Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެއްޗާބެހޭ ޤާނޫނު

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ: ރައީސް މުއިއްޒު

27 ނޮވެމްބަރު 2024 | ބުދަ 06:07

މިހާރު އޮތް މަސްތުވާތަކެތީގެ ގާނޫނުން މަސައްކަތް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ނޮވެމްބަރު 2024 | ބުދަ 06:07
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރުމަށްފަހު، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި، މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުން މިދާ މަސައްކަތްތަަކަށް ދިވެހި ރައްޔިތުން ދޭ އެއްބާރުލުން އެމަނިކުފާނު ވަނީ ފާހަގަކުރައްވަފައެވެ.

މަސްތުވާތަކެއްޗާއި، ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅާނެ ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ރައްޔިތުން މަޖިލީހުގެ ފުރިހަމަ ބާރާއެކު، ގާނޫނު އަސާސީއާ ހިލާފަށް ބައެއް ބިލުތައް ތަސްތީގުކުރައްވަމުންނެވެ.

އެގޮތުން މިފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހު ވަނީ ތަސްތީގު ކޮށްފައެވެ. އަދި ގާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްހާލު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖޫން 2018

އިންތިޚާބު އޮބްޒަރވް ކުރުމަށް ދަތިކޮށް އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެންނަނީ!

27 ޖޫން 2018
އިންތިޚާބު އޮބްޒަރވް ކުރުމަށް ދަތިކޮށް އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެންނަނީ!
18 މެއި 2018

ރައްޔިތުން ގޮތެއް ނިންމުމުން، ރައީސް ޔާމީންގެ ނިންމުމަށް ބަދަލުގެންނަންޖެހޭނެ: ރައީސް ނަޝީދު

18 މެއި 2018
ރައްޔިތުން ގޮތެއް ނިންމުމުން، ރައީސް ޔާމީންގެ ނިންމުމަށް ބަދަލުގެންނަންޖެހޭނެ: ރައީސް ނަޝީދު
05 މާރިޗު 2018

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނަން ޢަބްދުއްރަހީމް ހުށަހަޅައިފި

05 މާރިޗު 2018
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނަން ޢަބްދުއްރަހީމް ހުށަހަޅައިފި
25 ޖެނުއަރީ 2018

ޤާނޫނަށް ގެނައި އިސްލާހާއިމެދު ސުވާލު އުފެދޭ، އިމްރާނަކީ އަދިވެސް ޕާޓީގެ ރައީސް: އަދާލަތު

25 ޖެނުއަރީ 2018
ޤާނޫނަށް ގެނައި އިސްލާހާއިމެދު ސުވާލު އުފެދޭ، އިމްރާނަކީ އަދިވެސް ޕާޓީގެ ރައީސް: އަދާލަތު
29 އޮކްޓޯބަރު 2017

މީދޫން ވޯޓް ބޭނުންނަމަ، އަނަސް މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ: އަމީތު

29 އޮކްޓޯބަރު 2017
މީދޫން ވޯޓް ބޭނުންނަމަ، އަނަސް މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ: އަމީތު
01 އޮކްޓޯބަރު 2017

އަފްރާޝީމް މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: މައުމޫން

01 އޮކްޓޯބަރު 2017
އަފްރާޝީމް މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: މައުމޫން
31 ޖުލައި 2017

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފިޔާޒަށް ހުކުމް ކުރުމަށް ނިންމައިފި

31 ޖުލައި 2017
 އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފިޔާޒަށް ހުކުމް ކުރުމަށް ނިންމައިފި
15 މެއި 2017

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މި ހަފްތާގެ ތެރޭގައި އިއުލާނު ކުރެވޭނެ: އިލެކްޝަންސް ކޮމިޝަން

15 މެއި 2017
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މި ހަފްތާގެ ތެރޭގައި އިއުލާނު ކުރެވޭނެ: އިލެކްޝަންސް ކޮމިޝަން
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް