Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭ

އޭޑީކޭއަށް ޒިޔާރަތްކުރާ މީހުންނަށް ޕާކިން ސިސްޓަމް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

މުވައްޒަފުންގެ ވެހިކަލްތައް މިހާރުވެސް ދަނީ ޕާކު ކުރެވެމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 08:00
އޭޑީކޭ ހޮސްޕިޓަލުގައި ގާއިމް ކުރާ މެކޭނިކަލް ޕާކިން ސިސްޓަމު

އޭޑީކޭ ހޮސްޕިޓަލުގައި ގާއިމް ކުރާ މެކޭނިކަލް ޕާކިން ސިސްޓަމު

އޭޑީކޭ ހޮސްޕިޓަލުގެ ވޯކްވޭ ސަރަހައްދަށް ގެންނަ ބަދަލުތައް ނިމުމުން ޕާކިން ޕެސިލިޓީ އާންމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ، އެ ހޮސްޕިޓަލުން ޚަރަދުކޮށްގެން ގާއިމް ކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ ސިސްޓަމުގައި އޭޑީކޭގެ މުވައްޒަފުންގެ ވެހިކަލް ޕާކު ކުރަމުންދާ ކަމަށެވެ. ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް، ފީއެއް ދައްކައިގެން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތަށް އާންމުންނަށް ޕާކު ކުރުމުގެ ފުރުސަތު ހުޅުވާލާނީ، އޭޑީކޭ އަށް ވަންނަ ސަރަހައްދަށް ގެންނަމުންދާ ބަދަލުތައް ގެނައުމަށް ފަހު ކަމަށް އަފްއާލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ފަސް ބުރީގެ މި ޕާކިން ސިސްޓަމްގައި ހަތަރު ފުރޮޅުލީ 19 އުޅަނދު ޕާކް ކުރެވޭނެ އެވެ. މި ފަދަ ސިސްޓަމެއް ގާއިމް ކުރީ އެ ސަރަހައްދުގައި މިހާރަށް ވުރެ ރަގަޅަށް ވެހިކަލް ޕާކު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.

އޭޑީކޭއިން ޕާކިން ސިސްޓަމެއް ގާއިމް ކޮށްފައިވާއިރު، ސަރުކާރުން ވަނީ ވެލާނާގޭ ސަރަހައްދުގައި ބެހެއްޓިފައިވާ އޮޓަމޭޓަޑް ޕާކިން ސިސްޓަމްގެ ބޭނުން މިހާރު ވަނީ ކުރަން ފަށާފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި 20 މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީއިއުލާނު ކޮށްފަ އެވެ. މީގެ ކޮންމެ ސިސްޓަމެއްގައި 10 ކާރު ޕާކު ކުރެވޭ އިރު ސައިކަލް ޕާކު ކުރާ މިފަދަ ސިސްޓަމެއްގައި 100 ސައިކަލް ޕާކް ކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު