Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީ މެންބަރު މިހައްމަދު ސިނާން

ހިތަދޫ ކޯޓުން ކުރި ހުކުމް ނޭނގޭ ކަމަށް ސިނާނުގެ ފަރާތުން ބުނާ ބުނުމަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއް

ހިތަދޫ ކޯޓުން މި މައްސަލައިގައި ސިނާނު ހިމެނޭ ގޮތަށް އިތުރު ދެމީހުންގެ މައްޗަށް ހުކުމް އިއްވިތާ 2 މަސް ފަހުން، 14 ޑިސެމްބަރު 2024 ގައި ބެންކުން ހިތަދޫ ކޯޓުގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅައިފައިވެއެވެ. ބެންކުން އެގޮތަށް ހުށަހެޅީ ހުކުމް ކުރިފަހުން އެއްވެސް ވަރަކަށް ސިނާނު ފައިސާ ދައްކައިފައި ނުވާތީއެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 28 ޖޫން 2025 | ހޮނިހިރު 13:28
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން

ހިތަދޫ ކޯޓުން 14 އޮކްޓޫބަރުގައި ކުރި ހުކުމް ނޭނގޭ ކަމަށް ސިނާނުގެ ފަރާތުން ބުނާ ބުނުމަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއްކަން ހާމަވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި، އިސްލާމިކް ބެންކުން ތަންފީޒު މައްސަލަ ހުށަހަޅައި މައްސަލައިގެ ލިޔުންތައް ވެސް ސިނާނުއަށާއި މުހައްމަދު ވަހީދު އަދި މުހައްމަދު ސަލީމަށް ކޯޓުން ވަނީ ރައްދުކޮށްފައެވެ. އެހެންކަމުން، ހިތަދޫ ކޯޓުން 14 އޮކްޓޫބަރުގައި ކުރި ހުކުމް ނޭނގޭ ކަމަށް ސިނާނުގެ ފަރާތުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަން އެނގެއެވެ.

Advertisement - newsAdvertisement

ހިތަދޫ ކޯޓުން މި މައްސަލައިގައި ސިނާނު ހިމެނޭ ގޮތަށް އިތުރު ދެމީހުންގެ މައްޗަށް ހުކުމް އިއްވިތާ 2 މަސް ފަހުން، 14 ޑިސެމްބަރު 2024 ގައި ބެންކުން ހިތަދޫ ކޯޓުގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅައިފައިވެއެވެ. ބެންކުން އެގޮތަށް ހުށަހެޅީ ހުކުމް ކުރިފަހުން އެއްވެސް ވަރަކަށް ސިނާނު ފައިސާ ދައްކައިފައި ނުވާތީއެވެ.

މީގެ އިތުރުން ހުކުމަށް ފަހު ވެސް ތަންފީޒު މައްސަލަ ހުށަހެޅުމުގެ ކުރިން އިސްލާމިކް ބެންކުން ހުކުމްގެ ވާހަކަ އާއި ހުކުމް ހިމަނައިގެން ސިޓީ ވެސް ފޮނުވައިފައިވެއެވެ. އަދި ތަންފީޒު މައްސަލައެއް ކޯޓުގައި ރަޖިސްޓަރީކޮށްދިނުމަށް ފަހު ލިޔުންތައް ރައްދުކޮށް އަޑުއެހުމެއް ވެސް ހިތަދޫ ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސިނާނުގެ މައްޗަށް ހުކުމްކުރީ، ޖުމްލަ 2،520،222.98 14 އޮކްޓޫބަރު 2024 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެމަހަކަށްޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއް ބޭންކަށް ދައްކަމުން ގޮސް މިފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

ސިނާނު ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަން ހާމަވާ ފުރަތަމަ ގޮތަކީ، ސިނާނު ހުކުމާއި އެއްގޮތަށް އޮކްޓޫބަރު 14 އިން ނޮވެމްބަރު 14 އާއި ހަމައަށް އަދި ނޮވެމްބަރު 14 އިން ޑިސެމްބަރު 14 އާއި ހަމައަށް ފައިސާ ދެއްކި ނަމަ ބެންކުން ތަންފީޒު މައްސަލަ ހުށަހެޅުމުގެ ޟަރޫރަތެއް ނެތުމެވެ. އަދި ދެވަނަ ގޮތަކީ، ތަންފީޒު މައްސަލަ އަނބުރާ ގެންދަން އިސްލާމިކް ބެންކުން ހުށަހަޅައިފައިވާ މައްސަލަ އަނބުރާ ގެންދާ ފޯމުތަކުގައި ލިޔެފައިވާ ކަންކަމެވެ. އެގޮތުން އިސްލާމިކް ބެންކުން ތަންފީޒު މައްސަލަ ހުށަހެޅިތާ 2 މަސް ދުވަސް ފަހުން މައްސަލަ އަނބުރާ ގެންދިއުމަށް އެދި ހިތަދޫ ކޯޓަށް 13 ފެބްރުއަރީ 2025 ގައި ފޯމު ފޮނުވިއެވެ. ފުރަތަމަ ފޮނުވި ފޯމުގައި ސާފުކޮށް ސިނާނު ފައިސާ ދެއްކީ 13 ފެބްރުއަރީ 2025 ގައި ކަމަށް ލިޔެފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ފޮނުވި ފޯމުގައި 13 ފެބްރުއަރީ އުނިކުރުމަށްފަހު ފައިސާ މިހާރު ދައްކައިފައިވާ ކަމަށް ލިޔެފައިވެއެވެ.

ފައިސާ ދައްކާފައިނުވާކަން ހާމަވާ ތިންވަނަ ގޮތަކީ، މި ފައިސާ ދައްކަން ރައީސް މުހައްމަދު މުއިއްޒުގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރު ކަން ކުރިން ކުރެއްވި އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަގާމުގައި މިހާރު ހުރި މުހުތާޒު މުހުސިން ދިޔަ ދިއުމެވެ. 13 ފެބްރުއަރީ 2025 ގައި އެފައިސާ ދައްކަން އޭނާ ބެންކަށް ދިޔަކަން މުހުތާޒު ދޮގޮކޮށްފައި ނުވާއިރު ބުނެފައިވަނީ ސިނާނު އަކީ އޭނާގެ ކްލައެންޓެއް ކަމަށެވެ.

ފާއިތުވި ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މިހުރިހާ ހަގީގަތެއް މިހެން ހުއްޓާ ސިނާނުގެ ފަރާތުން ދެއްކީ އޭނާއަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް އޮތްކަން ނޭނގޭ ވާހަކައެވެ. ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލައިފައި އޮތް ސުޕްރީމް ކޯޓުން އެމަނިކުފާނުގެ ޕާޓީގެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ހުކުމެއް ނުކުރާނެއެވެ. އެހެން ނަމަވެސް، ސާފުކޮށް އެނގެން އޮތްކަމަކީ، ޤާނޫނު އަސާސީގައި ބަޔާންކުރާ މަޖިލިސް މެންބަރު ކަމުގެ ޝަރުތު ސިނާނުގެ ކިބައިން ގެއްލިފައިވާ ކަމެވެ.

ހިތަދޫ ކޯޓުން 14 އޮކްޓޫބަރުގައި ކުރި ހުކުމުގައި ބުނީ ކޮންމެ މަހަކު އެމަހަކަށް ޖެހޭ މިންވަރު ދައްކަމުން ގެންދިއުން ކަމަށްވާއިރު، 14 އޮކްޓޫބަރުގެ ފަހުން 1 މަސް ދުވަހުގެ މުއްދަތު ހިނގިއިރު ސިނާނު ލާރި ނުދެއްކި ހިސާބުން ހުކުމާއި އެއްގޮތަށް އޭނާ ލާރި ނުދައްކާކަން ވަނީ ސާބިތުވެފައެވެ. އަދި އެކަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ދޮގުކޮށްފައެއް ނުވެއެވެ.

ސިނާނުއިސްލާމިކް ބޭންކްހިތަދޫ މެޖިސްޓްރޭޓް ކޯޓުމުހައްމަދު ވަހީދު މުހައްމަދު ސަލީމްމުހުތާޒު މުހުސިންސުޕްރީމް ކޯޓުރައީސުލްޖުމްހޫރިއްޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު