Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައު ސީޒަނަށް ލިވަޕޫލުން ތައްޔާރުވުން

ސަލްޒްބާގުން ލިވަޕޫލް ބަލިކޮށްފި

ބުދަ ދުވަހުގެ ރޭ ސަލްޒްބާގް އަތުން ބަލިވީ 1-0 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 03:51
ލިވަޕޫލުން ކުޅުނު މެޗުގެ ތެރެއިން

ލިވަޕޫލުން ކުޅުނު މެޗުގެ ތެރެއިން

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސަލްޒްބާގާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ލިވަޕޫލް ބަލިވެއްޖެއެވެ.

މިއީ އައު ސީޒަނަށް ތައްޔާރުވުމަށް ލިވަޕޫލުން ކުޅުނު ހަތަރު ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑު އަތުން އެ ޓީމު ވަނީ 4-0 ން ބަލިވެފައެވެ. ދެ ވަނަ މެޗުގައި ކްރިސްޓަލް ޕެލޭސް އަތުން މޮޅުވީ 2-0 ންނެވެ. ތިން ވަނަ މެޗުގައި ލެއިޕްޒިގް އަތުން މޮޅުވީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. އަދި ހަތަރު ވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ސަލްޒްބާގް އަތުން ބަލިވީ 1-0 ންނެވެ.

މެޗަށް ލިވަޕޫލް ނިކުމެފައިވަނީ ބޮޑެތި ބަދަލުތަކަކާއެކުއެވެ. އެގޮތުން އެ ޓީމުގެ މުޙައްމަދު ޞަލާހު، ފަބީނިއޯ، ވެން ޑައިކް، ރޮބާޓޯ ފިރްމީނޯ، ޖޯޑަން ހެންޑަސަން ފަދަ މުހިންމު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނާފައެެއް ނުވެއެވެ. އޭގެ ބަދަލުގައި ކޯޗު ޔާގަން ކްލޮޕް ވަނީ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް މެޗަށް ނެރިފައެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލުން ބަދަލުތަކެއް ގެނައިއިރު، މުހިންމު ކުޅުންތެރިން ކުޅެން ނިކުތެވެ. މެޗުގެ ހަމައެކަނި ލަނޑު 31 ވަނަ މިނެޓުގައި ޖެހީ ސަލްޒްބާގްގެ ބެންޖަމިން ސެސްކޯއެވެ.

މެޗަށްފަހު ލިވަޕޫން ކޯޗު ކްލޮޕް ބުނީ، ފުރަތަމަ ހާފުގައި ލިވަޕޫލަށް ގޯސްތަކެއް ހެދުނު ކަމަށެވެ. ނަމަވެސް މެޗުގައި ރަނގަޅު ކަންކަން ވެސް ފެނުނު ކަމަށާއި، ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފުނު ނަމަ، ހަތަރެއް ނުވަތަ ފަސް ވަރަކަށް ލަނޑު ޖެހުނީސް ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ވެސް ލިބޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ނިކުންނާނީ ގޯސްކޮށް ދިޔަ ކަންކަން ރަނގަޅުކޮށްގެންކަމަށެވެ.

ދެން ލިވަޕޫލަށް މެޗެއް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ ފައިނަލްގައި ލިވަޕޫލް ނިކުންނާނީ ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ލިވަޕޫލްސަލްޒްބާގް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު