Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަ ޑިމޮކްރެޓްސް ޖަލްސާ

ބަޖެޓަށް ވީ ގޮތް ބުނެ ނުދޭނަމަ، މުލިއާގެ ދޮށަށް ވެސް އެއްވާނަން، ވެރިކަމުގައި މުއިއްޒު ހުންނަވަން ޖެހޭނީ ވާނުވާ ބުނެދީފަ: ޝިފާޒް

28 ނޮވެމްބަރު 2024 | ބުރާސްފަތި 05:17

ބަޖެޓަށް ވީގޮތް ނޭނގެންޏާ މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށާއި މުޒާހަރާކޮށް މުލިއާގެ ދޮށަށް ވެސް އެއްވާނެ ކަމަށް ވިދާޅުވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 28 ނޮވެމްބަރު 2024 | ބުރާސްފަތި 05:17
ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

ބަޖެޓަށް ވީ ގޮތް ބުނެ ނުދޭނަމަ މުލިއާގެ ދޮށަށް ވެސް އެއްވާނެ ކަމަށާއި ވެރިކަމުގައި މުއިއްޒު ހުންނަވަން ޖެހޭނީ ވާނުވާ ބުނެދީފައި ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އިން ބުދަ ދުވަހުގެ ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ، މާލީ ދަތިކަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ބަޖެޓުގައި ނެތް ފައިސާ، 37 މިލިއަން ޑޮލަރު ހަރަދުކުރުން ކަމަށެވެ. އެހެންކަމުން ބަޖެޓަށް ވީ ގޮތުގެ ޝަކުވާ އެއީ އެންމެ ބޮޑު ޝަކުވާ ކަމަށާއި، ޒުވާބަކީ ވެސް އެއީ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ ވެސް ސިއްރު ކަމަށާއި، އޭގަ އޮތް އެއްޗެއް ވެސް ސިއްރު ކަމަށެވެ. އެހެންކަމުން ރާއްޖެ ސަލާމަތް ކުރުމަށް، ކަށިމަތި ނާޅަންވީ ސަބަބެއް ނެތް ކަމަށެވެ.

"ތައްޔާރުވޭ ކަށިމަތި އަޅުއްވަން. މަގުމައްޗަށް ނުކުންނަން ޖެހޭނީ" ޝިފާޒް ވިދާޅުވިއެވެ.  

ޝިފާޒް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ހަމަ މަގަށް އަޅުވަން އެންމެ އައުލާކަން ބޮޑީ ޑިމްކޮރެޓްސްގެ މެމްބަރުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މާލިއްޔަތަށް ވަމުންދާ އިހުމާލު ފާހަގަކުރައްވާ ޝިފާޒް ވިދާޅުވީ، ޑރ މުއިއްޒު ކުރައްވަމުން ގެންދަވާ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، ރައްޔިތުން ބުރަ އާއި ވޭނާ ތަކުލީފް އުފުލައިގެން ހޯދި ގާނޫނު އަސާސީ "ވެއްޔާ މޮޑެވިއްޖެ" ކަމަށެވެ. އެ އަސާސީ ހައްގުތައް ނިގުޅައިގެންފި ކަމަށާއި، އެ ހައްގުތަށް އަލުން އަނބުރާ ހޯދުމަށްޓަކައި ނިކުންނަވާހަކަ ދައްކަން ޖެހުނީ އެ ސަބަބާާ ހެދި ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުވެތި ކުރަމުން ކުރަމުން ގޮސް ރަސްމީކޮށް "އަޅުން ގޮތަށް ލީގަލައިޒް" ކޮށް ސްޓޭމްޕް ޖަހައިފި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވީ ރައްޔިތުންގެ މަންދޫބުން ނޫން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް