Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުމްރާގެ އަޅުކަން

ރާއްޖޭއިން މިއަހަރުގެ ޑިސެންބަރު މަހު 6000ށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން ގޮސްފައިވޭ: މިނިސްޓަރު ޝަހީމް

29 ޑިސެމްބަރު 2024 | އާދީއްތަ 08:11

އުމްރާގެ އަޅުކަމަށް ދާ މީހުންގެ އަދަދު އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2024 | އާދީއްތަ 08:11
ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ހަވާލުގައިދިޔަ އުމްރާވެރިންތަކެއް

ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ހަވާލުގައިދިޔަ އުމްރާވެރިންތަކެއް

ރާއްޖޭއިން މިއަހަރުގެ ޑިސެންބަރު މަހު 6000ށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު މިނިސްޓަރު ޝަހީމް ވިދާޅުވީ މި ޑިސެންބަރު މަހު ރާއްޖެއިން އުމްރާއަށް ދިޔަ ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިފަހަރު އެކި ކުންފުނިތަކުގެ ހަވާލުގައި 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް-19އަށްފަހު، ރާއްޖެއިން އުމްރާގެ އަޅުކަމަށް ދާ މީހުންގެ އަދަދު އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރު ވެސް ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ގޮސްފައިވެއެވެ.

މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތައް ހަދައިގެން މަސައްކަތްތައް ކުރިއަށް ގެންދާއިރު، އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފުވާ މައްސަލަތައް ވެސް ފެންމަތިވަމުންދެއެވެ. ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު، ވިސާ ހަމަނުޖެހުމާއި، މައްކާއަށް ދިއުމަށްފަހު ހޮޓެލް ހަމަނުޖެހި އުމްރާވެރިން ހާލުގައި ޖެހޭ ހާލަތްތައް މެދުވެރިވެފައިވެއެވެ. އަދި މި ޑިސެންބަރު މަހު ވެސް އަލް ހިޖުރަ ޓްރެވަލް އެންޑް ޓުއަރސް އިން އުމްރާގެ އަޅުކަމަށް ދިޔުމަށް ފައިސާ ދައްކާފައިވާ ބަޔަކަށް ނުުފުރުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަލް ހިޖުރަ ގްރޫޕްގެ މީހުން އުމްރާއަށް ދިޔުމަށް އެންމެ ފުރަތަމަ ދިން ތާރީޚަކީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަސް ނަމަވެސް ވިސާ ހަމަނުޖެހޭ ކަމަށް ބުނެ، ތާރީހުތައް ވަނީ ފަސްކޮށްފައެވެ. މިމައްސަލަ އިސްލާމިކް މިނިސްޓްރީން ދަނީ ބަލަމުންނެވެ.

މިފަދަ ގިނަ މައްސަލަތައް ފެންމަތިވަމުންދާތީ، ހައްލު ގެނައުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއިން މީހުން ގެންދާ ޖަމާއަތަކުން، އުމްރާއަށް ގެންދިއުމާއި ގުޅޭ އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑު އަދަދަކުން ޖުރިމަނާ ކުރެވޭ ގޮތަށް، ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ބެހޭ އުސޫލެއް ހަދާ ގެޒެޓްކޮށްފައެވެ.

އުސޫލުގައިވާ ގޮތުން ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް 500،000 އާއި ހަމައަށް ޖުރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުންވެސް އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ޖުރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ވުޒާރާއާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ  1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާކުރެވެއެވެ. އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް