Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރޭސިންގ އެސޯސިއޭޝަންގެ އިވެންޓެއް ހުއްޓުވުން

ރޭސިންގ އެސޯސިއޭޝަންގެ އިވެންޓެއް ފުލުހުން ހުއްޓުވައިފި

މި އިވެންޓު ބާއްވަން މަސައްކަތް ކުރީ ހުޅުމާލެ ދެވަނަ ފިޔަަވައްސަށް އަރަން، ވެމްކޯ ކައިރި އޮންނަ ބްރިޖާ ގުޅިފައިވާ މަގުގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2024 | ހުކުރު 16:34
ރޭސިންގް އެސޯސިއޭޝަނުން ބޭއްވުމަށް ތައްޔާރުވި އިވެންޓުގެ ތެރެއިން. ފޮޓޯ: ރޭސިން އެސޯސިއޭޝަން

ރޭސިންގް އެސޯސިއޭޝަނުން ބޭއްވުމަށް ތައްޔާރުވި އިވެންޓުގެ ތެރެއިން. ފޮޓޯ: ރޭސިން އެސޯސިއޭޝަން

ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ރޭސިންގ އިވެންޓުކަމަށްވާ، ރާސް ޗެމްޕިއަންޝިޕުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ރަސްމީ އިދާރާތަކުން 'އަނގަބަހުން' ހުއްދަދީ، މިއަދު އިވެންޓު ބާއްވަން ތައްޔާރުވެފައިވަނިކޮށް އެ ކަމަށް ހުރަސް އެޅުމުން އެ އެސޯސިއޭޝަނުން ނުރުހުން ފާޅުކޮށްފިއެވެ.

ރޭސިންގ އެސޯސިއޭޝަނުގެ، ދެ ދުވަހަކަށް ބަހައިލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓު ބާއްވަނީ ހުޅުމާލެ ދެވަނަ ފިޔަަވައްސަށް އަރަން، ވެމްކޯ ކައިރި އޮންނަ ބްރިޖާ ގުޅިފައިވާ މަގުގައެވެ.

Advertisement - newsAdvertisement

މި ރޭސިންގ ޗެމްޕިއަންޝިޕުގައި ކާރާއި ސައިކަލުގެ 15 ކެޓަގަރީން 72 ރޭސަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ.

މަސްދުވަހެއް ކުރިން ކަމާ ގުޅުންހުރި އެންމެ އިސް ފަރާތްތަކުން ދިން ހުއްދައާއެކު މިއަދު އިވެންޓު ބާއްވަން ތައްޔާރުވެފައިވަނިކޮށް އެ ކަން ހުއްޓުވުމުން އެ އެސޯސިއޭޝަނުގެ ކަންބޮޑުވުންތައް ވަނީ "ރާއްޖެ ޓީވީ"އާ ހިއްސާކޮށްފައެވެ.

އެގޮތުން އެ އެސޯސިއޭޝަންގެ ޕީއާރު އަޙުމަދު އިބުރާހީމް (ޕޮއްތު) "ރާއްޖެ ޓީވީ"އަށް ވިދާޅުވީ މި އިވެންޓަކީ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކު ކުރެވުނު މަޝްވަރާގެ މަތިން ކުރެވުނު މަސައްކަތެއް ކަމަށާއި ނަމަވެސް ފުލުހުން އައިސް އެ އިވެންޓު ކުރިއަށް ގެންދިއަ ނުދީ ހުއްޓުވާފައިވާ ކަމަށެވެ. އަދި އިވެންޓު ހުއްޓުވަން އައި ފުލުހުން އެންގީ ލިޔެކިޔުމަކުން ދީފައިވާ ހުއްދަ ނެތް ނަމަ އިވެންޓު ކުރިއަަށް ނުގެންދެވޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭސިންގ އެސޯސިއޭޝަނުން ބުނީ މި އިވެންޓުގެ ކަންތަކުގައި ކުޅިވަރައި ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ)ގެ އިތުރުން އެޗްޑީސީ އާއި އެކުވެސް މަސްވަރާތައް ކުރެވުނު ކަމަށެވެ. އަދި މި މަޝްވަރާތަކުގައި އެ ފަރާތްތަކުން ވެސް އަނގަބަހުން ހުއްދަދެއްވި ކަމަށެވެ. ނަމަވެސް އެއްވެސް ލިޔެކިޔުމަކުން މި އިވެންޓު ކުރިއަށް ގެންދަން ހުއްދަ ނުދޭކަމަށް ޕޮއްތު ވިދަޅުވިއެވެ.

ޕޮއްތު ވިދާޅުވީ އެ އިވެންޓު ބާއްވަން އެންމެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ދިޔައިރު، އެއްވެސް ރަސްމީ އިދާރާއަކުން ލިޔެކިޔުމުން ހުއްދަ ނުދިނީ، މި އަހަރު އޯގަސްޓު މަހު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި ރޭސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 23 އަހަރުގެ ޒުވާނަކު ނިޔާވި ހާދިސާއާއި ގުޅިގެން ކަމަށެވެ. އަދި މި ހާދިސާއާއި ރޭސިންގ އެސޯސިއޭޝަން އާއި ގުޅުން ހުރި ކަމަށް އޭރު އެންމެ ބޮޑަށް ތުހުމަތު ކުރެވިފައިވަނީ އެ ހާދިސާ ހިނގަން ދިމާވީ ރެސިންގ ކާރެއް އެ ހާދިސާގެ ތެރޭގައި ހިމެނޭކަމަށް ބުނެއެވެ.

އަދި ގަވައިދާއި ޚިލާފު ބާރު ސްޕިޑުގައި ހިމެނުނު ރޭސިންގ ކާރާއި ސައިކަލް ޖެހި ވި ސީރިއަސް އެކްސިޑެންޓާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހުޅުމާލޭގައި ރޭސިންގ އާއި ޑްރިފްޓިންގެ ހުއްދަތައް ބާތިލްކުރަން އަންގަވާފައިވާތީ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ޝާމިން ވިދާޅުވިއެވެ. އަދި މި އެކްސިޑެންޓާއި ގުޅިގެން އެ އެސޯސިއޭޝަންގެ ހުއްދަ ބާތިލުކުރާތީ އެ ކަމާމެދު ސްޕޯޓްސް މިނިސްޓްރީގައި ސުވާލު އުފެއްދި ކަމަށާއި އެއާއެކު އެ މިނިސްޓްރީން، އެ އެސޯސިއޭޝަނުގެ އެއްވެސް ހުއްދައެއް ބާތިލްނުކުރާނެކަމުގެ ޔަގީންކަން ދިންކަމަށް ވެސް އެ ފަރާތުން ވިދާޅުވިއެވެ.

އެ ސޯސިއޭޝަންގެ ރައީސް މުޙައްމަދު ޝާމިން ވިދާޅުވީ ރޭސިންގ އެސޯސިއޭޝަނުން ހުއްދަ ނަގަނީ ހަމައެކަނި މިފަދަ އިވެންޓުތައް ބާއްވަން އެކަނި ކަމަށާއި އެހެންކަމުން އެއީ އަބަދު ދީފައި އޮންނަ ހުއްދައެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ އިވެންޓު ބާއްވާ ތާރީޚު ކައިރިވުމުން އެޗްޑީސީގައި ހުއްދައަށް އެދުމުން، އެ ކޯޕަރޭޝަނުން އެންގީ، ރައީސް އޮފީހުން އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ނުހޯދެނީސް ހުއްދަ ލިޔުމުން ނުދެވޭނެކަމަށް ކަމަށެވެ.

އެ ކަން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ސަމާލުކަމަށް ގެނައުމުން، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި، ފުލުހުންގެ ވެރިންނާއި، އެޗްޑީސީގެ ވެރިންނާއެކު ބައްދަލުވުމެއް އޮތްކަމަށް ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ އެ ބައްދަލުވުމުގައި، އަނގަބަހުން ނުރަސްމީކޮށް ދިން ހުއްދައާއެކު އެ މަގުގައި ފަރިތަކުރުން ބާއްވާތާ ވެސް މިހާރު ތިން ހަފުތާ ވެއްޖެކަމަށެވެ. އަދި ރޭސިންގ ވެހިކަލްތައް އިވެންޓު އޮންނަ ތަނަށް ގެނެސްދެނީ ވެސް ފުލުހުންގެ އެސްކޯޓުގައި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެޗްޑީސީން، އިވެންޓަށް ބޭނުންކުރާ މަގު ސާފުކޮށްދީ، ސެޓަޕް ވެސް ޖަހައިދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު