Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން ކުރިމަތިކުރުވާ ފިއްތުންތައް

"ރައީސް ޞާލިހު އާއި ފައްޔާޒްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ނިންމީ ޤާނޫނުއަސާސީގެ ދިފާއުގައި ބޭއްވި އެއްވުމާއި ގުޅިގެން ޖަޒުބާތުގައި ޖެހިގެން"

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގައި ސަރުކާރުގެ މެންބަރުން ވަނީ ކުރީ ސަރުކާރުން ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 13:53
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ނިންމީ ޤާނޫނުއަސާސީގެ ދިފާއުގައި ބޭއްވި އެއްވުމާއި ގުޅިގެން ޖަޒުބާތުގައި ޖެހިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ މުހިންމު ކަންތައްތައް ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަތައް ހުށަހަޅާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ގިނަ މައްސަލަތައް ސަރުކާރުގެ މެމްބަރުން ވަނީ ބޭރުކޮށްލާފައި ކަމަށް ވީ ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެގޮތުން ފްލެޓާއި، މަސްވެރިންގެ މައްސަލަތަކާއި، ޑޮލަރާއި ގުޅޭ އުސޫލުތަކާއި، ބެޖެޓާއި، ސަބްސިޑީގެ އުސޫލްތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނުއަސާސީ އަށް ގެނައި ނުރަނގަޅު ބަދަލާއި ގުޅިގެން އަޑުއުފުލުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ ދިފާއުގައި ބޭއްވި އެ އެއްވުމަކީ ވެސް ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ގުޅިގެން ބޭއްވި އެއްވުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގައި ސަރުކާރުގެ މެންބަރުން ވަނީ ކުރީ ސަރުކާރުން ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އެގޮތުން ކުރީގެ ރައީސް ސާލިހުގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމް، މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެންގުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ބުރާސްފަތި ވިލޭރޭ ހުޅުމާލޭ ހައިވޭ ސަރަހައްދުގައި ކުރިއަށް ދިޔަ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ބައިވެރިވި ޓެކްސީތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބުދަ ދުވަހު ހަވީރުން ފެށިގެން ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް ނުކުންނަން މަޖުބޫރުވީ އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު ނާހައިގެން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

އިހުތިޖާޖުގައި ބައިވެރިވި ޓެކްސީތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ޓެކްސީތައް ގެންދާ ސަބަބު ސާފު ކުރަން ޑްރައިވަރުން އެދުމުން، ފުލުހުން ބުނީ އިދާރާ އަށް ޙާޟިރުވެ އެކަން ސާފު ކުރުމަށެވެ.

ފުލުހުން ޓެކްސީތައް ޓޯ ކުރަން ފެށީ އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ.

ފުލުހުން ވަނީ 22 ޓެކްސީ ޓޯ ކޮށްގެން ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލިސް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުއެމްޑީޕީ ޕީޖީ ގްރޫޕް ޕްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު