Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ މަޖިލިސް މެންބަރުންގެ މަސައްކަތް

ޕީއެންސީ މެންބަރުން މަޖިލީހުގައި އެކްޓިވްކޮށް މަސައްކަތް ކުރައްވަނީ ނޭއްގާނީ ކަންތައްތަކެއް ކުރުމަށް: ޑރ.ޑީޑީ

މިހާރު މަސައްކަތް ކުރަމުންދަނީ މިނިވަން މުއައްސަސާތަކުގައި ބޮޑު ތަޅުއެޅުވުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2024 | ހޮނިހިރު 08:37
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ

ސަރުކާރުގެ ޕީއެންސީ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އެކްޓިވްކޮށް މަސައްކަތް ކުރައްވަނީ ނޭއްގާނީ ކަންތައްތަކެއް ކުރުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.ޑީޑީ ވިދާޅުވީ ބައެއް ދުވަސް ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލިސް ވަރަށް އެކްޓިވް ކަމަށާއި، ނަމަވެސް އެކްޓިވްކޮށް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ބާރު ކެނޑޭ ގޮތަށް މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

މަޖިލިސް މެންބަރުންގެ ބާރު ކެނޑޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލަށް އިޝާރާތް ކުރައްވައި ޑރ.ޑީޑީ ވިދާޅުވީ ރައްޔިތުންގެ މަންދޫބުން އަމިއްލައަށް ބޮޑު ތަޅުއަޅުވާފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ މިނިވަން މުއައްސަސާތަކުގައި ބޮޑު ތަޅުއެޅުވުމަށް ކަމަށާއި، މިފަދަ ނޭއްގާނީ ހުރިހާ ކަމެއް ކުރުމަށް ޕީއެންސީގެ މަޖިލިސް މެންބަަރުން ވަރަށް އެކްޓިވް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

ޑރ.ޑީޑީ ވިދާޅުވީ ޕީއެންސީގެ ބައެއް މެންބަރުން މިކަންކަން ދިފާއު ކުރައްވައި ވާހަކަދައްކަވާ ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ބައިވަރު މައްސަލަތައް ހުރެ، ތަހުގީގު ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ވިދާޅުވާ ކަމަށެވެ. ރައީސް އެ ކޮމިޝަނަށް ބޭފުޅަކު ހަމަޖައްސަވަން ބޭނުންފުޅުވަނީ އެމައްސަލަތައް އަވަހަށް ތަހުގީގުކޮށް ނިންމުމުގެ މަގުސަދުގައި ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވާ ކަމަށެވެ. ނަމަވެސް އޭސީސީއަށް ރައީސް މުއިއްޒުގެ ގިނަ މައްސަލަތަކާއި، މިސަރުކާރުގެ އިސްބޭފުޅުންގެ ގިނަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. އަދި މި މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކޮށް ކުރިއަށް ގެންދެވޭނެ ކަމާމެދު ޑރ.ޑީޑީ ވަނީ ސުވާލު އުފައްދާފައެވެ.

ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް ކަމަށާއި، ހުދުމުހުތާރުކަމުގެ ހުރިހާ ސިފައެއް ފެންނަމުންދާ ކަމަށެވެ. އަދި ރައީސް މުއިއްޒު ރައްޔިތުންނާ މުޚާތަބު ކުރައްވަނީ ހުސްދޮގުން ކަމަށާއި، ވާހަކަފުޅު ނިންމަވާލައްވަނީ އިންޒާރާއެކު ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. ރައްޔިތުންގެ ކުރިމަތީގައި އަނިޔާވެރިކަން އިސްކުރުމަށް މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް އަނިޔާވެރިކަމަށް ރައްޔިތުން މިހާރު ޖާގާ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންނަކީ މާ ހޭލުންތެރި ބުއްދިވެރި ބައެއް ކަމަށެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު