Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ކުޅުންތެރިންގެ ފަރާތުން ރަނގަޅު ރޫޙެއް ފެންނާތީ ސްލޮޓް ހުންނަނީ ހިތްހަމަ ޖެހިފައި

1 ޖެނުއަރީ 2025 | ބުދަ 03:53

މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލް އިން 18 މެޗު ކުޅެފައިވާއިރު، 14 މެޗުން ވަނީ މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖެނުއަރީ 2025 | ބުދަ 03:53
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން ފެންނަނީ ވަރަށް ރަނގަޅު ރޫޙެއް ކަމަށާއި، އެކަމާ މެުދ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުންނަ ކަމަށް އެ ޓީމުގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ރަށުން ބޭރުގައި ކުޅުނު އެެ މެޗުން ފަސް ލަނޑުގެ މޮޅެއް ހޯދައި، ލިވަޕޫލް އިން ވަނީ އެއް ވަނައިގައި ލީޑު ފުޅާ ކޮށްފަ އެވެ. މިވަގުތު ލިވަޕޫލް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްލޮޓް ބުނީ، އޭނާ އެންމެ ބޭނުން ވަނީ ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ރަނގަޅަށް ކުޅޭ މަންޒަރު ދެކެން ކަމަށެވެ. ޕްރިމިއާ ލީގުގައި އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެކަން ފާހަގަކޮށް ސްލޮޓް ބުނީ، ކޮންމެ ދަނޑެއްގައި ކުޅެން ޖެހުނު ނަމަވެސް ބައިވަރު ސަޕޯޓަރުން ތިބޭ ކަމަށެވެ. ލިވަޕޫލް މެޗެއް ކުޅުމަށް އަތުވެއްޖެ ނަމަ، ދަނޑުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވާ ކަމަށް ވެސް ސްލޮޓް ވަނީ ބުނެފަ އެވެ. އިދިކޮޅު ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު، ޓީމުގެ ރޫހު އެއް ގޮތުގައި އޮންނަން ޖެހޭނެކަން ވެސް ސްލޮޓް ފާހަގަ ކުރި އެވެ.

މީގެ އިތުރުން ސްލޮޓް ބުނީ މެޗުތަކުގައި ޓީމު އޮންނަ ލެވެލް ކަނޑައަޅަން ޖެހޭނީ އިދިކޮޅަށް ކުޅޭ ޓީމެއްގެ ފެންވަރަށް ބަަލައިގެން ކަމަށެވެ. ލިވަޕޫލް އިން ވެސްޓް ހޭމްއާ ދެކޮޅަށް ނިކުތްއިރު، އެ ޓީމުން އޮތީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށް ވެސް ސްލޮޓް ބުންޏެވެ. ވެސްޓް ހޭމް ރަނގަޅު ރޫޙެއްގައި އޮތް ނަމަވެސް، އާންމު ގޮތެއްގައި އެ ޓީމަކީ ލީީގަށް ވާދަކުރާ ޓީމެއް ނޫން ކަމަށް ވެސް ސްލޮޓް ބުންޏެވެ. އެކަމަށް ވިސަން ޖެހޭކަން ފާހަގަކުރަމުން ސްލޮޓް ބުނީ، ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި އެންމެ މުހިންމީ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށާއި، އެ މެޗުތަކުން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި މިވަގުތު ލިވަޕޫލްގެ ކުޅުންތެރިން ރަނގަޅު ރޫޙެއްގައި ތިބުމަކީ އޭނާ އަށް އޮންނަ ހިތްހަމަ ޖެހުމެއް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލް އިން 18 މެޗު ކުޅެފައިވާއިރު، 14 މެޗުން ވަނީ މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް