Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނުއަސާސީގެ ދިފާއުގައި

ޤާނޫނުއަސާސީގެ މުޅި މަޙްފޫމަކީ އުނބަށް ނުޖެހުމާއި، ފަހަތަށް ނުދިއުން - ވައްޑެ

އެތައް ދުވަހެއްގެ މަސައްކަތުން ހޯދި ހައްގުތަށް ސަރުކާރުން ދަނީ ނިގުޅައިގަންނަމުން ކަމަށާއި ސަރުކާރުން ފަތުރަނީ އަމިއްލަ ޕްރޮޕެގެންޑާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 14:27
ޤާނޫނު އަސާސީގެ ދިފާއުގައި، ޑިމޮކްރެޓްސްގެ ކަންމަތީ ބައްދަލުވުން

ޤާނޫނު އަސާސީގެ ދިފާއުގައި، ޑިމޮކްރެޓްސްގެ ކަންމަތީ ބައްދަލުވުން

ޤާނޫނު އަސާސީގެ މުޅި މަޙްފޫމަކީ އުނބަށް ނުޖެހުމާއި، ފަހަތަށް ނުދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ލާމަރުކަޒީ ކޮމިޓީގެ ޗެއަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޤާނޫނު އަސާސީގެ ދިފާއުގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަހީދު ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީ އެއް އެކުލަވާލީ ޝަމްސުއްދީން ރަދުންގެ ވެރިކަމުގައި ކަމަށާއި އެއީ ވީދާލި ޤާނޫނު އަސާސީކަމަށް ފާހަގަކުރައްވާފައެވެ. އޭގެ ފަހުން ރާއްޖޭގައި 15 ޤާނޫނުއަސާސީ އެކުލަވާލި ކަމަށް ވެސް ވަހީދު ވަނީ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. 15 ޤާނޫނުއަސާސީ ވުޖޫދުވި އިރު އެއިން ކޮންމެ ޤަނޫނުއަސާސީ އެއްވެސް އެކުލަވާލުމުގެ ރޫހަކީ އެއް ޤާނޫނުއަސާސީ އަށް ވުރެ ރަނގަޅަށް އަނެއް ޤާނޫނުއަސާސީ އެކުލަވާލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ދައުލަތެއް، ސަރުކާރެއް، ރައްޔިތެއް އަދި މުއައްސަސާއެއް ވިޔަސް ފަހަތަށް ގޮސްގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން އުނބަށް ޖަހާ، ކަންކަން ފަހަތަށް ގެންދާ މަންޒަރު ފެންނަ ކަމަށާއި، ދައުލަތެއްގެ އެންމެ ބޮޑު ބޭނުމަކީ ފަހަތަށް ނުދިއުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތް މިހާރު ހިންގާ ގޮތުން މި ސަރުކާރުގެ ކިބައިން އެކަން ނުފެންނަ ކަމަށް ވަހީދު ފާހަގަކުރެއްވިއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް، އެ ގާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްހާލު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވާން ވަނީ ނިންމާފައެވެ. ވަހީދު ވަނީ ޤާނޫނުއަސާސީ އޮޅާލާ ސަރުކާރުން ޤާނޫނު އަސާސީވެސް އުނބަށް ޖަހާފައިވާ ކަމަށް ވިދާޅުވެފައެވެ. އެތައް ދުވަހެއްގެ މަސައްކަތުން ހޯދި ހައްގުތަށް ސަރުކާރުން ދަނީ ނިގުޅައިގަންނަމުން ކަމަށާއި ސަރުކާރުން ފަތުރަނީ އަމިއްލަ ޕްރޮޕެގެންޑާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯކްރޮސްކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ. އެ ފަދަ މައްސަލަ އެއް ހުށަހަޅާފައި މި ވަނީ މި އިސްލާހާއި ގުޅިގެން އާއްމުންނާއި، މެމްބަރުން އަދި ޤާނޫނީ ބޭފުޅުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ އިސްލާހު ތަޞްދީޤުކުރައްވާ މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އަމަލު ކުރަން ފަށާފައެވެ.

މުހައްމަދު ވަހީދު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މި ސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް: ވަހީދު

ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މި ސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް: ވަހީދު

05 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު