Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފަންނު މަދަރުސާ

މާފަންނު މަދަރުސާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލުމުން ރައީސް ގޮވާލެއްވީ މާލޭ ސިޓީ ކައުންސިލުން ސަރުކާރާއި ގުޅިގެން ސްކޫލްގެ ކަންކަން ފުރިހަމަކޮށްދިނުމަށް

މާފަންނު މަދަރުސާގައި ހޯލެއް ނެތުމާއި އެހެނިހެން ގޮތްގޮތުން އެތަނަށް ދިމާވެފައިވާ ދަތިތައް ދަރިވަރުން މެދުވެރިކޮށް ރައީސާއި ވަނީ ހިއްސާކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޑިސެމްބަރު 2024 | އާދީއްތަ 08:07
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

މާފަންނު މަދަރުސާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލުމުން, މާލޭ ސިޓީ ކައުންސިލުން ސަރުކާރާއި ގުޅިގެން ސްކޫލްގެ ކަންކަން ފުރިހަމަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް އެފަދައިން ގޮވާލެއްވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި މާފަންނު މަދަރުސާގައި ހޯލެއް ނެތުމާއި އެހެނިހެން ގޮތްގޮތުން އެތަނަށް ދިމާވެފައިވާ ދަތިތައް ދަރިވަރުން މެދުވެރިކޮށް ރައީސާއި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މާފަންނު މަދަރުސާގެ ހޯލް މަތީ ފަންގިފިލާއެއްގައި ހުރުމުން އުމުރުން ދުވަސްވީ މީހުންނަށް އެތަން ބޭނުން ނުކުރެވުމާއި ހޯލުގައި އޭސީ ނެތުމުގެ ދަތިކަން ހުރިކަން އެ ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. އެކަމާއި ގުޅިގެން އެ ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ފަރާތުން 2 ދަރިވަރަކު އެ މަނިކުފާނަށް ދެންނެވި ފަދައިން، އިސްރަށްވެހިންނަށްވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯރގައި، ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އެހެން ކުދިންނެކޭ އެއްފަދައިން، ސްކޫލު މާޙައުލުގައި ޝާމިލުވާ ދަރިވަރުން ކަމުގައި ކަށަވަރު ކުރުމަށްޓަކައި، އެ ރޮނގުން މުދައްރިސުން ބިނާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަމްރީނު ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ހަމައެހެންމެ މާފަންނު މަދަރުސާގެ ތަރައްޤީއަށްޓަކައި އެ ސްކޫލުން ސަރުކާރުގައި އެދޭ ކޮންމެ ކަމެއް، ކުރިއަށް އޮތް ތަނުގައިވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެ، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާފަންނު މަދުރަސާ ބެލެހެއްޓުންތެރި ފަރާތުގެ ގޮތުގައި މި ވަގުތު އޮތް މާލޭ ސިޓީ ކައުންސިލުންވެސް ސަރުކާރާ ގުޅިގެން، ސްކޫލުން އެދޭ ކަންކަން ފުރިހަމަކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން މާތްވެގެންވާ އިސްލާމް ދީނުގެ ވަރުގަދަ ޢަޤީދާގެ މަތީގައި ތިބި، ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް އަށަގެންފައިވާ، ޤައުމުގެ މުސްތަޤުބަލާ ޙަވާލުވެވޭނެ ފަދަ ޒިންމާދާރު، ލޮބުވެތި ދިވެހި ދަރިންތަކެއް ބިނާ ކުރުމަށް އެންމެން އެކުގައި، އެއް ރޫޙެއްގައި، ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރެއްވުމަށް ޢަޒުމު ކަނޑައެޅުއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. ދިވެހިރާއްޖޭގެ މުސްތަޤުބަލަކީ އުޖާލާ މުސްތަޤުބަލެއް ކަމަށާއި، މިއަދުގެ ރަސްމިއްޔާތުގައި އެކިއެކި ހުށަހެޅުންތައް ހުށަހަޅައިދިން ދަރިވަރުންގެ ކިބައިންވެސް އެކަން ސާބިތުވެއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން، ރަނގަޅު ބިންގަލެއްގެ މަތީގައި ދަރިވަރުން ބިނާކުރުމަށް ހިތްވަރަކަށް ވެގެންދާ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި މަޤާމުތަކުގައި އެ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.

މާފަންނު މަދަރުސާ ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު