Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ގަނާޗޯ ނުގެންނާނެ

ޖެނުއަރީ ޓްރާންސްފާގަ ބާސާއިން ގަނާޗޯ ނުގެންނާނެ

22 ޑިސެމްބަރު 2024 | އާދީއްތަ 13:27

ބާސާއިން ހޯދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގަ ގަނާޗޯގެ ނަން ނުހިމެނެއެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 22 ޑިސެމްބަރު 2024 | އާދީއްތަ 13:27
ގާނާޗޯ ޔުނައިޓެޑަށް ލަނޑެއް ޖަހައިދިނުމަށްފަހު: ފޮޓޯ-ގާނާޗޯ ޓްވީޓަރ

ގާނާޗޯ ޔުނައިޓެޑަށް ލަނޑެއް ޖަހައިދިނުމަށްފަހު: ފޮޓޯ-ގާނާޗޯ ޓްވީޓަރ

އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ވިންގް، އަލެހަންދްރޯ ގަނާޗޯ ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއިން ބުނެފިއެވެ.

އެ ކުލަބުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ އަށް ކުލަބު އިތުރަސް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބާސާއިން ވަނީ އެ ކުލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ނަންތައް ޝޯޓްލިސްޓު ވެސް ކޮށްފައެވެ. ނަމަވެސް އެ ލިސްޓުގައި ގަނާޗޯ ނުހިމެނެއެވެ.

ގަނާޗޯ ޔުނައިޓެޑު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް މިހާރު ފެތުރުފައިވާއިރު، ޔުނައިޓެޑާއި ފަހުން ހަވާލުވި އައު ކޯޗު ރުބެން އަމޯރިމް އާއި ގަނާޗޯ އާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަމަށް ބައެއް މިޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ގަނާޗޯއަށް ޔުނައިޓެޑުން ލިބޭ ފުރުސަތުތައް މަދުވެދާނެ ކަމަށް ވަރަށް ބޮޑަށް ހީވެފައިވާއިރު، ގަނާޗޯ ދަނީ ޔުނައިޓެޑު ދޫކޮށްލަން މަސައްކަތް ކުރަމުން ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ބުނެއެވެ.

ޔުނައިޓެޑުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ގަނާޗޯ ބާސެލޯނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވީ ނަމަވެސް ބާސާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ބާސާއިން ބުނީ އަންނަ ޖެނުއަރީ ޓްރާންސްފާގައި ބައެއް ކުޅުންތެރިން ހޯދުމަށް މަަސައްކަތް ކުރާނެ ކަމަށާއި އެއީ އެ ކުލަބުގެ ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމުން އެތަން ފޫބެއްދުމަށް ކަމަށް ބާސާއިން ބުނެއެވެ.

އެހެން ނަމަވެސް ގަނާޗޯ އެއީ ބާސާއިން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް ނޫންކަމަށާއި ގަނާޗޯ ގެނައުމަށް އެއްވެސް ވަރަކަށް ވިސްނުން ނުގެންގުޅޭކަމަށް ބާސާއިން ބުނެއެވެ.

އުމުރުން 20 އަހަރުގެ ގަނާޗޯ ޔުނައިޓެޑަށް ކުޅެން ފެށީ 2021 ވަނަ އަހަރުގައެވެ. އޭނާ މިހާތަނަސް ޔުނައިޓެޑަށް ކުޅެދިން 114 މެޗުގައި 24 ގޯލު ޖަހައިދީފައިވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގާނާޗޯބާސެލޯނާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް