Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ސަރުކާރުގައި އޮތީ ހައްތަހާ ވެސް ވައްކަމާއި، ކޮރަޕްޝަން!

29 ޑިސެމްބަރު 2024 | އާދީއްތަ 13:15

ވައްކަން ކުރާ މީހުން ކުރަނީ އެވެ. ކޮރަޕްޝަން ހިންގާ މީހުން އެކަމުގައި އަަވަދި ނެތި އުޅެނީ އެވެ. ރައީސް ފުޓުބޯޅަ ކުޅުއްވަނީ އެވެ!

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2024 | އާދީއްތަ 13:15
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު - ޑޮލަރުގެ ލިމިޓު އުވާލައްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު - ޑޮލަރުގެ ލިމިޓު އުވާލައްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައި

މި ސަރުކާރަކީ ވައްކަމާ ދެކޮޅު ވާހަކަތައް ވިއްކައިގެން ވެރިކަމަށް އައި ސަރުކާރެކެވެ. ވައްކަމާއި ކޮރަޕްޝަނަށް ސަރުކާރުގެ ތެރޭގައި ކުޑަ ވެސް ޖާގައެއް ނޯންނާނެ ކަމަށް ހަރު އަަޑުން ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، ވަޒީރުންގެ މަޖިލީހަކީ ނަޒާހަތްތެރި، ތެދުވެރި ބަޔަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެމުންނެވެ. ވައްކަމާއި، ކޮރަޕްޝަނަށް މަގު ފަހިވާނެ ގޮތަށް ކަންތައް ކުރާ ހަމަ އެކަކު ވެސް މަގާމުގައި ނުބަހައްޓާނެ ކަމަށް ވިދާޅުވީ ވެސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

އެހެން ނަމަވެސް. ސަރުކާރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ފެންނަމުން ދަނީ އެ މަންޒަރެއް ނޫނެވެ. ދެކެވެމުން އަންނަނީ އެ ވާހަކަތަކެއް ނޫނެވެ. ސަރުކާރަށް އެއް އަހަރުވީއިރު، އެންމެ ގަދަޔަކަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ، ރައްޔިތަކަށް ކަމެއްކޮށް ނުދެވޭ ވާހަކަ އެވެ. ރަށް ރަށުގައި ތަރައްޤީގެ މަޝްރޫއެއް ނުފެށޭއިރު، ކުރިން ފަށާފައިވާ އެންމެހާ މަޝްރޫއެއް ވެސް ހުއްޓިއްޖެ އެވެ. މަޑު ޖެހިއްޖެ އެވެ. އެކަމުގެ ސަބަބުން ރަށްތަކުގެ ރައްޔިތުންގެ މޫނު މަތިން ފެންނަނީ މާޔޫސްކަމާއި މޮޅުވެރިކަމެވެ.

އެ ވާހަކަ މަޑު ޖައްސާލާފައި، ދެން އެންމެ މުހިންމު ވާހަކަ އަށް ޖެހިލާނަމެވެ. ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުދާއިރު، ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް އަށަގެންފައިވާ ވާހަކަ ރައްޔިތުން އަންނަނީ ދައްކަމުންނެވެ. ސަރުކާރަށް ގިނަ ދުވަސްވާ ވަރަކަށް، ރައްޔިތުންނަށް ދަނީ އެ މަންޒަރު ފެންނަމުންނެވެ. ކޮންމެ ވެސް ވުޒާރާ އަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ކޮންމެ ވެސް ވައްކަމެއް ނުވަތަ ކޮރަޕްޝަންގެ ކަންތައް ގަނޑެއް ހިންގާލައިގެން އުޅޭ ވާހަކަ އެވެ، ވަޒީރު ބޭފުޅަކު، ނުވަތަ އެމްޑީ އަކު ނުވަތަ ޑީއެމްޑީއަކު ކޮންމެ ވެސް ބަޔަކަށް ނުހައްގުން ފައިސާތަކެއް ނުވަތަ ރައްޔިތުންގެ މުދާތަކެއް ބަހާލައިގެން އުޅޭ ވާހަކަ އެވެ.

އެފްއެސްއެމް އިން ތެލުގެ ވައްކަން ކުރި ވާހަކަ އެވެ. ހަމަ އެ ކުންފުނިން މަސްދަޅު ކޭސްތަކެއްގެ ވައްކަންތަކެއް ހިނގައިގެން އުޅުނު ވާހަކަ އެވެ. އެޗްޑީސީން ގޯތިތަކެއްގެ ވައްކަމާއި ކޮރަޕްޝަން ހިންގާލައިގެން އުޅޭ ވާހަކަ އެވެ. ކުންފުނީގެ އެމްޑީ، އޭނާގެ ބޭބެ އަށް "ވަގު" ގޯތިތަކެއް ދިން ވާހަކަ އާއި، ދެން ވެސް އޭނާއާ ގުޅުން ހުރި އެތައް އެތައް ވާހަކަ އެކެވެ. އަދި ކީއްތޯ އެވެ! ރައްޔިތުންގެ ބޭސްފަރުވާގެ ކަންކަމަށް އެހީތެރިކަން ދިނުމަށް ޚާއްސަކޮށްފައި އިން އެންސްޕާ އިން ހިންގާލި ވައްކަމުގެ ޖަރީމާގެ ވާހަކަ އެވެ. ބަޔަކާ އެކު ޓީވީ ސްޓޭޝަނެއް ހިންގުމަށް އެ ބުރުވާލީ ރައްޔިތުންގެ ބޭސްފަރުވާ އަށް ހުރި ފައިސާ ކޮޅެވެެ.

ދެން ކިޔާނީ ކީކޭތޯ އެވެ؟ ދައްކާނީ ކޮން ވާހަކައެއްތޯ އެވެ؟ ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ވަޑައިގަންނަވަން ލަދު ނުގަންނަނީބާ އެވެ؟ ރައްޔިތުންނަށް ރައީސް މަނިކުފާނު ދައްކަވާނީ ކޮން މޫނެއްތޯ އެވެ؟ ވައްކަން ކުރަމުން، ރައްޔިތުންގެ ފައިސާތަކަށް ހިތު ހުރި ގޮތްތަކެއް ހަދަމުން ގެންދާއިރު ވެސް، ރައީސް އެ ހުންނެވީ ހެވި ދިލިފައި އާރަށުގައި ފުޓުބޯޅަ ކުޅުއްވާށެވެ. ވަރަށް ފިޒިކަލް ކޮށެވެ. ރައީސަށް ކަމެއް އިނގޭ ކަމަކަށް ވެސް ނުވެ އެވެ. އެއްވެސް މައުލޫމާތެއް ލިބޭ ކަމަކަށް ވެސް ނުވެ. ވައްކަން ކުރާ މީހުން ކުރަނީ އެވެ. ކޮރަޕްޝަން ހިންގާ މީހުން އެކަމުގައި އަަވަދި ނެތި އުޅެނީ އެވެ. ރައީސް ފުޓުބޯޅަ ކުޅުއްވަނީ އެވެ!

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!
10 އޮކްޓޯބަރު 2017

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟
03 ސެޕްޓެމްބަރު 2017

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން

03 ސެޕްޓެމްބަރު 2017
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
24 އެޕްރީލު 2017

ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

24 އެޕްރީލު 2017
ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް