Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީ ސިނަމާ

އާންމުންނަށް ސިނަމާ ހުޅުވުމަށްފަހު ސައުދީގެ މިސްރާބު ފޯޑީއެކްސް ސިނަމާއަށް

ސައުދީގައި އާންމުކޮށް ސިނަމާ ހުޅުވާފައިވަނީ މިމަހުގެ 18 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 އެޕްރީލު 2018 | އާދީއްތަ 12:13
ފޯޑީއެކްސް ސިނަމާ

ފޯޑީއެކްސް ސިނަމާ

އާންމުކޮށް ފިލްމު ދެއްކުން ގާތްގަނޑަކަށް 35 ވަރަކަށް އަހަރަށް ވުރެ ދިގު މުއްދަތަކަށް މަނާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ސިނަމާ ހުޅުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.

މިމަހުގެ 18 ވަނަ ދުވަހު އާންމުކޮށް ސިނަމާ ހުޅުވުމަށް ފަހު އެ ގައުމުން މިހާރު ތައްޔާރު ވަމުންދަނީ ފެންނަ މަންޒަރުގެ މާހަވްލު އިހުސާސްކުރެވޭނެ ގޮތަށް ފަރުމާކުރެވޭ ފޯޑީއެކްސް ސިނަމާއަށެވެ.

ޚަބަރުތައް ބުނާގޮތުގައި ފޯޑީއެކްސް ސިނަމާ ސައުދީގައި ހުޅުވުމަށް ދުނިޔޭގެ މަޝްހޫރު ފޯޑީ ސިނަމާކުންފުނި ސީޖޭ ފޯޑީ ޕްލެކްސް އާއި އެކު ވަނީ މަޝްވަރާ ކޮށްފައެވެ. އެކުންފުންޏަކީ ސައުތު ކޮރެއާގެ ވެރިރަށް ސޯލްއަށް ނިސްބަތްވާ ކުންފުންޏެކެވެ. ސައުދީގައި ފޯޑީއެކްސް ސިނަމާ ހުޅުވާނީ އެގައުމުގެ ރިޔާދުގައި ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ސިނަމާގެ ޚިދުމަތް ދެވޭވަރުވާނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ދި ޑިވެލޮޕްމެންޓް އެންޑް އިންވެސްޓްމެންޓް އެންޓަރޓެއިން ކޮމްޕެނީއާއި އޭއެމްސީ އެންޓަރޓެއިންމެންޓް ގުޅިގެން މިމަހުގެ 18 ގައި އެންމެ ފުރަތަމަ ސިނަމާ ހުޅުވާފައިވަނީ ރިޔާދްގައި ހުންނަ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައެވެ.

ސައުދީއާއި އެ ގައުމުން ބޭރުގެ އެތައް މެހެމާނުންނެއް ހާޒިރުވި މި ރަސްމިއްޔާތުގައި ސިނަމާގައި ފުރަތަމަ އަޅުވާފައިވަނީ މާވެލްގެ ސުޕަހީރޯ ފިލްމު ބްލެކް ޕެންތާއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2018

ހޫޘީން ސައުދީ އަށް ދިން މިސައިލް ހަމަލާ ރައީސް ޔާމިން ކުށްވެރިކުރައްވައި ސައުދީގެ ރަސްގެފާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

26 މާރިޗު 2018
ހޫޘީން ސައުދީ އަށް ދިން މިސައިލް ހަމަލާ ރައީސް ޔާމިން ކުށްވެރިކުރައްވައި ސައުދީގެ ރަސްގެފާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
02 ފެބުރުއަރީ 2018

ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި

02 ފެބުރުއަރީ 2018
ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި
17 ޖެނުއަރީ 2018

ސްކޫލްތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ މިސްރާބު ބަދަލު ކުރަން ޖެހޭ: ރިޔާޒް

17 ޖެނުއަރީ 2018
ސްކޫލްތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ މިސްރާބު ބަދަލު ކުރަން ޖެހޭ: ރިޔާޒް
24 ޑިސެމްބަރު 2017

ސައުދީގެ އެހީގެ ދަށުން މާޅެންދޫގައި ބިނާކުރި މިސްކިތް ހުޅުއްވައި ދެއްވައިފި

24 ޑިސެމްބަރު 2017
ސައުދީގެ އެހީގެ ދަށުން މާޅެންދޫގައި ބިނާކުރި މިސްކިތް ހުޅުއްވައި ދެއްވައިފި
26 ނޮވެމްބަރު 2017

ހިތާދޫ ގުރުއާނާއި ބެހޭ މަރުކަޒު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރާތީ ކަންބޮޑުވުން ފާޅުކުރަނީ

26 ނޮވެމްބަރު 2017
ހިތާދޫ ގުރުއާނާއި ބެހޭ މަރުކަޒު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރާތީ ކަންބޮޑުވުން ފާޅުކުރަނީ
02 ނޮވެމްބަރު 2017

ޕީޕީއެމްގެ ހަރުދަނާ ޤައުމީ އަދި ދީނީ މިސްރާބު ގެއްލުވާލައިފި: ރައީސް މައުމޫން

02 ނޮވެމްބަރު 2017
ޕީޕީއެމްގެ ހަރުދަނާ ޤައުމީ އަދި ދީނީ މިސްރާބު ގެއްލުވާލައިފި: ރައީސް މައުމޫން
07 އޮކްޓޯބަރު 2017

ލަދުގެ ލިސްޓަށް އެރުވުމާއިއެކު ސައުދީގެ އަސްކަރީ ކޯލިޝަނުން ރާއްޖެ ވަކިވުމަށް އެމްޑީޕީން ގޮވާލައިފި

07 އޮކްޓޯބަރު 2017
ލަދުގެ ލިސްޓަށް އެރުވުމާއިއެކު ސައުދީގެ އަސްކަރީ ކޯލިޝަނުން ރާއްޖެ ވަކިވުމަށް އެމްޑީޕީން ގޮވާލައިފި
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު