Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ ރޭލް އެކްސިޑެންޓް

އިންޑިއާގައި ރޭލެއް ދަގަނޑުން ކައްސާލައި 23 ީމީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ

ހާދިސާ ހިނގާފައިވަނީ ވެރިރަށް ނިއުދިއްލީގެ 100 ކިލޯމީޓަރު އިރުއުތުރުން އުއްތަރު ޕްރަދޭޝްގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 03:02
އިންޑިއާގައި ދުވާލަކު 22 މިލިއަން ފަސިންޖަރުން ރޭލް ބޭނުންކުރޭ

އިންޑިއާގައި ދުވާލަކު 22 މިލިއަން ފަސިންޖަރުން ރޭލް ބޭނުންކުރޭ

އިންޑިއާގެ އުތުރުގައި އެކްސްޕްރެސް ރޭލެއް ދަނގަޑުން ކަ މަދުވެގެން 23 މީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ނިއު ދިއްލީގެ 100 ކިލޯމީޓަރު އިރުއުތުރުން އުއްތަރު ޕްރަދޭޝްގެ ޚަތައުލީ ގައެވެ.

މީހުން ސަލާމަތްކުރުމުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ ހަލާކުވެފައިވާ ބައިތަކުގެ ދަށުގައި ތާށިވެފައިތިބި ފަރާތްތައް ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.

"ތޭވީސް މީހުންވަނީ މަރުވެފައި އަދި އިތުރު 64 މީހުން މި އެކްސިޑެންޓްގައިވަނީ ޒަޚަމްވެފައި. މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން މި ގެންދަނީ ކުރިޔަށް" ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސިވިލް އޮފިޝަލެއްކަމަށްވާ ޖީ އެސް ޕްރިޔަދަރްޝީ އޭއެފްޕީގައި ވިދާޅުވެފައިވެއެވެ.

ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންދެވިފައިވާއިރު ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމީހުންގެ ހާލަތު މިހާރު ގޯހެއް ނޫނެވެ.

ދަނގަޑު މަތިން ކަހާލާފައިވާ ރޭލްގެ ބައި ނަގާފައިވަނީ ކެރޭނެއް ބޭނުންކޮށްގެންނެވެ. އަދި ތާށިވެފައިވާކަމަށް ބެލެވޭ މީހުން ނެގުމަށްޓަކައި އެމީހުންނާ ހަމައަށް ވާސިލްވުމަށް ގޭސްކަޓަރ ބޭނުންކޮށްފައިވާކަމަށް އިއާންސް ނިއުސް އޭޖެންސީ ރިޕޯޓްކޮށްފައިވެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ރޭލްވޭ މިނިސްޓަރ ސުރޭޝް ޕްރަބޫ ވަނީ ރޭލް ކައްސާލި ހާދިސާގެ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައެވެ.

މިނިސްޓަރ ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލެއްގެ ގޮތުގައި 5،500 ޑޮލަރު ދޭނެކަން އިއުލާނުކުރައްވާފައެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ޓްވިޓަރގައި ވިދާޅުވެފައިވަނީ އެކްސިޑެންޓްގެ ސަބަބުން ހިތާމަފުޅު ކުރައްވާކަމަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއާ ފޮނުއްވައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންގްރެސް މެމްބަރުން ދަތުރުކުރެއްވި ރޭލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

ކޮންގްރެސް މެމްބަރުން ދަތުރުކުރެއްވި ރޭލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

01 ފެބުރުއަރީ 2018
އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި

އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި

30 ޖެނުއަރީ 2018
މިލާން ކައިރީގައި ރޭލެއް ދަގަނޑުން ކައްސާލުމުގެ ސަބަބުން ތިން މަރު

މިލާން ކައިރީގައި ރޭލެއް ދަގަނޑުން ކައްސާލުމުގެ ސަބަބުން ތިން މަރު

25 ޖެނުއަރީ 2018
ރޭލެއް ދަގަނޑުން ކައްސާލައި، 3 މީހުން މަރުވެއްޖެ

ރޭލެއް ދަގަނޑުން ކައްސާލައި، 3 މީހުން މަރުވެއްޖެ

19 ޑިސެމްބަރު 2017
ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

26 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު