Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ވިޓީނިއާގެ އެއްބަސްވުން ޕީއެސްޖީން އައު ކުރަނީ

ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީން ބޭނުން ވަނީ ވިޓީނިއާގެ އެއްބަސްވުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައު ކުރާށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2024 | ބުދަ 06:03
ޕީއެސްޖީ އަށް ކުޅެމުން އަންނަ ވިޓީނިއާ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ވިޓީނިއާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ވިޓީނިއާގެ އެއްބަސްވުން އައު ކުރަން އެ ކުލަބުން ނިންމައިފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ އަހަރުތަކެއް އޮތް ނަމަވެސް، ޕީއެސްޖީން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރަން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ދިގު މުއްދަތަކަށް އޭނާ ކުލަބުގައި ބަހައްޓަން ޕީއެސްޖީން ބޭނުންވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސް، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީން ބޭނުން ވަނީ ވިޓީނިއާގެ އެއްބަސްވުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައު ކުރާށެވެ. އެ އެއްބަސްވުމުގައި ވަރަށް އަވަހަށް ރަސްމީކޮށް ސޮއި ކުރާނެ ކަމަށާއި، އެއްބަސްވުން އައު ކުރާތީ ވިޓީނިއާ ވެސް ހުރީ ހިތްހަމަ ޖެހިފައި ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އައު އެއްބަސްވުމުގެ ދަށުން މިހާރު ޕީއެސްޖީގައި ވިޓީނިއާ އަށް ލިބެމުން އަންނަ މުސާރަ އަށްވުރެ، ބޮޑު މުސާރައެއް ލިބޭނެ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

ޕީއެސްޖީ އަށް ބަދަލުވީ ފަހުން ވިޓީނިއާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 109 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ޓްރޮފީ ޑީ ޗެމްޕިއަންސް ދެ ފަހަރު ކާމިޔާބު ކުރުން އަދި ފްރާންސް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ޕީއެސްޖީގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ވިޓީނިއާ އަކީ ޕޯޗުގަލް ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާ އަށް ޕޯޗުގަލް ޤައުމީ ޓީމުން ޖާގަ ލިބުނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 25 މެޗު ކުޅެދީފަ އެވެ. ވިޓީނިއާ ވަނީ 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް އަދި މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލްގެ ސްކޮޑުގައި ހިމެނިގެން މުބާރާތުގައި ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު