Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފަންނު މަދަރުސާ

އަންނަ އަހަރު މާފަންނު މަދަރުސާގެ ތިރީގައި އިތުރު ހޯލެއް ބިނާކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

8 ޑިސެމްބަރު 2024 | އާދީއްތަ 06:08

ރައީސް ވިދާޅުވީ ހޯލް ބިނާކުރުމުގެ އިތުރުން، ދެންވެސް ކުރެވެން ހުރި ކަންކަމުގައި ސީދާ ސަރުކާރުގެ އެހީތެރިކަން ދެއްވާނެ ކަަމަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 8 ޑިސެމްބަރު 2024 | އާދީއްތަ 06:08
ރައީސުލްޖުމްހޫރިއްޔާ، މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ، މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު

އަންނަ އަހަރު މާފަންނު މަދަރުސާގެ ތިރީގައި އިތުރު ހޯލެއް ބިނާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި، ހޮނިހިރު ދުވަހު ބައިވެރިވެވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ތުއްތު ދަރިވަރުންވެސް އެދިލެއްވި ގޮތަށް މާމައިންނާ ކާފައިންނަށް ފަސޭހައިން ވަދެވޭގޮތަށް ތިރީގައި ހޯލެއް ހައްދަވާދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މޭލޭގައި މޭޔަރަކަށް ހުންނެވި އިރުވެސް، މާފަންނު މަދަރުސާއަށް ކޮންމެވެސް ވަރަކަށް ޚިދުމަތް ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އެހެންކަމުން އެ ސްކޫލުގެ ކަންތައްތައް ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވަނީ މާފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ އަދި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސްކޫލުން ބޭނުންވާ އިތުރު ކަންކަމުގައި ވެސް ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގައި އެދިލައްވައިފި ނަމަ ކުރިއަށް އޮތްތަނުގައި ވެސް އެކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ކައުންސިލްގެ ކިބައިންވެސް އެދިވަޑައިގަންނަވަނީ ސަރުކާރާ ގުޅިގެން ސްކޫލުން އެދޭ ކަންކަމުގައި މަސައްކަތް ކުރަމުން ގެންދިއުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ހޯލް ބިނާކުރުމުގެ އިތުރުން، ދެންވެސް ކުރެވެން ހުރި ކަންކަމުގައި ސީދާ ސަރުކާރުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީން އަދި ކައުންސިލް މެދުވެރިކޮށް އެހީތެރިކަން ދިނުމާއެކީގައި މިދިއަ ދުވަސްތަކަށްވުރެ މާ ބޮޑަށް ވެސް އުފާވެރި ގޮތަކަށް ސްކޫލްގެ ކަންކަން ބައްޓަންވެގެން ދާނެ ކަމަށެވެ. ސަރުކާރުން ވެސް އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.

"ކޮމިއުނިޓީ ސްކޫލްތަކަކީ ވަރަށް މުހިއްމުތަންތަން. ކޮމިއުނިޓީ ކޮންސެޕްޓްގައި ސްކޫލްތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލާ ހަވާލުކުރެވިފައިވަނީ. އެހެންކަމުން ސަރުކާރުން ފުރިހަމަ އެއްބާރުލުންދީ، ސަރުކާރުން މި ސްކޫލް ކޮންސެޕްޓްގައި ހިންގުމުގައި ކުރިއަށް އޮތްތަނުގައި ދެވޭނެ ފުރިހަމަ އެއްބާރުލުން ދީގެން މިއަހަރަށްވުރެ ރަނގަޅަށް ކަންތައްތައް ގެންދިއުމަކީ މާލޭގައި ދެން ހުރި މިފަދަ ސްކޫލްތައް ވެސް ޝާމިލްވާނެހެން އަޅުގަނޑުމެން ކަންކަން ކުރާނެ ގޮތް" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ސްޓޭޖްމަތީގައި ހަފްލާ ތަޢާރަފް ކޮށްދިން ތުއްތު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ހޯލެއް ނެތުމުން ވާ ދަތިކަމުގެ ވާހަކަ ފާހަގަކޮށްފައެވެ. އެ ގޮތުން އެ ތުއްތު ކުއްޖާ ބުނީ، އެ މަދަރުސާގެ އަހަރީ ދުވަސް ފާހަގަ ނުކުރެވި ލަސްވީ ހަފްލާ ބާއްވާނެ ތަނެއް ނެތިގެން ކަމަށެވެ. މާފަންނު މަދަރުސާގެ ހޯލް ހުންނަނީ 3 ވަނަ ފަންގިފިލާގައި ކަމުން މާމައިންނާ ކާފައިންނަން ހަފްލާތަކުގައި ބައިވެރި ނުވެވޭ ކަމަށެވެ. އެހެންކަމުން ރައީސް އަރިހުގައި އެދެނީ މަދަރުސާގެ ތިރީގައި ހޯލެއް ބިނާ ކޮށްދިނުމަށް ކަމަށެވެ.

މާފަންނު މަދަރުސާ ވުޖޫދުވީ 15 ފެބްރުއަރީ 1984 ގައެވެ. އެ ސްކޫލު ހުޅުއްވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމެވެ. މިމަދަރުސާއަކީ މާފަންނު ރައްޔިތުންގެ އެންމެންގެ އެހީއާއި އެއްބާރުލުން ލިބިގެން ހުޅުވުނު މަދަރުސާއެެކެއެވެ.

މާފަންނު މަދަރުސާ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް