Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޤާނޫނު އަސާސީގެ ދިފާއުގައި - ބޮޑު ސައްލާ

"އުފެދިފަ އޮތް ފިތުނަ އާއި ޖަޒުބާތުތަކުގެ ތެރޭގައި ގޮސް ރަނގަޅަށް އިންސާފުވެރިކޮށް ހިނގަމުން ދިޔަ ޤައުމެއް ދޫކޮށްލެވުނީ މޮޔައެއްގެ އަތް މައްޗަށް"

ރާއްޖޭގެ ޤާނޫނު އަސާސީ ހޯދީ އެމްޑީޕީންކަން އާއްމުންނަށް ވަރަށް ސާފުކޮށް އެނގެން އޮތްކަމަށް ފައްޔާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 18:01
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އުފެދިފަ އޮތް ފިތުނަ އާއި ޖަޒުބާތުތަކުގެ ތެރޭގަ ގޮސް ރަނގަޅަށް އިންސާފުވެރިކޮށް ހިނގަމުން ދިޔަ ޤައުމެއް ދޫކޮށްލެވުނީ މޮޔައެއްގެ އަތް މައްޗަށް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ "ޤާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާ" ނަމުގައި އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ސައްލާގަ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިއަދު ވެރިކަމުގައި ތިބީ ޤާނޫނުއަސާސީ ގެނިޔަ ނުދިނުމަށް މަސައްކަތްކޮށް ދިވެހި ރައްޔިތުންނާއި މެދު އަނިޔާވެރިކޮށް ޢަމަލުކުރި ބޭފުޅުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ ދިފާއުކުރުމަށް އެމްޑީޕީން ނުކުންނަ ސަބަބާއި މެދު ބައެއް ބޭފުޅުން ސުވާލު އުފައްދާކަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެއީ ކުރެވޭ ސުވާލެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުން އެ ސުވާލު ނުކުރާނެ ކަމަށް ޤަބޫލުކުރައްވާ ސަބަބަކީ ރާއްޖޭގެ ޤާނޫނުއަސާސީ ހޯދީ އެމްޑީޕީންކަން އާއްމުންނަށް ވަރަށް ސާފުކޮށް އެނގެން އޮތުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނު އަސާސީ ދަމަހައްޓާ ހިފެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެކަން ދިވެހިންނަށް އެނގޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ ހޯދީ ކުޑަ މަސައްކަތަކުން ނޫން ކަމަށާއި އެއީ އެތައް އަހަރެއް ވަންދެން އެތައް ދިވެހިންތަކެއް ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ޤާނޫނުއަސާސީ ހާސިލްކުރެވުނީ އެތައް ބައެއްގެ ފުރާނަ ވެސް ގެއްލުނު ފަހުން ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސަތުތައް ރައީސް ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވަނީ ގޭތެރޭގައި ދެކެވޭ ވާހަކަތަކުގެ މައްޗަށް ކަމަށާއި އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކަށް އޮތް ބާރެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުންގެ ކަންކަން ނިންމަން ޖެހޭނީ ދިވެހިންނާއި މަޝްވަރާކޮށްގެން އުސޫލުތަކުގެ ތެރެއިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިހާރު ކަންކަން ދާގޮތަށް ދާ ނަމަ ރައީސަށް ޤަބޫލުކުރެވޭ ހާލަތުގައި ސިޔާސީ ޕާޓީތައް ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އުވާލެވިދާނެކަމަށާއި އެހެންނަމަވެސް އެއީ ޤާނޫނު އަސާސީން ޖާގަދޭ ކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ސިނާއަތެއް ދަނީ ފުނޑެމުން ކަމަށާއި ފައިސާ ޗާޕްކޮށްގެން ވިޔަސް އެކަންކަން ހައްލުކޮށްދޭން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ހުރިހާ ދާއިރާއަކުން ވެސް 30 އަހަރު ފަހަތަށް ޤައުމު ސޮއްސާލާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ޤާނޫނުއަސާސީގެ ހައްގުތައް ނިގުޅައިގަންނަން ފެށުމުން ކެތްކޮށްގެން ނުތިބެވޭނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މިއަދު އެކަމާއި ދެކޮޅަށް އަޑު ނުއުފުލައިފި ނަމަ އަނގައިންވެސް ނުބުނެވޭ ހިސާބަށް ކަންކަން ދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ތާއަބަދު އިހުތިޖާޖްކޮށް އަޑު އުފުލަންޖެހޭ ކަމަށާއި އެމްޑީޕީގެ މަސައްކަތަކީ އަޑު ނީވޭ ސަރުކާރަކަށް އަޑު އިއްވުން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ޤާނޫނުއަސާސީގެ ދިފާއުގައިއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

05 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު