Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކަމަކަށްފަހު ކަމެއް ފެންމަތިވާއިރު ރައީސް މުއިއްޒު ފަހަތުފަޔަށް ބުރަވުމުގެ ސިއްރަކީ ކޮބާ؟

ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައީސް މުއިއްޒުގެ ސަމާލު ކަމަށް މިދިޔަ ޖުލައިގައި ގެނައީ އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2024 | ބުރާސްފަތި 12:32
ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

ރައީސް ޑރ މުހައްމަދު މުއިއްޒު އަޑަށް ބާރުލައްވާފައި ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނަށާއި ޤައުމަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ސަރުކާރުގެ ވެރިއަކު ކުރިއަކަ ނުދެއްވާނަމޭއެވެ. ޚާއްޞަކޮށް ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާނޭފަދަ އެއްވެސް ކަމެއް ކުރާކަށް ޖާގައެއް ނުދޭނަމޭއެވެ. ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.

އެކަމަކު ފެންނަނީ އޭގެ ދިމާ އިދިކޮޅެވެ. ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ދެމުމުގެ ބޭނުމެއް ނެތެވެ. ބައެއް ކަހަލަ މިސާލުތަކުން ފެށިއްޔާ ނަގައިގަންނަން ފަސޭހަވާނެއެވެ.

މަޝްހޫރު ތިން ނައިބު ވަޒީރެއްގެ ވާހަކައިން ފަށާނަމެވެ. ކެމްޕޭނުގައި ބޭނުންކުރި "އިންޑިއާ އައުޓް" އިން ނުނެއްޓި ވެރިކަމަށް އާދެވުމުންވެސް ނައިބު ވަޒީރުންތަކެއް ދިޔައީ އިންޑިއާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވަމުންނެވެ. އާޑަފުރައްސާރަކޮށް ކާޓޫނުތަކާއި އެޑިޓް ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް ދޫކުރަމުންނެވެ. ރޭކާލީ ގޮތްހުސްވެ ސަލާންޖަހަން އިންޑިއާއަށް ރައީސް މުއިއްޒު ވަޑައިގަންނަވަން ޖެހިވަޑައިގަތުމުންނެވެ. އެމީހުން ލައްވައި ނަމެއްގައި އިސްތިއުފާ ދެއްވީ އެނޫން އެއްވެސް ގޮތެއް ނެތިގެންނެވެ. އޭގެ ކުރިން އެވެރިން ތިބީ މުސާރައާއި އިނާޔަތް ލިބޭގޮތައް ފުރިހަމަ އިއްޒަތުގައި ކިޔާނެ އެއްޗެއް ކިޔާން ނަމެއްގައި ސަސްޕެންޝަންގައެވެ. އިންޑިއާއަށް ވަޑައިގެން ނެންގެވި "ޔޫޓާންއާއެކު" ބޮޑު ވަޒީރު މޯދީ ދެއްވި ފެހި ސިގްނަލް ހިއްޕަވައިގެން ރާއްޖެއަށް ވަޑައިގެންނެވުމާއެކު އެތިން ނައިބުން އަނެއްކާވެސް ސަރުކާރުގެ ހަފޮޅުން އެތެރެއަށް ރަސްމީކޮށް ވެއްދެވީއެވެ. ގާތްގަނޑަކަށް ހަމަ އެމުސާރައިގައި ނުވަތަ އެއަށްވުރެ ބޮޑުކޮށެވެ.

މިހާރު މިފެންމަތިވީ އަނެއްކާ އަނެއް ކަންތަކެވެ. ރައްޔިތުންނާ އެންމެ ގުޅުންހުރި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ އެޗްޑީސީ ތެރެއިންނެވެ. ކުރީގެ ސަރުކާރުން ދީފައިވާ ގޯތިތަކުން ވައްކަން ކުރި މައްސަލައެއް ފެންމަތިވީއެވެ. އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެއަށް ގޯއްޗެއް ލިބުނު މައްސަލައިގާ ރައްޔިތުން ނުކުމެ އެޗްޑީސީ ދޮށަށް އެއްވީމައެވެ. އެފަދަ ކަމެއް ފަޅާއެރުމުގެ ކުރިންވެސް އެޗްޑީސީއާއި އެމްޑީ ފަޒުލްއަށް ކުރެވޭ ޚިޔާނާތުގެ އެތައް ވާހަކައެއް ސީދާ ރައީސަށް އަޑުއިވޭވަރަށް ދިޔައީ ދައްކަމުންނެވެ

ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައީސް މުއިއްޒުގެ ސަމާލު ކަމަށް މިދިޔަ ޖުލައިގައި ގެނައީ އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރެވެ. އޭނާ ރައީސްއަށް ފޮނުއްވި ހަތް ސަފުހާގެ ސިޓީގައި ކުންފުނީގެ އެތެރޭގެ މައްސަލަތަކާއި، ހިޔާނާތުގެ މައްސަލަތަކާއި ވިޔަފާރިވެރިންގެ ޝަކުވާތައް ހިއްސާކޮށްފައިވެ އެވެ.  އޭގައި އެތައް ތުހުމަތެއް ރައީސަށް ފޮނުވި ސިޓީގައި ޒުހޫރު ވިދާޅުވެފައިވެއެވެ

އެއިން އެއްވެސް ކަމަކަށް ކަހާތަން ފިރުވާވެސް ނުލައްވައި ރައީސް ހުންނެވީ ހަނެވެ.

ބޭބެއަށް ގޯތިދިން މައްސަލަ ފެންމަތިވީ ބޮޑެތި ތުހުމަތުތަކަށް ހޭވެސް އަހާނުލައި އަޅާވެސް ނުލައްވާ ހުންނަވަނިކޮށެވެ. މިކަން ފެންމަތިވުމުން ދެންވެސް ކަންކުރެއްވީ ތަފާތު ގޮތަކަށެވެ. ފަޒުލް ސަލާމަތް ކުރެއްވުމުގައި ސީދާ ސަރުކާރު ނުކުންނެވިތަނެވެ. ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރައިދޭ ގައުމީ ޓީވީ ޕީއެސްއެމް މެދުވެރިކޮށް ރައްޔިތުންނަށް މުޅިން އެހެން މަންޒަރެއް ދައްކަވަން އުޅުއްވިތަނެވެ. ފުލުހުން ވަދެ ކުރަންފެށި ޖިނާއީ ތަހުގީގު ރައްދުވާ ފަޒުލް، ނޫސްވެރިންނާ ބައްދަލުކޮށް ކިޔާނެ އެއްޗެއް ކިޔާން ދޫކޮށްލެއްވިތަނެވެ. ސަރުކާރުގެ ޕްރޮމޯޝަންގައި އުޅޭ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ކުދިންކޮޅު ނެރެގެން މުޅި އެތި އެހެންގޮތަކަށް އަނބުރަން އުޅުއްވިތަނެވެ.

އަތްދަށުން ދޫވެ އަތަށް ގޮވީ އެއްވާމެއްގައި ނޫސްވެރިން ކުރި ބުރަ މަސައްކަތުން ރައްޔިތުންނަށް ސީދާ މަންޒަރު ގެނެސް ހާމަކުރީމައެވެ. ވަގަށް ބޭބެއަށް ދިންކަމަށް ބުނާ ގޯތީގެ އިންފާރު ރައްޔިތުންނަށް ދައްކާލީމާ އެނޫން ގޮތެއް ނެތިގެން ޕީސީބީން ފަޒުލްއާއި ބޯޑު ސަސްޕެންޑްކުރިއަސް އަދި އަދަދަށްވެސް ރައީސް މީހާގެ ހިލަމެއްނެތެވެ.

ކޮންމެއަކަސް އާއްމު ރައްޔިތުން ތުހުމަތު ކުރާ މިފަދަ ކިތައްމެ ކަމެއް އެބަހުއްޓެވެ. ރައީސްމުއިއްޒުއަށް ވައިއެޅިލަން ކެރިވަޑައިނުގަންނަވާނެ މިފަދަ ކިތައްމެ ބަޔަކު އެބަތިއްބެވެ. އެވެރިން ކޮންމެފަދަ ކަމެއް ކުރިނަމަވެސް ފިޔަވަޅެއް އަޅާލަން ނުވަތަ އެކަހެރި ކުރަން ނުކެރޭނެ ވަޒީރުންނާއި އެމްޑީން އަދި އެފެންވަރުގެ އެހެން މީހުންވެސް އެބަތިބިކަމަށް ސީދާ ޕީއެންސީގެ މީހުންވެސް ދަނީ ބުނަމުންނެވެ. ކަމަކަށްފަހު ކަމެއް އެވެރިން ދަނީ ކުރަމުންނެވެ. ރައީސް މީހާ ހުންނެވީ ފަހަތު ފަޔަށް ބުރަވެވަޑައިގަންނަވައިގެންނެވެ. ފޮރުވިފައިވާ ސިއްރުތައް ދޫދޫމަތިން ދެކެވުނަސް، ހަގީގީ ސިއްރަކީ ކޮބައިކަމެއް އަދި ނޭނގެއެވެ. އެކަމަކު އެއީވެސް ފަޒުލްގެ ބޭބެގެ ގޯތީގެ އިންފާރު ފެނުނު ފަދައިން ބުޅާގޯނިން ބޭރުވާނޭ ކަމެކެވެ. އަދި ފަޅާއަރާނެ ކަންކަމެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު