Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ގްރިޒްމަންއަށް ރަތް ކާޑު، މެޗުވީ އެއްވަރު

ގްރީޒްމަންއަށް ވަނީ ރަތްކާޑު ދައްކާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 20 އޯގަސްޓު 2017 | އާދީއްތަ 04:47
ރޭކުޅުނު މެޗުގެ ތެރެއިން، ގްރީމަން ޖިރޯނާގެ ކުޅުންތެރިން އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.

ރޭކުޅުނު މެޗުގެ ތެރެއިން، ގްރީމަން ޖިރޯނާގެ ކުޅުންތެރިން އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޖިރޯނާ އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ދެ ޓީމު ބައްދަލުކުރި މި މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ޖިރޯނާގެ ފަރާތުން ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނެގީވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި މި ގޯލް ޖިރޯނާއަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ސްޓުއާނީއެވެ.

ސްޓުއާނީ ފުރަތަމަ ގޯލް ޖަހާ މެޗުގެ ލީޑު ޖިރޯނާއަށް ނަގައިދިންތާ 3 މިނެޓު ފަހުން އޭނާ ވަނީ މެޗުގެ ދެވަނަ ގޯލެއްވެސް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޖިރޯނާއިން ނިންމާލިއިރު، ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފްގައި ރަނގަޅަށް ކުޅެމުންދިޔައީ އެތްލެޓިކޯއިންނެވެ. ނަމަވެސް އެތްލެޓިކޯއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 67 ވަނަ މިނެޓްގައި އެޓީމުގެ އިތުބާރު ފޯވާޑު އެންޓޮނީން ގްރިޒްމަންއަށް ދެވަނަ ރީނދޫ ކާޑާއެކީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

ގްރިޒްމަންއަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައި ވަނީ ޕެނަލްޓީ ހޯދަން "ޑައިވް" ކުރި ކަމަށް ނިންމާފައެވެ. އަދި ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ ރެފްރީއާ ޖަދަލުކޮށް ބުނި ބަހެއްގެ ސަބަބުންނެވެ.

ގްރީޒްނަމަންއަށް ދެއްކި މި ރަތް ކާޑާއެކު މެޗުގެ ބާކީ ބައި ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރިންނާއެކީގައެވެ. އެހެން ނަމަވެސް އެތްލެޓިކޯއިން ވަނީ ރަނގަޅަށް ކުޅެ ޖިރޯނާގެ ފަހަތަށް ބާރުބޮޑުކޮށް ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 78 ވަނަ މިނެޓްގައި އެންހެލް ކޮރޭއާ ކާމިޔާބުކޮށްދިންއިރު އެތްލެޓިކޯގެ ދެވަނަ ގޯލް މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަކޮށްދިނީ ހޯޒޭ ހިމިނޭޒް އެވެ.

މެޗު ނިމެން ދަނިކޮށް ޖިރޯނާއަށް ވަނީ މެޗުގެ ލީޑުނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް، ކަޔޯދޫ ބޮލުން ފޮނުވާލި އެ ހަމަލާ އެތްލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސެވިއްޔާ އާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެ ނިމުނުއިރު، ރެއާލް ސޮސިއެޑާޑް އަދި ސެލްޓަވީގޯ ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ރެއާލް ސޮސިއެޑާޑްއެވެ.

މި ލީގުގައި މިރޭވެސް ފޯރި ގަދަ މެޗުތަކެއް ކުޅެވޭނެ އެވެ. އެގޮތުން ބާސެލޯނާ އަދި ރެއާލް ބެޓިސް ބައްދަލުކުރާ މެޗުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ ލަކަރޫނިޔާ ބައްދަލުކުރާ މެޗުވެސް ކުޅެވޭނެއެވެ. ބާސެލޯނާ ރެއާލް ބެޓިސްގެ މެޗު މިރޭ 11:15 ގައި ކުޅެވޭއިރު ރެއާލް އަދި ޑިޕޯތިވޯ ލަކަރޫނިޔާ ބައްދަލުކުރާ މެޗު ކުޅޭނީ ދަންވަރު ރާއްޖޭ ގަޑިން 01:15 ގައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު