Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމި ސަރުކާރުގެ ނާޤާބިލްކަން

މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭ - ފައްޔާޒް

ސަރުކާރަށް އިތުބާރުކޮށްގެން އާއްމުން ވޯޓު ދިނުމުން ރައީސް މުއިއްޒުގެ ސަރުކާރުން އާއްމުން މާޔޫސްކޮށްލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޖެނުއަރީ 2025 | ހުކުރު 14:17
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް އަދާކުރައްވާފައިވާ ފައްޔާޒް އެފަދައިން ވިދާޅުވި ރާއްޖެޓީވީގެ ފުދިއްޖެ ފުނޑިއްޖެ ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒް ވަނީ އާއްމުން ސަރުކާރާއި މެދު ނުރުހިފައިވާ މިންވަރު އާއްމުންގެ ވާހަކަތަކާއި ބަސްތަކުން މިހާރު ސާފުކޮށް އިނގޭ ކަމަށް ވިދާޅުވެފައެވެ. އާއްމުންގެ އެތައް ހައްގަކަށް ސަރުކާރުން އަރައިގަންނަ ކަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މި ސަރުކާރު ބަދަލުވުމަކީ އުފާކުރައްވާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން ސަރުކާރާއި ދެކޮޅަށް އަޑު އުފުލަކީ މަގުމަތިން ސަރުކާރު ބަދަލުކުރުމަށް ކުރާކަމެއް ނޫން ކަމަށާއި ސަރުކާރު ބަދަލުކުރަން ބޭނުންވެގެން އުޅެނީ އާއްމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އާއްމުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ، އިހުތިޖާޖުކުރުމަށް އެއްވުމަކީ މި ސަރުކާރުން ވަރަށް ބިރު ގަންނަ ކަމެއް ކަމަށެވެ. އަދި ސަރުކާރަށް ކަންކަން ނުކުރެވޭތަނުގައި ގައުމުގެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތެއް ވެސް ސަރުކާރަށް ބުނެދެވިފައި ނުވާ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އާއްމުން ސަރުކާރުގެ އިސްތިއުފާ އަށް ގޮވަނީ އެ ސަބަބާއި ހުރެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވަނީ ނިމިދިޔަ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކޮވިޑް-19 ފަދަ އެތައް ދަތިތަކެއް ދިމާވި ކަމަށް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭރު ރައްޔިތުންނަށް މިހާރު މި ދިމާވާ ދަތިތަކާއި ދިމާ ނުވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ބީރު ސަރުކާރަކަށް އަޑު އިވޭނީ އަޑު އުފުލާ އިހުތިޖާޖުކޮށްގެން ކަމަށާއި އެކަން އެމްޑީޕީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވަނީ އަހަރެއް ވެގެން ދިޔަ އިރު ވެސް ބަޖެޓާއި ހުރެ ކަންކަން ނުކުރެވުނު ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށާއި އެހެންނަމަވެސް ބަޖެޓުގައި ހުރި ފައިސާ ހުސްވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެހެންކަމުން ބަޖެޓު ހުސްވި ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ފައްޔާޒް ވަނީ ސަރުކާރުގެ ނާގާބިލްކަމާއި މުއައްސާތައް ނުހިނގުމާއި މެދު އާއްމުންނާއި ސިޔާސީ ޕާޓީތަކުން ވެސް މިހާރު ސުވާލު އުފައްދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރަށް އިތުބާރުކޮށްގެން އާއްމުން ވޯޓު ދިނުމުން ރައީސް މުއިއްޒުގެ ސަރުކާރުން އާއްމުން މާޔޫސްކޮށްލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްއެމްޑީޕީޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު