Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ބަލިވީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން: މަރެސްކާ

1 ޖެނުއަރީ 2025 | ބުދަ 04:17

މަރެސްކާ ބުނީ ސީޒަނެއްގައި ބައްޔަކީ ވެސް ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށާއި، މިފަދަ ވަގުތުތައް އަންނާނެކަން ކުރިން ވެސް އިނގޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖެނުއަރީ 2025 | ބުދަ 04:17
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ، ލިބުނު ފުރުސަތުތައް ނިންމާ ނުލެވުމުން ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އިޕްސްވިޗް ޓައުންގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-0 އިންނެވެ. މިއީ 22 އަހަރުގެ ތެރޭގައި އިޕްސްވިޗް ޓައުންގެ އަމިއްލަ ދަނޑުގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، އެ މެޗަކީ އުންމީދު ވެސް ނުކުރާ ގޮތަކަށް ނަތީޖާ ނިކުތް މެޗެއް ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ޗެލްސީގެ ކުޅުންތެރިން ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށާއި، އެހެން ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުކުރެވުން ކަމަށެވެ. އޭގެ ބަދަލުގައި އިޕްސްވިޗް ޓައުން އިން އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ލަނޑު ޖަަހައިގެން ކުރި ހޯދި ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ.

ވަކިން ޚާއްސަކޮށް މެޗުގައި އެ ޓީމުގެ ގޯލު ކީޕަރު ވަނީ ޗެލްސީގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައިކަން މަރެސްކާ ފާހަގަ ކުރި އެވެ. އެ މެޗުގައި ޗެލްސީ އަށް ކަންތައްތަކެއް ރަނގަޅު ކުރެވުނީސް ކަން ފާހަގަ ކުރަމުން މަރެސްކާ ބުނީ، ބައެއް ވަގުތުތަކުގައި ޑިފެންސްގަައި ކަންކަން ރަނގަޅު ކޮށްލެވެން ޖެހޭ ކަމަށެވެ. ހަމައެހެންމެ ޗެލްސީގެ ޔާއޯ ފެލިކްސް އަދި ނޯނީ މަޑުއޭކޭ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ވާހަކަ ވެސް މަރެސްކާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން މަރެސްކާ ބުނީ ސީޒަނެއްގައި ބައްޔަކީ ވެސް ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށާއި، މިފަދަ ވަގުތުތައް އަންނާނެކަން ކުރިން ވެސް އިނގޭ ކަމަށެވެ. ޚާއްސަކޮށް އެ ފަދަ ނަތީޖާއެއް ނެތި ސީޒަނެއް ނިންމާލުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ. ޗެލްސީގެ ކުޅުންތެރިން އަދި ކޯޗިން އޮފިޝަލުން ވެސް، މިހާރު އެ ޓީމު އޮތް ހިސާބާ މެދު ކުރިން އުންމީދު ވެސް ނުކުރާ ކަމަށާއި، ޗެލްސީން އަންނަނީ ރަނގަޅު ވާދައެއް ކުރަމުން ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ. މިވަގުތު ޗެލްސީ އޮތް ހިސާބާ މެދު ވެސް ހިތްހަމަ ޖެހެން ޖެހޭ ކަމަށާއި، ނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށް މަރެސްކާ ބުންޏެވެ.

މަރެސްކާ ހަވާލުވީ ފަހުން މި ސީޒަންގައި ޗެލްސީން ރަނގަޅު ނަތީޖާތަކެއް ނެރެމުން އައިއިރު، ލީގު ތާވަލްގެ ދެ ވަނައިގައި ވެސް އެ ޓީމު އޮތެވެ. ނަމަވެސް މި ފަހުން ނަތީޖާ ނުނެރެވި މިހާރު ޗެލްސީ އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތީ 19 މެޗުން 35 ޕޮއިންޓާ އެކު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް