Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

އައްބާސްގެ ތުހުމަތު ފުލުހުންނަށް: މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ ފުލުހުންނާ ގުޅިގެން، ސީދާ ރަށްރަށުގެ ޕޮލިސްޓޭޝަންތަކުގައި އުޅޭ ފުލުހުންވެސް މަސްތުވާތަކެތި ބޭނުންކުރޭ

ޕޮލިސްޓޭޝަންތަކުގައި އުޅޭ ފުލުހުންވެސް މަސްތުވާތަކެތި ބޭނުންކުރޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 05:48
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް

ރަށްރަށުގެ ޕޮލިސްޓޭޝަންތަކުގައި އުޅޭ ފުލުހުން ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި، އެ ވިޔަފާރި ޒުވާނުން ކުރަނީ ފުލުހުންނާ ގުޅިގެން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ތުހުމަތު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ، "މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް" އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، ހޯމަ ދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ރަށްރަށުގައި ތިބޭ ދެތިން ވިޔަފާރިވެރިއެއްގެ އަތްމައްޗަށް ޒުވާނުން ދުއްވާލައިގެން، އެ ޒުވާނުންނަކީ އެމީހުން ކޮންޓްރޯލް ކުރާ ބަޔަކަށް ހަދާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރަށްރަށުގެ ޕޮލިސްޓޭޝަންތަކުގައި އުޅޭ ފުލުހުންވެސް މަސްތުވާތަކެތި ބޭނުންކުރައްވާ ކަމަށާއި، އެކަމުގެ ވިޔަފާރި ކުރަނީ ވެސް ފުލުހުންނާ ގުޅިގެން ކަމަށެވެ. އެހެންކަމުން މިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު ސަމާލުވާން ޖެހޭ ކަމަށެވެ.  

"މަސްތުވާތަކެތި ރަށްރަށުގައި ތިބޭ ދެ ތިން ވިޔަފާރިވެރިއެއްގެ އަތް މައްޗަށް. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހަކު ނުވަތަ ތިން މީހެއްގެ މައްޗަށް މުޅި ރަށުގެ ޒުވާނުން ދުއްވާލައިގެން، އެމީހުންނަކީ ހުރިހާ ޒުވާނުން ކޮންޓްރޯލްކުރާ ދާދާ އިންނަށްވެގެން އުޅޭ މަންޒަރު ފެނިގެންދަނީ. ހަމަ ސީދާ ރަށްރަށުގެ ޕޮލިސްޓޭޝަންތަކުގައި އުޅޭ ޕޮލިހުންވެސް މަސްތުވާތަކެތި ބޭނުންކުރައްވާ. އެބޭފުޅުންނާ ގުޅިގެން މި ވިޔަފާރިކުރަނީ ވެސް. އެމީހުންނާ ގުޅިގެން މި އެއްޗެހި ބޭނުން ކުރަނީ ވެސް. މިކަމަށް ޕޮލިސް ކޮމިޝަނަރ، ހޯމް މިނިސްޓަރު އެބަޖެހޭ ސަމާލުވާން" އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވަން، ރާއްޖޭގެ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނާ، ބައެއް ގާނޫނީ ވަކީލުންނާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ.

"ކިތައްމެ ރަނގަޅު ގާނޫނެއް ހަދާފައި މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވިކަމަށް ވިއަސް ތަންފީޒީ ބާރުތަކުން ގާނޫނަށް އަމަލު ނުކުރާހާ ހިނދަކު ދާއިމީ ހައްލެއް ނާންނާނެ. މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން އިޚުލާސްތެރިވާންވީ. ގާނޫނު ތަންފްޒީ ކުރުމުގައި މޫނެއް ކަނދުރާއެއް ނުބަލާ މިކަން ކުރައްވަންވީ. އެހެން ނޫނީ މި މައްސަލަތަކަށް ދާއިމީ ހައްލެއް ނާންނާނެ" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވި ގޮތުގައި، ސައްތައިން ސައްތަ މުސްލިމު ގައުމެއްގޮތުގައި އޮވެ އެންމެ ގިނަ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރާ ގައުމަށް ރާއްޖެ ވަނީ ވެފައެވެ.

"މިއަދު ގައުމެއްގެ އާބާދީއެއްގެ ނިސްބަތުން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮވެމެ އެންމެ ގިނަ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރާ ގައުމަށް ރާއްޖެ ވެގެން މިދިއައީ" އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ މުޅި ރާއްޖޭގެ އިގްތިސާދަށް ހުރި ބޮޑު ގެއްލުމެއް ކަމަށާއި، އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.  

މަސްތުވާތަކެތީގެ މައްސަލަމަޖިލިސް20ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

23 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

10 ސެޕްޓެމްބަރު 2025
ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

14 މެއި 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު