Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުރީދޫ ސައިކަލް ލިބޭ ޕްރޮމޯޝަން

އުރީދޫ ސައިކަލް ލިބޭ ޕްރޮމޯޝަން: އެންމެ އަގު ހުރި އިނާމު – ރެބެލް 300 އާއި އެކު ބާކީ 5 ސައިކަލު!

25 ޑިސެމްބަރު 2024 | ބުދަ 10:51

އުރީދޫ ގެ 5 ނަސީބުވެރި ފަރާތަކަށް 31 ޑިސެމްބަރުގެ ކުރިން އަދިވެސް ސައިކަލު ހޯދުމުގެ ފުރުސަތު އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޑިސެމްބަރު 2024 | ބުދަ 10:51
އުރީދޫގެ ސައިކަލް ލިބޭ ޕްރޮމޯޝަންގެ ދަށުން ސައިކަލް ލިބުނު ފަރާތަކާއި ސައިކަލް ހަވާލުކުރަނީ

އުރީދޫގެ ސައިކަލް ލިބޭ ޕްރޮމޯޝަންގެ ދަށުން ސައިކަލް ލިބުނު ފަރާތަކާއި ސައިކަލް ހަވާލުކުރަނީ

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ 3 ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި 25 ނަސީބުވެރިން ހޮވައިފިއެވެ.

އިތުރު 5 ސައިކަލެއްގެ ނަސީބުވެރިފަރާތް ހޮވަން އޮތްއިރު، ކަސްޓަމަރުންނަށް އަދިވެސް މި ޕްރޮމޯޝަންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް އުރީދޫއިން ބުނެއެވެ. އަދި ބާކީ ހުރި ސައިކަލު ތަކުގެ ތެރޭގައި އެއަރބްލޭޑް 160، އެއަރބްލޭޑް 125 ގެ އިތުރުން ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160 ގެ އިތުރުން މުޅި ޕްރޮމޯޝަން ގެ އެންމެ އަގު ހުރި އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 2024 ރެބެލް 300 ސައިކަލު ހިމެނެއެވެ.

23 ސެޕްޓެމްބަރު 2024 ގައި އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ 3 ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، ކެމްޕެއިން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ދެވޭނެއެވެ. މި ޕްރޮމޯޝަން 31 ޑިސެމްބަރު 2024 އާ ހަމައަށް ކުރިއަށްދާއިރު، ބާކީ ހުރި 5 ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫ އާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މީގެ އިތުރުން މި ޕްރޮމޯޝަން އަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަންއެއްވެސްމެއެވެ. މި ޕްރޮމޯޝަންގެ އެންމެ އަގު ހުރި އިނާމް 2024 ރެބެލް 300 ހިމެނޭ ގޮތަށް ކާމިޔާބު ކުރަން ބާކީ 5 ސައިކަލު އޮތް އިރު، ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް