Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ އެމްޑީކަމަށް ނަޖާހް

ފެނަކަ އެމްޑީކަމަށް ނަޖާހް ހަމަޖައްސައިފި

ފެނަކަ ކުންފުނީގެ އެމްޑީ އަކަށް މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އައްޔަން ކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ހާމަކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 ޑިސެމްބަރު 2024 | ހޯމަ 11:32
ފެނަކައިގެ އާ އެމްޑީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު

ފެނަކައިގެ އާ އެމްޑީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް ހޯމަ ދުވަހު އައްޔަން ކޮށްފިއެވެ.

ފެނަކަ ކުންފުނީގެ އެމްޑީ އަކަށް މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އައްޔަން ކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކުރިއިރު، އެ މަގާމަށް ނަޖާހް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ފެނަކަ އެމްޑީކަމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ މުހައްމަދު މުއިއްޒަށާއި، ޕީސީބީ އަށް އަންގަވައި ފޮނުއްވި ސިޓީ ގައި މުއާޒު ވިދާޅުވީ އެ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާނީ އިހްލާސްތެރިކަމާއެކު ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގިނަ ގޮންޖެހުންތަކާއެކުވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާ ހާސިލް ކުރެވިފައިވާކަން މުއާޒު ފާހަގަކުރެއްވި އެވެ.

އެ ކުންފުންޏާ ހަވާލުވިއިރު މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުވާލައްވަމުން މުއާޒު ވިދާޅުވީ އަހަރެއްގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް, ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު މި އަހަރު އޮކްޓޫބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކަށް ބަދަލުތަކެއް ގެންނަން ފަށާފައި މިވަނީ ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް އެ ކުންފުނިތަކަށް ކުރެވެމުންދާ ވަގުތެއްގަ އެވެ. އެގޮތުން ފެނަކައިގައި ވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ފެނަކަ ކޯޕަރޭޝަންޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު