ކ. މާލެ
|
30 ނޮވެންބަރ 2024 | ހޮނިހިރު 15:02
ހުސެއިން ޝާފިއު (ކ) - އެމްޑީޕީ ސޯޝަލް މީޑިއާ އެކްޓިވިސްޓ
ހުސެއިން ޝާފިއު (ކ) - އެމްޑީޕީ ސޯޝަލް މީޑިއާ އެކްޓިވިސްޓ
ސޯޝަލް މީޑިއާ
ފުލުހަށް ހާޒިރުވުމަށް އެންގުން
އެމްޑީޕީގެ އެކްޓިވިސްޓް ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި
1 ޑިސެމްބަރު 2024 ވަނަ ދުވަހުގެ މެންދުރު 1:30ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވެ ސާޖެންޓު އަބްދުﷲ ސާޖިދު އާ ބައްދަލު ކުރުމަށް އަންގާފައިވޭ                  

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

ޗިޓުގައި މައްސަލައިގެ ޚުލާސާ ގައި ބުނެފައިވަނީ ސޯޝަލް މީޑިއާ ގައި ހަޑިހުތުރު ބަސް ބޭނުން ކޮށްގެން ބިރުވެރިކަން އުފެދޭ ގޮތައް އެކްސް ގައި ޕޯސްޓެއް ކޮށްފައިވާތީ ކަމަށެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ބިލާލު އަބްދުލް ހާދީ ސޮއިކޮށްފައިވާ ޗިޓުގައި ބުނެފައިވަނީ "24 ނޮވެމްބަރު ދުވަހުގެ 1:14 ގައި @ޗާލީ_ތުއްތު ހޭންޑްލް އިން ހަޑިހުތުރު ބަސް ބޭނުން ކޮށް ބިރުވެރިކަން އުފެދޭ ގޮތައް އެކްސް ގައ ޕޯސްޓެއްކޮށްފައިވަ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް" ކަމަށެވެ.

ޗިޓުގައި 4 ގަޑިއިރު މިކަމަށް ހޭދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، 1 ޑިސެމްބަރު 2024 ވަނަ ދުވަހުގެ މެންދުރު 1:30ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވެ ސާޖެންޓު އަބްދުﷲ ސާޖިދު އާ ބައްދަލު ކުރުމަށް ބުނެފައިވެއެވެ.                                                                            

- ކޮމެންޓް