Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފްލިކް ބުނީ ލިބޭ ފުރުުސަތުތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް

އެޓޭކު ކުރުމުގައި ބާސެލޯނާ އިން އިތުރަށް ފޯކަސް ކުރަން ޖެހޭ ކަމަށާއި، މެޗެއްގައި ލިބޭ ތިން ފުރުސަތު ނުވަތަ ހަތަރު ފުރުސަތު ބޭކާރުވެގެން ދިޔުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2024 | އަންގާރަ 06:12
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ބާސެލޯނާ އިން ނިކުންނައިރު، ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ އަންގާރަ ދުވަހުގެ ރޭ ބާސެލޯނާ އިން މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު، އެންމެ ފަހުން ލީގުގައި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ބާސެލޯނާ އަށް ވަނީ އެއް ވަނައިގައި ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.

މަޔޯކާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ފްލިކް ބުނީ ކުޅުންތެރިން އިތުރަށް ސަމާލުވާން ޖެހޭ ކަމަށާއި، ޓީމުގެ ކުރި އާއި ފަހަތުގައި ވެސް އިތުރު ވަރުގަދަ ކަމެއް ދައްކަން ޖެހޭ ކަމަށެވެ. ފްލިކް ބުނީ މެޗުގެ ކުރިން އޭނާ އަށް ހިތްހަމަ ޖެހުމަކީ ބާސެލޯނާގެ ކުޅުންތެރިން ރަނގަޅަށް މަސައްކަތް ކުރުން ކަމަށާއި، ބަލިވި މެޗުތަކުގައި ވެސް ކުޅުންތެރިން އެކަން ދައްކައިދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެކަމާ އެއް ވަރަށް، ލިބޭ ފުރުސަތުތައް ނިންމާލުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ފްލިކް ބުނީ އޭނާ ބަހަނާ ދައްކަން އުޅޭ ކަހަލަ އިޙުސާސެއް މީހުންނަށް ކުރެވިދާނެ ކަމަށާއި، ނަމަވެސް ބާސެލޯނާ ބަލިވެފައިވާކަން އޭނާ ޤަބޫލު ކުރާ ކަމަށެވެ. އެޓޭކު ކުރުމުގައި ބާސެލޯނާ އިން އިތުރަށް ފޯކަސް ކުރަން ޖެހޭ ކަމަށާއި، މެޗެއްގައި ލިބޭ ތިން ފުރުސަތު ނުވަތަ ހަތަރު ފުރުސަތު ބޭކާރުވެގެން ދިޔުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ. ފުޓުބޯޅަ އަށް ބަލާއިރު، އެންމެ މުހިންމީ ގޯލު ޖެހުން ކަމަށާއި، ބޭނުން ވާނީ ވެސް އެކަން ކަމަށް ފްލިކް ބުންޏެވެ.

މީގެ އިތުރުން ފްލިކް ބުނީ ބާސެލޯނާގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، އެ ޓީމަކީ ކަންކަން ދަސްކޮށް، މޮޅުވާނެ ޓީމެއް ކަމަށެވެ. އޭނާ ބުނީ ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަވަމުން އަންނަ ކަމަށާއި، އަބަދު ވެސް އެކަންކަން ރަނގަޅު ކުރުމަށް އިސްކަމެއް ދެމުން އަންނަ ކަމަށެވެ. ލަސް ޕަލްމާސް މެޗުގެ ފަހުން ކުރެވުނު މަސައްކަތަށް ބަލާއިރު، މަޔޯކާ މެޗަށް އުންމީދުގައި ހުރި ކަމަށް ފްލިކް ބުނެފައިވެ އެވެ.

މަޔޯކާ މެޗާ ކުރިމަތިލާއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ޕޮއިންޓެއް ލީޑަކުންނެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 34 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 33 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު