Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރަށް އިތުބާރުނުކުރުން

ސިޔާސީ މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅެއް ދައްކަވާ ވާހަކަތައް މިހާރު ރައްޔިތުން ގަބޫލެއް ނުކުރޭ: އެމްޑީޕީ

21 ޑިސެމްބަރު 2024 | ހޮނިހިރު 10:13

ފުލުހުން ބޭނުންކޮށްގެން ސިޔާސީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާތީ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޑިސެމްބަރު 2024 | ހޮނިހިރު 10:13
ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދޮގުހެދުމާއި އޮޅުވާލުން އިންތިހާއަށް ގޮސްފައިވާ ކަމަށާއި، މިއަދު ސިޔާސީ މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅެއް ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ގާނޫނީ ކޮމެޓީގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ކަންކަން މިސަރުކާރުގެ ސިޔާސީ ބޭފުޅުން ވަރަށް ރަނގަޅަށް ދިފާއު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ސަރުކާރުގެ ދޮގުހެދުމާއި އޮޅުވާލުމާއި، އަދި ވައްކަން އިންތިހާއަށް ދިއުމުގެ ސަބަބުން މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދައްކަވާ އެއްވެސް ވާހަކައެއް ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި، އިތުބާރު ގެއްލިފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ނަތީޖާއެއް ގޮތުން އެޗްޑީސީ ގޯތީގެ ވައްކަމުގެ މައްސަލަ ވެސް ފޮރުވުމަށް ސަރުކާރުން ފުލުހުން ބޭނުންކޮށްގެން ސިޔާސީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. 19 ޑިސެންބަރު 2024ވީ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ ތުހުމަތުކުރެވޭ މީހުން ބުނާ އެއްޗެއް ފުލުހުން ހާމަނުކުރާ ކަމަށާއި، މާޒީއަށް ބަލާއިރު، ފުލުހުން ތަހުގީގު ކުރިއަށް ނުގެންގޮސް މިގޮތަށް މައުލޫމާތު ނުދޭ ކަމަށެވެ. ސައްހަ ނޫން ލިޔެކިއުންތަކެއް ގެންގުޅެފައިވާ މައްސަލައިގައި ވެސް ފުލުހުންނަށް ފޮރެންސިކް ތަހުލީލެއް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އޭޝިޔާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ފޮރެންސިކް ލެބް ހުރި ކަމަށް ފުލުހުން ބުނާއިރު، އެކަރުދާހެއްގެ އުމުރު، ޕްރިންޓް ކޮށްފައިވާ ދެލީގެ އުމުރު އަދި މީހެއްގެ އަތުލިޔުމެއްވާނަމަ އެއީ ކާކުގެ ލިޔުމެއްތޯ ބެލޭނެ ކަމަށާއި، އެއީ މިޒަމާނުގައި ވަރަށް އާދައިގެ ކަމެއް ކަމަށެވެ.

މިސަރުކާރުގެ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެޗްޑީސީގެ ގޯތީގެ ވައްކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިމައްސަލަ ތަހުގީގު ކުރި ނަމަވެސް އިންސާފުވެރި މިނިވަން ތަހުގީގެއް ކުރިއަށް ނުދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެމްޑީޕީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް