Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިނާގެ އިސްތިއުފާއަށް ގޮވާލުން

އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފި

މި ސަރުކާރުގައި އެންސްޕާ އަދި އާސަންދަ ލިބުން ދަތިވެ، މި ޚިދުމަތް ހޯދުމަށް ރައްޔިތުން ތަކުލީފު އުފުލަން ވަނީ ޖެހިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 13:04
މުޒާހަރާގައި ހުންނަވައި ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ވާހަކަދައްކަވަނީ

މުޒާހަރާގައި ހުންނަވައި ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ވާހަކަދައްކަވަނީ

އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ އިސްތިއުފާއަށް ގޮވާލައި، އެ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

ބުދަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގައި ހިނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް މުޒާހަރާގެ ބައިވެރިން ފާހަގަކޮށްފައިވެއެވެ. މި ތުހުމަތުތަކަށް ސަރުކާރުގެ ފަރާތުން ވެސް ހީނާ ވެސް ޖަވާބުދާރީވެފައިނުވާ ކަމަށާއި، މިއީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ބައިވެރިން ބުނީ އެންސްޕާއަކީ ރައްޔިތުންނަށް ޚިދުމަތްދޭ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ މުއައްސަސާއެއް ކަމަށާއި، އެތަނަށް ވަންނަ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށްވާނަމަ އެތަނާއި ހަވާލު ހުންނަ ބޭފުޅަކު ޖަވާބުދާރީވާންޖެހޭ ކަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންސްޕާ އަދި އާސަންދަ ލިބުން ދަތިވެ، މި ޚިދުމަތް ހޯދުމަށް ރައްޔިތުން ތަކުލީފު އުފަލަންޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ބޭސްފަރުވާ އަށް މިހާރު ސަލާންޖެހުން އިތުރުވެފައިވާކަން ފާހަގަކޮށް މުޒާހަރާގެ ބައިވެރިން ބުނީ އެކިއެކި ސޯޝަލް މީީޑިއާގެ ފްލެޓްފޯމްތަކުގައި އަދި މަގުމަތީގައި އެކި އިވެންޓްތައް ބާއްވައިގެން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ފައިސާގެ އެހީ ހޯދުމަށް މަސައްކަތް ކުރާާ އާއިލާތައް އިތުރުވެފައިވާ ކަމަށެވެ.

މި މުޒާހަރާގެ އިސް ސަފުގައި ހުންނަވައި، ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ވިދާޅުވީ އެންސްޕާއަކީ އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އެހީވާން ހުރި ތަނެއް ކަމަށާއި، ނަމަވެސް މިސަރުކާރުގައި މިހާރު އަޑު އިވިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އެލަވަންސް ކަނޑާލާ އަޑުތައް ކަމަށެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ބުނީ ސަރުކާރަށް އަދި ރައީސް މުއިއްޒަށް އަޑު އިވެދެން އެންސްޕާ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. ހިނާ ޖަވާބުދާރީ ކުރުވާނެ ކަމަށާއި، ރައްޔިތުންނަށް ފިލައިގެން ނޫޅެވޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އަދި ހީނާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި، ނުދޭ ކަމަށްވާނަމަ މަގާމުން ވަކި ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާހިޔާ ވަކިކުރާކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް: ހީނާ ވަލީދު

ޒާހިޔާ ވަކިކުރާކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް: ހީނާ ވަލީދު

13 އޯގަސްޓު 2017
ވެރިންގެ އިސްތިއުފާއަށް ރައީސް މައުމޫން ގޮވާލެއްވުމުން އަބްދުއްރަހީމް ރަތަށް

ވެރިންގެ އިސްތިއުފާއަށް ރައީސް މައުމޫން ގޮވާލެއްވުމުން އަބްދުއްރަހީމް ރަތަށް

07 އޯގަސްޓު 2017
ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފި

ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފި

04 އޯގަސްޓު 2017
މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ

މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ

13 ޖުލައި 2017
މަސީހުގެ އިސްތިއުފާއަށް މެންބަރު ލަތީފު ގޮވާލައިފި

މަސީހުގެ އިސްތިއުފާއަށް މެންބަރު ލަތީފު ގޮވާލައިފި

05 ޖުލައި 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު