Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިއީ ވައްކަމުގެ ސަރުކާރެއް

މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވަނީ ގެއްލިފައި، އާހިރުގައި ރައީސް މުއިއްޒު އޮންނަވަންޖެހޭނީ ޖަލުގައި: މެންބަރު މީކާއިލް

ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެންދާއިރު، ވައްކަމާއި ހިޔާނާތުގެ އަޑު ނޫން އަޑެއް ރައްޔިތުންނަށް ނީވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 08:26
މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވަނީ ގެއްލިފައި، އާހިރުގައި ރައީސް މުއިއްޒު އޮންވަންޖެހޭނީ ޖަލުގައި: މެންބަރު މީކާއިލް

މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވަނީ ގެއްލިފައި، އާހިރުގައި ރައީސް މުއިއްޒު އޮންވަންޖެހޭނީ ޖަލުގައި: މެންބަރު މީކާއިލް

މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށާއި، އާހިރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އޮންނަވަންޖެހޭނީ ޖަލުގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި މެންބަރު މީކާއިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެންދާއިރު، ވައްކަމާއި ހިޔާނާތުގެ އަޑު ނޫން އަޑެއް ރައްޔިތުންނަށް ނީވޭ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުން ބެލި ނަމަވެސް ފެންނަނީ ވައްކަން ކަމަށާއި، ހުޅަނގާއި، އިރުން ބެލި ނަމަވެސް ފެންނަނީ ވައްކަން ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ ގިނަ ވައްކަމުގެ ތުހުމަތުތައް ކުރެވޭއިރު، މިސަރުކާރަށް ޖަވާބުދާރީނުވެވޭ ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ގޯތީގެ ކޮރަޕްޝަނަށް އިޝާރާތް ކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ އެކަން އާއްމު ރައްޔިތުންނާއި ހަމައަށް ތިލަވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަސައްކަތް ކުރެއްވީ އެކަން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރުގެ ބޮލުގައި އެޅުމަށް ކަމަށެވެ. އަދި މިނިސްޓަރު ހައިދަރު މަސައްކަތް ކުރެއްވީ އެމްޑީ ފަޒުލް ބޮލުގައި އެކަން އެޅުމަށް ކަމަށެވެ. ނަމަވެސް މިވައްކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ރައީސް މުއިއްޒު ކަމަށާއި، އެގޮތަށް ރައްޔިތުން ވެސް ގަބޫލުުރާ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު މީކާއިލް ވިދާޅުވީ މިވައްކަމުގެ މައްސަލަތައް މީގެ ފަސް މަސް ކުރިން ރައީސް މުއިއްޒުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަން ނުބަލައި ދޫކޮށްލީ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ މިހާރު ރައީސް މުއިއްޒު ހުންނަވަންޖެހޭނީ ގޭގައި ކަމަށާއި، އެމަނިކުފާނަށް މައްޗަށް ތަހުގީގު ހިންގަންޖެހޭ ކަމަށެވެ. އަދި އުފުލަންޖެހޭނީ ދައުވާ ކަމަށާއި، އާހިރުގައި ރައީސް މުއިއްޒު އޮންނަވަންޖެހޭނީ ޖަލުގައި ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މީކާއީލް ނަސީމް އެމްޑީޕީރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު