވާލުވެ އެގޮތުން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

އަމީރު ވިދާޅުވީ ވެރިކަމަށް އައިސް ސެޓެލްމަންޓް ކޮމިޓީއެއް ހެދި އޭގެ ފަހުން ގަވާއިދެއްގެ ދަށުން ބަދަލު ދިނުމުގެ މަސައްކަތްތަކެއް ކުރެވުނީ އޭރު ހެދިފައި ހުރި ގާނޫނާ ގަވާއިދުތަކުގެ ތެރެއިން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތަކުގެ މިސްރާބު އޮޅުވާލަން ވެގެން މި ސަރުކާރުން އަލަށް އުފަންކޮށްގެން އުޅޭ މައްސަލަތަކެއްގެ ގޮތުގައި ބަދަލުދިނުމުގެ މައްސަލައިގެ ކަންކަން ހިމެނޭ ކަމަށެވެ. އެޓަރނީ ޖެނެރަލް އޮފީހުން ނެރުނު ލިސްޓުގެ ވެސް އެ ހުރި ކަންތައްތަކަށް ބަލާއިރު އިތުރަށް ވެސް ކަންކަން ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ފަތުރުވެރިކަމުގެ ސިނާޢަތަށް ރަށްތަކެއް ދޫކޮށްފައި ހަމަ ބޭ އިންސާފު ކަންތައްތަކެއް ކޮށްފައި ހުރީމަ އެ ބޭފުޅުންނަށް ވެސް ބަދަލުގެ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމަކާ އެއްކޮށް ބަދަލުދީފައި އޮންނާނެ ކަމަށެވެ.

އޭގެ ތެރޭގައި މި ސަރުކާރަށް ތާއިދުކުރާ މާމިލިގިލީ ދާއިރާގެ މެންބަރު އަދި ވިލާ ގްރޫޕުގެ ޗެއަރމަން ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ވެސް ބަދަލުދީފައިވާ ކަމަށެވެ. ނަމަވެސް އެވާހަކަތައް މި ސަރުކާރުން ދައްކަން ބޭނުން ނުވާކަމަށް އަމީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދިން މައްސަލައިގެ ޖިނައީ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ 11 ޑިސެމްބަރުގައި ފާސްކޮށްފައެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ 17 ނޮވެންބަރު 2018ން ފެށިގެން 17 ނޮވެންބަރު 2023ށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައިވާ ކަންކަމަށް ޕީޖީ އޮފީހުން ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެ ކަމަށް އެ އޮފީހުން ބުނެފައެވެ.

އެގޮތުން ކުރީގެ ރައީސް ސާލިހުގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމް، މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެންގުމަށް ވަނީ ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް