Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރެވޭ ގޮތަށް މަގުތަކެއް ހުޅުވިފައި އެބަހުރި، އެދޮރުތައް ބަންދުކުރަން ޖެހޭ: މެންބަރު އަނާރާ

ފުރަތަމަ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 1977 ވަނަ އަހަރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2024 | އަންގާރަ 07:59
އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ.އަނާރާ ނައީމް ވާހަކަދައްކަވަނީ

އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ.އަނާރާ ނައީމް ވާހަކަދައްކަވަނީ

ދިވެހިރާއްޖެއަށް ކަނޑުގެ މަގުންނާއި، ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރެވޭ މަގުތަކެއް ހުޅުވިފައި އެބަހުރި ކަމަށާއި، އެދޮރުތައް ބަންދުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުން މެންބަރު އަނާރާ ވިދާޅުވީ ދުނިޔެމަތީގެ ސުވަރުގެ ފަދައިން ސިފަކުރަމުންދާ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގެ ފުރަތަމަ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 1977 ވަނަ އަހަރުގައި ކަމަށާއި، އޭގެފަހުން ވަރަށް މަސްތުވާތަކެތި މުޅިރާއްޖެ ފެތުރިފައިވާ ކަމަށެވެ.

މަސްތުވާތަކެތި ރާއްޖޭގައި ފުޅާވެފައިވާ ސަބަބުތަކަށް އިޝާރާތް ކުރައްވައި މެންބަރު އަނާރާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަތޮޅުތެރޭގެ ރަށްތަކަށް އަރުވާލުމުން ވެސް މަސްތުވާތަކެތި ރަށްތަކުގައި ފެތުރިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އާއިލާތައް ރޫޅި، ދަރިން ބިކަވުމާއި، އެކުދިންނަށް ނޭދެވޭ މަގުތައް އިހުތިޔާރުކުރެވުން ހިިމެނޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު އަަނާރާ ވިދާޅުވީ މިމައްސަލަ ހައްލު ކުރުމަށް ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލައި، އެގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން މިމައްސަލަ ހައްލު ކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ ނަގަންޖެހޭ ކަމަށާއި، ކޮންމެ މީހަކު ވެސް އާއިލާތައް ހަރުދަނާ ގޮތެއްގައި ބައްޓަންކޮށް، ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް އިސްކަންދޭންޖެހޭ މެންބަރު އަނާރާ ވިދާޅުވިއެވެ. އަދި ނޭދެވޭ މަގުތައް އިހުތިޔާރު ކުރުމަށް ދުރުކުރުމަށްޓަކައި، ދަރިން ހާސިލްކުރަން ބޭނުންވާ މަގުސަދު އަދި ދިރިއުޅުމުގެ ލަނޑުދަނޑި އެކުދިންނަށް ބުނެދީ، މަގު ދައްކައިދޭންޖެހޭ ކަމަށެވެ. އޭރުން އެކުދިން އެލަނޑުގަނޑި ހާސިލް ކުރުމަށް ވަގުތު ހޭދަކުރާނެ ކަމަށް މެންބަރު އަނާރާ ވިދާޅުވިއެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވައި މެންބަރު އަނާރާ ވިދާޅުވީ މަސްތުވާތަކެތި ކަނޑުގެ މަގުންނާއި، ވައިގެ މަގުން އެތެރެވާނެ ދޮރުތަކެއް ހުޅުވިފައިވާ ކަމަށެވެ. މި ހުށަހެޅުނު އިސްލާހުތަކާއެކު އެފަދަ ދޮރުތައް ބަންދުވެ މިމަސްތުވާތެކެތީގެ މައްސަލައަށް ހައްލު ލިބުމަށްފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް މެންބަރު އަނާރާ ވިދާޅުވިއެވެ.

މެންބަރު އަނާރާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އަމިއްލަ ރައްކާތެރިކަމަށް ވިސްނައި، މިމަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް މެންބަރު އަނާރާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާ މި ބިލަކީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު